ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ޒުވާނުން ރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ބޭއްވި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 އެޕްރީލް 2025 - 22:47
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މިރޭ ވެސް ޒުވާނުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.
މި މައްސަލާގައި ގިނަ އަދަދެއްގެ ޒުވާނުން ރޭ ވެސް ވަނީ ފުލުހުން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ހުންނަ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ އަޑު އުފުލައިފަ އެވެ.
ފުލުހުން މިރޭ ވަނީ ޕޮލިސް ސްޓޭޝަނާ ކައިރި ނުވެވޭ ގޮތަށް އެ ސަރަހައްދުގައި ބެރިކޭޑް ޖަހައިފަ އެވެ. އެހެންވެ، މުޒާހަރާގެ ބައިވެރިން މިހާރު ވަނީ އެ ސަރަހައްދުގައި މަޑުކުރުމަށް ފަހު، އަޑު އުފުލަމުން ރަށްދެބައިމަގާ ހަމައަށް ގޮސްފަ އެވެ. ނަމަވެސް، ފުލުހުން އެ ސަރަހައްދު ވެސް ބަންދުކުރުމުން، މުޒާހަރާ ވަނީ މަޖީދީ މަގުން އައިސް ޗާންދަނީ މަގަށް ބަދަލުކޮށްފަ އެވެ.
މިރޭ ވެސް އަޑުއުފުލަމުން ދަނީ މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދުގަ އެވެ.
ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލާގައި އެ ރޭ އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލް ފުލުހުން މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ބަލައި ފާސްކޮށްފައިވެ އެވެ.
ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ފެންޓެނޯއީގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮއް
25 April 2025
ޕާޓޭންގެ ދިފާޢުގައި ޕާޓޭން.
އެޕާޓޭ މިޕާޓޭ
26 April 2025
ރައީސް އޮފީހު ޖޮބު ގައު އެބަހުރި އޭގެ ދާއުދު ކިޔާ ޕާޓެއް. ކަލޭ އޯކޭތަ އެކަމާ؟؟؟
ނިކުންނަށްޗޭ
25 April 2025
ޔުމްނުއަށް އިންސާފު ލިބުނީމަ ޕާޓީކުރުމާ، މަސްތުވުމާ، ބަދުއަޚުލާގީއަމަލު ހިންގުމާ ދެކޮޅަށްވެސް ނިކުންނާނެކަމަށް އުއްމީދުކުރަން. ފުރާޅަށް ވެއްޓޭ ހާލަތަށް ދާ ސަބަބުތަކުގެ ތެރޭގަ ވާ ކަންކަމުގަ ތިފަދަ އެތައް ކުދިންނެއް ދަންނަ ކުދިން އަދިވެސް އުޅޭނެ. އެކުދިން ސަލާމަތްވާނީ ފުލުހުން ނުބައިކޮށްގެންނެއް ނޫން. އެފަދަ ކުދިން އުޅޭ ގޮތާ ކުރާ ކަންކަމާ އެމީހުން ދުރުކުރުވައިގެން. ހުޅަނގުގެ ހެދުން އެޅުމާ ހިސާބުން ކަންކަން ނުނިމޭތީ ފުލުހުންނާ ހިސާބަށް ކަންކަން ދަނީ
މުލޭ
25 April 2025
އިންސާފު ހޯދަން ގޮވާލާ މީހުންގެ ޢަމަލުތައް އިންސާފުން ނެތީމަ މައްސަލައަކީ. މީހުންގެ މައިންބައިންނާ ބެހި އެތަކެއް ނުބައި އެއްޗެހި ގޮވައި ހެދުމަކީ އިންސާފުތޯ. އަނެކާގެ މަންމަގެ އެވެނި އެއްޗެކޭ ކިޔާ ހަޅޭ ލަވާއިރު އެގޮވުން ތިމާގެ މަންމައަށް ވެސް ނިސްބަތްވޭ. ރަތް ޓޮޕެއް ލައިގެން ބަނޑު ދައްކައިގެން ހުރި އަންހެން މީހާގެ ލަދުޙަޔާތް ކުޑަކަމުން ވެސް ޙައިރާން ވެއްޖެ. އެތައް ބައެއްގެ ތެރޭގައި ޖެއްސި ވައްތަރުން ތަސައްވަރުވެއްޖެ އެކަހެރިވެއްޖެއްޔާ އުޅޭނެގޮތް.
