މީގެ ކުރިން މާލޭގެ މަގެއް މަތީގައި ފުލުހުން ފޯރި މަރަނީ.-- ފޮޓޯ | މިހާރު
17 މާޗް 2025 - 11:40
ޖީބުން ފެނުނު ވަޅި އަކީ ރައްޓެއްސަކު ކޮފީއަށް ދާން ބުނުމުން އަވަސްކޮށްލާފައި ދިޔައިރު ހަނދާން ނެތިގެން ގެންދެވުނު އެއްޗެއް ކަމަށް، މާރާމާރީ ހިންގަން އުޅޭ ކަމުގެ ތުހުމަތަށް ހުއްޓުވައި ހައްޔަރުކުރި މީހަކު ކޯޓުގައި ބުނެފި އެވެ.
އެ މައްސަލާގައި، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، އޭނާ ހައްޔަރުކުރީ މާލޭގައި މާރާމާރީއެއް ހިންގުމަށް ވެހިކަލެއްގައި ދުއްވަމުންދާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން މަގުތައް ޕެޓްރޯލްކުރަމުން ދަނިކޮށް ފެނިގެންނެވެ. އަދި ފުލުހުން އޭނާ ހުއްޓުވީ ނުރައްކާތެރި ގޮތަކަށް ސައިކަލެއް ދުއްވަމުން ދަނިކޮށް ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.
ފުލުހުން އޭނާ ބަލައި ފާސްކުރިއިރު، އޭނާގެ އަތުން ވަޅިއެއް ފެނުނު ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
"މީނާ ބުނަނީ އެއީ މީނާގެ ވަޅިއެއް ކަމަށާއި ގޭގައި ހުއްޓާ ރަހުމަތްތެރިއަކު ގުޅައި ކުއްލިއަކަށް ކޮފީއަކަށް އަންނަން ބުނުމުން ހަނދާން ނެތިގެން ވަޅި ޖީބުގައި އޮވެ ބޭރަށް ދެވުނީ ކަމަށް،" ކޯޓު އަމުރުގައި ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާއަކީ އެ ބާވަތުގެ ނުވަތަ ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެކެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
17 March 2025
މިސާލަކަށް ބަޑިއެއް ނޫނީ ކަނޑިއެއް ނޫނީ ކަތިވަޅިއެއް ހިފަގެން ގޮސް ހަމަ ތިހެން ބުނާއިރަށް ބެޗޭނެތަ...ގާނޫނު ތިހާ ދޯހަޅިއްޔާ ދެން ކީކޭ ބުނާނީ....ދެން މުއިއްޒު ވަޅިތައް ހިފެހެއްޓީމަ ބުނާނެ ހިފަހައްޓައިފިޔޭ....މިމީހުން އެބަޖެހޭނު ތަސައްރަފުގަ އުޅެން...
ނުބީހެންޏާ ހިޔަންޏަށް މުޑިނެގުން
17 March 2025
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާއަކީ އެ ބާވަތުގެ ނުވަތަ ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެކެވެ. އެހެން ގޮތަކަށް ބުނާނަމަ އޮޅިގެން ޖީބަށް ވަޅި ލުމުގެ ރެކޯޑް އޮތް މީހެއް
އަފްރާސިޔާބު
17 March 2025
އެއީ އޭނާލީ ވަޅިއެއްނޫން. ވަޅި ޖީބަށްވަނީ އޭނާއަށް ނޭނގިކަމުގައި ދައުލަތުން ބަލައިފީމެވެ.
ރަދީފްއޮފިޝަލް
17 March 2025
ކާން ހަނދާން ހުރޭތަ؟؟ ލަދު ކޮބާ؟؟
ހުނަރުކުޑަބެ
17 March 2025
އަޅުގަނޑު އެގަޑި ހުރީ ފޯނުން އެއްޗެއް ބަލަމުން ފިޔާ ކޮށަން. އެހެން ހުއްޓާ 'ކޮފީ' ކޯލު އައީމަ އަވަސްކޮށްލައިގެން ކޮފީއަށް ގޮސް ޖީބު ވައިބްރޭޓްވާތީ އަތްޖަހާލިއިރު ކަމަކު ދާކަތް ނެތް. ވަޅި މިއޮތީ ޖީބަށް ކޮއްޕިގެން ތުނޑު ކިރިޔާ ހަމަ އޮރިޔާމަށް ވާސިލްނުވެ. އަވަހަށް ގެއަށް އައިސް ބަލާލިއިރު ފޯނު އޮތީ ތަތްނުލަވާ ތަވަލުގައި އޮވެ މީރުވެފައެވެ
ވާޓް
17 March 2025
ރައްޓިއްސަކު ބުނީމަ ކޮފީއަކަށް ދާން މަ ހަނދާން ނެތިގެން ސައިކަލު ތަޅުދަނޑިކަމަށްހީކޯށް ވަޅިއެއް ޖީބަށް ލެވުނީ އެވެސް ބޮކްސާގަ ޖީބަށް. މަށަށް ފަޓުލޫނުކަމަށް ހީކޮށް ބޮކްސާ ލައިގެން ނުކުމެވުނީ ވެސް. ދެން ސައިކަލުގެ ތަޅުދަނޑި ޖަހާތާނަށް ވަޅިޖަހާޖަހާ ސްޓާޓެއް ނުވި. އެންމެފަހުން އެ ބޮކްސާ ތެރެއަށް ލައިގެން އަވަސް ރައިޑަކަށް ޖަހާލައިގެން މުޅިރަށުގައި ވެހިކަލް ދުއްވަނިކޮށް ހައްޔަރުކުރީ. މިސްޓޯރީވެސް މާ ހަމަޖެހޭނެ.
