ކަޝްމީރުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ: އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމަ ފެށި ރާއްޖެއަށް ކޮށްފާނެ އަސަރާ މެދު ތައްޔާރުވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވި
27 އެޕްރީލް 2025 - 11:33
އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނު އޮތީ ވަރުގަދަ ހަނގުރާމައެއް ފެށުމުގެ ކޮޅުމަތީގައި ކަމަށާއި އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި އިނގިރޭސި ބަހުން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިއްޖެ ކަމަށާއި އޭގެ ސަބަބުން ދެކުނު އޭޝިޔާއަށާއި އިންޑިއާ ކަނޑަށް އަދި ދިވެހިރާއްޖެ އަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި އަދި އިގްތިސޯދަށް ކޮށްފާނެ އަސަރުތަކަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި ދާދިފަހުން ދިން ބަޑީގެ ހަމަލާތަކެއްގައި އިންޑިއާގެ 26 މީހަކު މަރާލި ހާދިސާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެ ދެ ގައުމުގެ ސިފައިންގެ މެދުގައި ބަޑީގެ ހަމަލާތައް ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ކަމަށް ތުހުމަތުކޮށް، އިންޑިއާ އިން ވަނީ އެ ގައުމާ ދެކޮޅަށް ފިޔަވަޅުތައް އަޅައިފަ އެވެ.
ވާދަވެރި ނިއުކްލިއާ ދެ ބާރުގެ ގުޅުން ފަހުގެ ތާރީހެއްގައި ގޯސްނުވާ ވަރަށް ގޯސްވެ، ބިރުވެރިކަން ބޮޑުވެފައި ވާއިރު އދ. އިން ވެސް ވަނީ ދެ ގައުމު ސުލްހަވެ އިތުރަށް ކަންކަން ގޯސްވިޔަނުދޭން އިލްތިމާސްކޮށްފަ އެވެ. އަދި ދެ ގައުމު ސުލްހަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސައޫދީ އަރަބިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެ މައްސަލަ ކޮންމެ ގޮތަކުން ވިޔަސް، ހައްލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކަޝްމީރުގައި މިދިޔަ ހަފްތާގައި ދިން ހަމަލާއަށް ފަހު މަސްރަހު ގޯސްވީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާނުން ހިތްވަރުދޭ ކަމަށް ބުނެ މި ހަމަލާގައި ވެސް އިންޑިއާއިން ޕާކިސްތާނަށް ތުހުމަތު ކުރުމުންނެވެ.
ޕާކިސްތާނުން ވަނީ ތުހުމަތަށް އިންކާރުކޮށްފަ އެވެ. އެކަމަކު އިންޑިއާއިން ވަނީ ޕާކިސްތާނަށް ދަތިކުރުމަށް މިހާރު ފިޔަވަޅުތައް އަޅައިފަ އެވެ.
ކަޝްމީރުގެ މިނިވަން ކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް، އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުގެ
28 April 2025
ތަނެއްގައި ހަނގުރާމައެއް ހަމަ ނުޖެހުމެއް ހިނގަންޏާ މީނަ ބެހޭނެ.
އެދުރު ބެ
27 April 2025
ނުބެހޭ ކަންތަކަށް ވަރަށް އަނގަ ކޮށްޕާ ހިތްވާނެ މިބޭޅާ. އިންޑިއާ ކަނޑޭ ފަލޮލޭ ނުކިޔާ ހުރެ ބަލާ
ރަދީފް ފޭންސް / ޕާކިސްތާން ޒިންދާބާދް
27 April 2025
26 ހިންދޫން ގަތުލުވެގެން މުޅި ދުނިޔެ ރޮނީ. ފާހާނާ ޖަންކްޝަން ސާފްކުރަން އުޅުމުގެތެރޭގަ ، މަގުމަތީ އެކްސިޑެންޓްތަކުގަ ، ޑޮމެސްޓިކް ވަޔަލެންސްގަ ، ޑައުރީ ، ރޭޕް ، ދެބަަސްވުމުގެ ހާދިސާތަކުގަ އިންޑިޔާގަ ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވޭ.މޯދީ ނޫޅޭ ކަންބޮޑުވެގެން.
ކަކުނިބޯ
27 April 2025
ތިޔަހަގުރާމަޔަކުން ރާއްޖެއަކަށް އަސަރެއްނުކުރާނެ އެއީ ޓެމިލްނާޑޫ އަދި ކަރްނާޓަކަ އަށް ތިޔަހަގުރާމައިގެ އަސަރު ވަރަށްކުޑަވާނެ
ޙަލާކު
27 April 2025
މިސަރަހައްދުގެ ހަލާކަކީ އިންޑިޔާ. ވާހަކަދައްކާ އެކުގައި ޓެރަރިޒަމް ނައްތާލަން ނޫޅެ މިއުޅެނީ ބިރުދައްކައި ހަމަނުޖެހުންގެންނަން. އެހެންތާވަނީ. ޟިސަރަހައްދުގައި ޓެރެރިޒަމް ހިންގަނީ އިންޑިޔާއާ ހުޅަގުގެ ގައުމުތަށް އަޑީ އޮވެގެން. ދެން އެހެން ބަޔެއް ބޮލަށް ޖަހާ ހަލަބޮލިކުރަންވީ
އޮަޓޯ
27 April 2025
އަނެއްކާ ފެބުރުވަރީ 7 ގައި ފެނުނު ކަހަލަ ބަޑިއެއް ފެނިވަޑައިގަތީތޯ؟
އެގޮލާ
27 April 2025
ޑޮނަލްޑް ޓްރަމްޕްގެ ލަދުޙަޔާތްކޮބައިތަ އެހެންބުނަން. އޭނާގެ ހަތިޔާރުން ފަލަސްތީނު ފުނޑުފުނޑުކޮށް ނިންމާލާފައިވާއިރު އެތަނެއް މޮޔަގޮލާއަށް ނުފެންނަނީބާއޭ ހިތަށްއަރާ. އިންޑިޔާއަކީ އެމެރިކާއާ އިޒްރޭލުގެ ޕަޕެޓަކަށްވީތީ އިންޑިޔާސަލާމަތްކުރަން އުޅޭ ޝައިޠާނެއްއެއީ
އެލެކުސް
27 April 2025
އަސްލުވެސް. ޓުއަރިސްޓުންނެއް ނުކެވޭނެ. މަމެން އަރަންވީ ދޯ ދަނޑުހައްދަން. ތެންކުޔޫ ބްރޯ ފޯ ރިމައިންޑިންގ
ސަސި.
27 April 2025
ސަރަހައްދުގަ ސުލްހަ ގާއިމްކުރަން މިކޮޅައް ޖައްސާލަންވީނު.