18 ރަށެއްގެ ސްކޫލު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން.
07 އެޕްރީލް 2025 - 17:49
އެކި ތާރީހުތައް ދީގެން ވެސް ސްކޫލްތަކުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދާ ކުންފުނިތަކެއްގެ އެއްބަސްވުންތައް ބާތިލުކޮށް 18 މަޝްރޫއެއް އެމްޓީސީސީ އާއި ފެނަކަ އަދި އާރުޑީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެ ތިން ކުންފުންޏާ ހަވާލުރި މަޝްރޫއުތަކުގެ އަގަކީ 114.9 މިލިއަން ރުފިޔާ އެވެ.
އެ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެމްޓީސީސީއާ ހަވާލުކުރީ 15 ސްކޫލަކާ ގުޅޭ މަސައްކަތްތަކެވެ. އއ. މާޅޮހާއި އދ. ފެންފުށީ ސްކޫލްގެ މަސައްކަތް ނިންމަން ހަވާލުކުރީ އާރުޑީސީއާ އެވެ. ފެނަކައާ ހަވާލުކުރީ މ. ވޭވަށު ސްކޫލްގެ މަސައްކަތެވެ.
އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ށ. ބިލެއްފައްސާއި އއ. މަތިވެރި އާއި ގދ. ވާދު އާއި ކ. ގުޅީގެ ކްލާސްރޫމާއި މަލްޓިޕާޕޯސް ހޯލް އިމާރާތުގެ މަސައްކަތެވެ.
އަދި ހއ. މާރަންދު އާއި ހއ. މޮޅަދު އާއި ހދ. ނޭކުރަންދު އާއި ރ. ދުވާފަރާއި ބ. ކުޑަރިކިލާއި ތ. ގާދިފުއްޓާއި ލ. މާވަށު ސްކޫލުގެ ކްލާސްރޫމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރިއަށް ގެންދާނެ އެވެ.
އެ މަޝްރޫއުތަކުގެ އިތުރަށް އެ ކުންފުނިން ބުނީ ހދ. ނޮޅިވަރަމާއި އެ އަތޮޅު ނާވައިދު އާއި ރ. އިންނަމާދު އާއި ތ. މަޑިފުށީގެ މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމަކާއި ހަމަހަމަ ގޮތެއްގައި ވަސީލަތްތައް ލިބޭނެ މަޝްރޫއުތަކެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ސްކޫލުތަކުގައި ކުރިއަށް ގެންދާ 18 މަޝްރޫއުއެއް އެމްޓީސީސީއާ ހަވާލުކުރިއިރު، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ތައުލީމީ ދާއިރާއާ ގުޅޭ އެކި މަޝްރޫއުތަކަށް 280 މިލިއަނެއްހާ ރުފިޔާ ނުދީ އޮތުމުން ބައެއް މަޝްރޫއުތައް ހުއްޓިފައި އޮތް ކަމަށެވެ.
އެކަމަކު، އެ ފައިސާގެ ބޮޑު އަދަދެއް ދެއްކުމުން ވެސް މަޝްރޫއުތައް ނުފަށާ ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެހެންވެ، އެ ކުންފުނިތަކުގެ އަތުން މަޝްރޫއުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
08 April 2025
ކޮންމެ މަޝްރޫއު އެއް ފަށާއިރު މެމްބަރުން ކާރީގައި ބެހެއްޓުން ހުއްޓާލަން ޖަހޭ ރާއްޖޭގެ ރައްޔިތުން ވޯޓުލަިއގެން 3 ބާރު ވަކިވެފަ އޮންނަ ނިޒާމަކަށް ވޯޓުދީ، ޤާނޫނޫ އަސަސީ ހެދީ ، ވެރިކަން ހިންގާ ބާރާ، ޖުޑީޝަރީއާއި އަދި ޤަނޫނު ހަދާ މަޖިލިސް ވަކިން މިނިވަންކަމާ އެއްވެސް އެހެން ފަރާތެއްހގެ ނުފޫޒު ނެތި ހިންގަންޖަހޭނެ ގޮތައް. އެކަމަކު މިހާރު މި ފެންނަނީ ވެރިކަން ހިންގާ ބާރުން ނުފޫޒު ބޭނުން ކުރާތަން. ތައުލީ މީ ގޮތުން އެންމެ މަތީ ފާސް ނެގިމިހާ ގޮވީމަވީ ގޯސް.
ޖަލީލްް
08 April 2025
މިއީ ހުއްޓުވޭނެ ރައީސެއްނޫން. މިރައީސް ކޮންމެ ހާލަތެއްގަވެސް ގައުމު ކޮޅަށް ޖައްސަވާނެ.