ސިއްދީގު
17 March 2025
ރޯދަމަހު އެހާ ބިޒީކޮށް ބަދިގޭގައި އުޅޭއިރު އާޖެންޓު ކޮޕީއަކަށް ގުޅީމަ ވެދާނެ އެހެން. ތެލި ސިޓުވެސް އޮވެދާނެ އަނެއް ޖީބުގަ.
ގޮއްޔެ
17 March 2025
އަނެއްކާވެސް ބުން ބުން އަޅުވަމުން ދުއްވާ ''ކުދިންކޮޅު''ގެ ޙަރަކާތްތައް ވަރަށްބޮޑަށް އިތުރުވާން ފަށައިފި. ހުޅުމާލޭގައި ހިނގައިދިޔަ މަރުގެ ހިތާމަވެރި ޙާދިސާއަށްފަހު އެކަން ވަރަށްބޮޑަށް މަތަވެފައި އޮތުމަށްފަހު އަނެއްކާވެސް އާ ފެށުމަކުން ފަށައިގެން އުޅޭ މަންޒަރުފެންނަނީ. އެފަދަ ކުދިންކޮޅު ހުއްޓުވައި ސުވާލުކުރާތަނެއްވެސް ނުފެނޭ. މާރާމާރީތައް ގިނަވާވަރަކަށް އެކުދިންގެ ޙަރަކާތްތައް އިތުރުވެގެންދާ މަންޒަރު ޢާންމު ރައްޔިތުންނަށް ފެނިގެންދަނީ.
ތެފައާސާ.
17 March 2025
ތަޅުދަނޑި ކަމަށް ހީކޮށް ޖީބަށް ވަޅި ލައިގެން ނިކުމެ ކަޅުބިލަމަހެއް ކަމަށް ހީކޮށް މީހެއްގެ ގަޔަށް ވަޅި ޖަހައި ކުނި ކޮތަޅެއް ކަމަށް ހީކޮށް ވަޅި އެއްލާލީމާ ދެން ކޯޓުން ވަކި ކީއްތޯއޭ ކުރާނީ؟
މަސްލަޙަތުލް މުރުސަލާ
17 March 2025
ހަދާންނެތުން އެއީ ޝަރުޢީ ޢުޒުރެއްކަމަށް ވާއިރު މި އީ ވެދާނެގޮތެއް. މީގައި ބަލަންވީ އޭނާގެ ނިޔަތަށް. ބައެއްފަހަރު ހަދާންނެތިގެން ހެދުމުގެ އަޑިން ހަރުވާޅުނުލާވެސް އޮފީހަށް އާދެވޭ ދުވަސް މަދެއްނޫން.
ކޮހުންގެ ރާއްޖެ
18 March 2025
ޝަރީއަތުގައި ހަނދާންނެތުން ޢުޒުރަކަށް ނުވޭ! ވާނަމަ ޢަދުލުއިންސާފު އެވާނީ ޖޯކަކަށް! ހަނދާންނެތުން ޢުޒުރަކަށް ވަނީ ހިތްތަކުގެ ސިއްރުތައް ދެނެވޮޑިގެންވާ ރައްބުގެ ދަރުބާރުގައި ހުއްޓޭ ދުވަހު. އިންސާނުންގެ ދަރުބާރު ހިންގޭނީ ބޭރުފުށުން ލިބޭ ހެތްކަށް!
އިއްލި
17 March 2025
އެހެންވެދާނެ. މީހުން ފޯނުކަމަށް ހީކޮށް ކަންފަތުގަ އިސްތިރިވެސް ޖައްސާ.