އައިޖީއެމްއެޗް: - ފޮޓޯ: މިހާރު
31 މާޗް 2025 - 20:10
އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ.
އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
މިިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާއަށް މާލެ ގެނައި އިރު ވެސް އޭނާގެ ހަށިގަނޑު 80-90 ޕަސެންޓް އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. އޭރު ވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައި ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވެ އެވެ.
އެ ހާދިސާގައި ފިރިހެނަކު ވެސް ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
މި ދެ މީހުންގެ ފަސް އަހަރުގެ ކުއްޖަކު ވެސް ހުރެ އެވެ.
ފިހުނު ދެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފާ ދޭން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ރާއްޖެ އައިސް ހާލަތު ބައްލަވާފައިވެ އެވެ.
އައިޖީއެމްއެޗް އިން ބުނީ ގޮތުގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އެ ޑޮކްޓަރުގެ ލަފާ އާއި މަޝްވަރާއާ އެކުގައި ކަމަށެވެ.
އެ ދެ މީހުން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެ މީހުންގެ ގައިގައި ރޯވެ ފިހުނަސް އެ މީހުން ތިބި ކޮޓަރީގައި މާބޮޑަށް އަލިފާނެއް ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މގބލ
01 April 2025
ފުލުހުން ބުނާނެހަވެސް އެއްޗަކީ ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ،ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ،ބަލަނީ، ބަލަނީ، ބަލަނީ،ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ، ބަލަނީ.
ބަބްސް
01 April 2025
" އެ ދެ މީހުން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. " މިހުންނަނީ ފުލުހުންނަށް މާމުހިންމު ކަންކަމެއް ނޫން.
ކިއްލި
01 April 2025
ދެ މީހުންގެ ގައިގައި ރޯވެ ފިހުނަސް އެ މީހުން ތިބި ކޮޓަރީގައި މާބޮޑަށް އަލިފާނެއް ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ. މިހެން އޮތީމާ ޝައްކުތަކަކަށް މަގުފަހިވެއްޖެ. ހާދިސާގެ ހަގީގަތް އަދި އެއޮތީ ސިއްރެއްގެ ގޮތުގާކަމަށް ލަފާކުރެވޭ. މައްޔިތާގެ ފުރާނައަށް ހެޔޮގޮތް އިރާދަކުރައްވާށި. އާމީން.
ޢަހުރެން
01 April 2025
އާމީން
raajje
01 April 2025
ރާއްޖޭގައި ހިނގާކަމަކަށްވުރެން ބޭރުގައުމުތަކުގައި ހިނގާކަންކަމުގެ ވާނުވާސާފުވެ އަޕުޑޭޓުލިބުންވެސް އަވަސް، ރޯވީ ދޮރުފޮތިގަނޑުގައި، ނަމަވެސް ދެމަފިރިންގެ 70-90 ޕަސެންޓުފިހިފައި، ހާދިސާގެސަބަބުން އެކަކު ދުނިޔެދޫކުރިއިރުވެސް ވީގޮތެއްސާފެއްނުވޭ، ފުލުހުންނަށް ބަސްފުޅެއްވިދާޅުވެވޭވަރެއްނުވޭ، ދިވެހިފުލުހުންނަކީވާ މޮޅަށްތަހުގީގުތައްކުރާބައެއް، ދެންކުއްލިއަކަށް ނިއުސްބުރީފިންގއެއްބާވާނީ!
މހއމ
01 April 2025
އެވެސް ނުބާއްވާ މިހާރަކު.
އަބްޑޫޅް +
01 April 2025
ވަރަށް ގިނަ މީހުން "މައްޔިތާ" އަށް ހެޔޮ އެދި، ރަހުމްތް ލައްވަން އެދޭ. އެއީ މާނައެއް ނެތް ކަމެއް. ހެޔޮ އެދެންވީ މަރުވި މީހާގެ (މަރުޙޫމާ ގެ) ފުރާނަޔަށް.
ހިމޭން
01 April 2025
ނޭނގޭ ކަންކަމުގައި ވާހަކަ ނުދައްކާށެވެ. މައްޔިތާއަށް ރަހުމަތް ލެއްވުން އެދި ދުޢާކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. މައްޔިތާގެ ފުރާނަ ގުޅިފައިވަނީ މައްޔިތާއާ.
ރަދީފްއޮފިޝަލް /
31 March 2025
ހާދަ ދެރައޭ ދޯ.
ޢެޑްމުންޑޯ
31 March 2025
މައްޔިތާއަށް ހެޔޮރަޙްމަތް ލައްވާށި ، އާއިލާއަށް ކެތްތެރިކަން ދެއްވާށި ! ހިތާމައަކީ ތިކަމުގެ ހަގީގަތް ނޭގި ދުވަސްތަށް ދިހުލާގެން ދާތީވެ،
ބަދަންޕެކެޓް (ނަމެން ނުލިބުން)
31 March 2025
އަޅުގަނޑަށް ލަފާކުރެވެނީ އެކަން ހިނގިގޮތް އެނގެންޖެހޭ ބަޔަކަށް މިހާރު އެނގޭނެހެން. ކަމުގެ ގޮތުން އެންމެނާ ހިއްސާކުރަން ނުޖެހޭ ނުވަތަ ނުކުރެވޭ ކަންކަންވެސް ހުންނާނޭކަން ގަބޫލުކުރަން ޖެހޭ
ސޫޕް ޕެކެޓް
01 April 2025
ދެރަ ކަމެއް
މުޙައްމަދު....
31 March 2025
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن ޔާ اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن،..