ޣަރީބު
25 April 2025
މަސްތުވިއަސް ނުވިއަސް އިންސާފު އެންމެނަށް ހަމަހަމަ ވާން ޖެހޭނެ. ދެކުދިން އެ އުޅުނު ގޮތުން ރޭޕް ކޭސް އެއް ކަމައް ގަބޫލެއް ނުކުރެވޭ. ވެއްޓުނީކަމެއް ވައްޓާލީކަމެއް ނޭގެ. މިކަމުގެ ނާޖާއިޒް ފައިދާނަގަން މިއުޅޭ ޓެކްސީ ޑްރައިވަރުން ވެސް އެބައުޅެ. ކޮންމެހެން އެކުއްޖާއަށް ހެޔޮ އެދިގެނެއް ނޫން. ކޮންމެމީހަކުވެސް ތިމާގެ އަމިއްލަ ފައިދާއަށް. ސިޔާސީމީހުންވެސް އެހެން. ހިންގާ އެންމެން ނިކުމެ މަސްތުވާތަކެތިން ދިވެހި މުޖުތަމައު ސަލާމަތް ކުރަމާ.
އަބްޑޫލް +
25 April 2025
މިއީ ރަނގަޅު ބައެއް ނޫން.
ޢަޒްރާ
25 April 2025
furathama ކަމަކަށް ތިކުއްޖާގެ މައިންބަފައިންގެ ޒިންމާއަކީ ކޮބައިތޯ ސުވާލު ކޮއްބަލަ އަހަރެމެންނަށް ދަރިން ތަރުބިއްޔަތު ނުކުރެވި ވިޔާނުދާ ކޮށް އުޅެގެން ކަމެއްދިމާވީމަ ޕޮލިހަށް nuvatha ސަރުކާރަށް ބަވާލީމަކާ ކަމަކު ނުދާނެ furathama މަދަރުސާއަކީ މައިންބަފައިން
ޑެބީ
25 April 2025
ޒުވާނުންނޭ ދޫނުދޭތި. ކުރިސީ މިކަން ފަޅާއަރުވާނުލިނަމަ މިނިސްޓަރު އަމީންގެ ޕްރެޝަރާހެދި ފުލުހުން ބުނީސްކަންނޭގެ އެކުއްޖާ ވެއްޓުނީ އެގޭ ކޮންމެވެސް ފްލޯއެެއްގަ ރީތިކޮށް ނިދާފަ އޮށްވައޭ ފުރޮޅިލެވުނު ގޮތަކުން. ސަރުކާރުގަ ދޮގު ހެދުމާ އޮޅުވާލުން މާބޮޑުވެއްޖެއޭ
އެދުރު ބެ
25 April 2025
ބޮއެގެން ޕާޓީކުރުން ހުއްޓާލަބަލަ.
ހެޔޮނުވާނެ
25 April 2025
އިންސާފުގެ ނަމުގަ ތި އެމަންޖެ ފަލީހަތް ކުރަނީ
މަގޭ ދަރިންނޭ
25 April 2025
ތިކުދިންނަށް ޓަކާ ފަހުރުވެރިވަން. ޙައްގާ އިންސާފަކީ އަބަދުވެސް ކޮންމެސް ބަޔަކު މަސައްކަތް ކޮއްގެން ލިބޭ އެއްޗެއް. ާއެންމެ ކައިވަތެއް ވެސް ދޫ ނުދޭތި މަގޭ ދަރިންނޭ
ދަންބެ
26 April 2025
ހޯދަން މިއުޅެނީ ކޮން ހައްގެއްބާ؟ ޑްރަގާ ރަލާ އެކީ "ޕާޓީކޮށް" "ފަންކޮށް" އުޅުމަކީ ހަމަ އޯކޭ ކަމެކަށް ހެދުމަށްބާ؟ ތި ވީކަމެއް ދިމާވީ އެކުއްޖާގެ އަމަލުތައްވެސް ހުރިގޮތަކުން ނޫންބާ؟ ބަޔަކު ކުށެއް ކޮށްފިއްޔާ އަދަބު ދެވެންޖެހޭނެ. ކުއްޖާ ވައްޓާލިނަމަ އެބަޔަކަށްވެސް އަދަބުދެވެން ޖެހޭނެ. އެކުއްޖާގެ އަމަލުތަކަށް އޭނައަށް ވެސް އަދަބު ދެވެންޖެހޭނެ.. މީބާ ތި ހޯދާ އިންސާފަކީ؟ ނޫނީ އެއްކުއްޖާ ހުދުފޮތިކޮޅަކަށް ވުންބާ އިންސާފަކީ؟