ބަނގުރަލާ އެކު ހުޅުމާލެއިން ހައްޔަރުކުރި ބިދޭސީން.
06 އެޕްރީލް 2025 - 11:19
ބަނގުރާ ދަޅުތަކެއް ހިފައިގެން ފުލުހުންނަށް ފިލަން ދުވި ދެ ބިދޭސީއަކު ހުޅުމާލެއިން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ނޭޕާލު މީހެއް ކަމަށްވާ ޓަކް ބަހާދުރު ރިލަމީ، 34 އާއި ބަންގުލަދޭޝް މީހެއް ކަމަށްވާ ބަހާރު އުދީން، 34 އެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަކީ ހުޅުމާލެ 1 ގެ ފުލުހުން ރޭ 10:00 ހާއިރު ޕެޓްރޯލް ކުރަމުން ދަނިކޮށް، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުން ކަމަށެވެ.
އެ ޑިންގީން ފޮށިގަނޑެއް ހިފައިގެން އެ ދެ މީހުން ފެބި ވަގުތު ފުލުހުން ފެނުމުން އެތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރި އިރު، 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިފަހަކަށް އައިސް ބަނގުރާލާ އެކު ހުޅުމާލެއިން ވަރަށް ގިނައިން ބިދޭސީން އަތުލައިގަނެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ބިދޭސީން ޑީޕޯޓްކުރަން އިމިގްރޭޝަންއާ ވެސް ހަވާލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެޓްރޯލާ
06 April 2025
ތިޔަ ބްރިޖްތަކުގެ ދަށަކީ ގިނަ ވަގުތު ޕެޓްރޯލްކުރަންޖެހޭ ހިސާބުތަކެއް. ފުލުހުންނަށް ހަމަ ނޭނގެނީބާ ކިހާ ވަރަކަށްކަން ޑިންގީތަކުގަ މީހުން ދަތުރުކޮށް އެދިމާލަށް ހުއްޓާ މީހުން ބާލުވާ ހަދަނީ. އެއީ ވަކި މިހާރަކު ފެށިގެން އުޅޭކަމެއްވެސް ނޫން. މީގެ 2 އަހަރުކުރީގަވެސް އެހެން ހުއްޓާފަ އެއްޗެހި ބާލާ ޑިންގީތައް ފެނޭ. ޕެޓްރޯލްނުކުރެވޭނެފަދަ ސަރަހައްދެއްވިއްޔާ ކެމެރާތައް ހަރުކުރަންވީނު މާލެ މަގުތައް ބަލަހައްޓާހެން.
ތުނޑު ހަސަނު
06 April 2025
ސަފާރީއަކަަށް ނުވަތަ ރިސޯޓަކަށް ދޫކުރާ ބަނގުރާ އެހެން ތަނަކުން އަތުލައިގަނެވިއްޖެނަމަ، އެ ސަފާރީއެއް ނުވަތަ ރިސޯޓެއްގެ ބަނގުރާ ދެވަނަ ފަހަރަށް އަތުލައި ނުގަނެވޭނެ ފަދަ ފިޔަވަޅުތަކެއް އެތަނެއް/އުޅަނދެއްގެ ވެރިފަރާތުން އަޅާނެކަން ކަށަވަރުވާ ވަރެއްގެ ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރަންވީ. ދެވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ ބަނގުރަލުގެ ހުއްދަ ބާޠިލު ކުރަންވީ. މިނޫންގޮތަކަށް މިކަމެއް ޙައްލުނުވާނެ.
ބެރި
06 April 2025
ބަހާދުރު އާ ބަހާރު އާ. މީވާހަކައެއްގަ އުޅޭ ދެމީހުންތަ؟ ނަން ވަރަށް ގުޅޭ. ހަނދާންވަނީ އަމީތާބުގެ ފިލްމް އަމަރް އަކްބަރް އެންތަނީ މަތިން.