އަޒާން / އައ at
08 April 2025
ތި އާރުޑީސީ އާއި ފެނަކައާއި ހަވާލު ކުރި އެއްްވެސް މަސައްކަތެއް މިވީތަނަށް ނިމިފަކާއެއް ނެތް. ގިނަ ރަށްރަށުގައި ފެނައިން އިމާރަތް ކުރަން ފެށި ފެނަކަ އޮފީސް ތައް 6 އަހަރުވީއިރު އަދިވެސް އެހުރީ ނުނިމި މަސައްކަތް ހުއްޓިފަ. މިހާރުވެސް ބަގުރޫޓް ވެފައިވާ ކުންފުނި ތަކުން ކިހިނެއް ތިކަންތައް ކުރާނީ.. އަދި 5 އަހަރުން ވެސް ތިއިން ތަނެއްގެ ބިންގާވެސް ނޭޅޭނެ.
މެލޭސިޔާ ހުސޭނު
08 April 2025
ތިހަވާ ހަޑި ބަޔަކަށް ނޭގުނަސް އެގޭ. ޢިމިއްލަ ކުންފުނިތަކުން މަސައްކަތްކޮށް ސަރުކާރުން ފައިސާ ނުދިނީމަ، ނުކުރަނީއޭ ކިޔާފަ ސަރުކާރު ކުންފުނިތަކަށް ހާވާލުކުރީ. އޭރުން ލޯނު ނަގައިގެންވެސް ކުންފުނިތައް ދަރާ ވިކިގެންވެސް އެކަން ކުރާނެ. އާޚިރުގައި ސަރުކާރުން އެއްވެސް ފައިސާއެއްނުދޭނެ. ދޭށޭ ބުނާކަށް ނުވެސް ކެރޭނެ. ކިހާރިީތި. މުޅިންވެސް ކުންފުނިތައް ނޮޅާކެއުން ކަމަކީ.
ޝިމާނާތް
08 April 2025
އަހަރުން ރަށްވެސް. އުފާވެއްޖެ. އެމްޑީޕީ މީޙުން ބުނި އެކަމް މިކަންވެސް ނުވާނެޔޭ. ހެހެ
ސޫދާ އަލި
08 April 2025
ރައީސް މުއިއްޒް މޮޅު. އެއް ދޮރު ބަންދުވީމަ އަނެއް ދޮރު ހުޅުވައިގެން މި ދަނީ ކުރިޔަށް. ޕްރޮޖްކްޓް ހިންގަން މޮޅު ފޯމިއުލާއެއް މި ހޯދީ
ނޫރާ އިސްމާއިލް
08 April 2025
ސަރުކާރުގެ ކުންފުނިތަކަށް ދިނީމަ މަސައްކަތް އަވަސްވެފަ ހަލުވިވާނެ. މީގެ ސަބަބުން ކޭޝްފްލޯ މެނޭޖްކުރަންވެސް ފަސޭހަވެގެންދާނެ
މެލޭސިޔާ ހުސޭނު
08 April 2025
ރަގަޅު ވާހަކައެއް. އެއްވެސް ފައިސާއެއް ނުދިނީމަ ކޭޝް ފްލޯ މެނޭޖްކުރެވޭނެ އެއްނު. ޙަގީގަތަކީ ސަރުކާރު ކުންފުނިތަކުން މިގޮތަށް ކުރަން މަޖުބޫރު ކުރުވާ ކަންކަމުން، އަސްލު ކުންފުނިތަކުގެ މާލީ ޙާލަތު ގޯސްވަނީ. ހިލޭސާބަހަށް ކަންކުރަން ޖެހޭތީ. މީކީ ގަވަނަންސް ހަލާކުކުރުން
ލިހާޒް މުހުސިން
08 April 2025
ވި ވައުދުތައް ބާރު ސްޕީޑުގައި ފުއްދަމުން އަދުގެ ސަރުކާރުން ދާތަން މިފެންނަނީ.
މީހަ
07 April 2025
މިނިސްޓަރުއެވެ. އާބާދީ ނިސްބަތުން ބަނޑިދޫ ސްކޫލަށްވުރެން ދަށު ހާލެއްގައި ހުރި ތަނެއް މި ރާއްޖެއަކު ނެތެވެ. ކޮންމެ ސަރުކާރަކަށް ސަނާކިޔައިގެން ޕްރިންސިޕަލް އަރާ މަތިފަޑީ ހުއްޓެކަމަކު މީ އަސްލެވެ. ހޫނުގަދަކަމުން ދަރިވަރުންނަށް ކެތްކޮށްނުލެވެއެވެ. ހަޅުތެއް ނުޖައްސަން އަދިވެސް ބެލެނިވެރިން މިތިބީ ކެއްތެރިކަމާއެކުއެވެ.