ވަސީމާ ހަސަން
06 April 2025
ތިދެމީހުންގެ އެކަނި މައްސަލައަކަށް ތިކަންވެ ނިންމާލައިގެން ނުވާނެ. އެ ޑިންގީ އާއި ސަފާރީ އަށްވެސް ފިޔަވަޅު އަޅާ އެމީހުން ގެތެރެެއިން އެކަންކުރާފަރާތްތައް ހައްޔަރުކޮށް އަދަބު ދޭންޖެހޭ.
ޗަކް
07 April 2025
ތި އިންނާނީ ބަންގާޅާއި ނޭޕާލާއި ގުޅިފައި. ސަފާރީގައިވެސް ތިބޭނީ އެމީހުން. ވިއްކަން ހިގާނީ ވެސް އެމީހުން. އެކަމަކު އަހަރުމެންގެ ކުދިންވެސް ބޯނެ.
ދެރައޭ
06 April 2025
ޑީޕޯޓް ކޮއްލަބަލަ. މީ ވާ ގައުމެއް.
ސޭކުބެ
06 April 2025
ބަނގުރަޅުގެ މައްސަލަ މިހާ ހިސާބަށް އާއްމުވެގެން އުޅެނީ ސަފާރީތަކާހެދި. ސަފާރީތަކަށް އަރުވާ ބަނގުރާ ރަށްރަށަށް ބާލައިގެން ވިއްކަނީ. މިކަމުގަ އެބަޖެހޭ ސަފާރީއެއްގެ ބޮޑުކުޑަ މިނުން ކޯޓާއެއް ހަދައި އެބޯޓަށް މީހުން އައިވަރެއް ބަލައި އޯޑިޓްކުރެވޭނެ ނިޒާމެއްގެ ދަށުން ނޫނީ ބަގުރާ ނުގަނެވޭގޮތް ހަދަން. މީ މިހާރު އުދަނގޫކަމެއްނޫން.
މުރާސިލް
06 April 2025
އެމީހުންގެ އަތުން ބަނގުރާ ދަޅުތައް ފެނުނީމައިވެސް، ހައްޔަރުކުރެވުނީ ބަނގުރާ ދަޅުތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ. ކިހާ ހިތްގައިމު ހެއްޔެވެ؟ މިއަށްވުރެ ލޯ ލެސް ޤައުމެއް މުޅި ދުނިޔޭގައިވެސް އޮންނާނެ ހެއްޔެވެ؟ ކޮންމެ ސަރުކާރަކަށްވެސް މަޖުލީހުގެ ސުޕަ މެޖޯރިޓީ ލިބެއެވެ. އެކަމް ޤާނޫނުތައް އިސްލާހެއް ނުކުރެއެވެ، ގަދަބާރުން ގެނައި ޑިމަކުރަސީގެ ފެންވަރަކީ މިއީއެވެ. ޑިމަކުރަސީގެ ޗެމްޕިއަން މިހާރުވެސް އެ އުޅެނީ އަނެއްކާވެސް ވެރިކަން ނުލިބިގެންނެވެ.
ކަނުލީ
06 April 2025
ބަނގުރާ އުފުލާ، ބޮއެ ހަދާ ސިޔާސީ އަދި ދައުލަތުގެ ބޮޑެ ސިޔާސީ ނޫން މަގާމް ތަކުގަ ތިބި ވެރިން ހުއްޓުވަން ޖެހޭ.
ތައްޚާނުބޭ
06 April 2025
މިހާރު އާންމުކޮށް ފައިބަނީ އެ ބުރިޖުތަކާ ދިމާލުން. ނާސި އަންހެނުން ތަކާ ވީކްއެންޑްގަ ޕާރޓީ ކުރާ އިންޑިއާ ލަންކާ މީހުން ވެސް ހަމަ އެދިމާލުން ފައިބައިގެން މަގުމަތީ އޮރިބޮރިއަށް ފައި ދަމަމުން އަންހެން ވެރިން ކޮނޑަށް އަތްލައިގެން ދާ މަންޒަރު ފެނޭ. އަޖައިބަކީ އެވަގުތަށް ފުލުހުން ހަމަ ގެއްލޭކަން.
ގޮނުއަނގަ
06 April 2025
ބޭރު ކޮށްލަބަލަ. ހުންނާނީ ރާބޮވިފައި