ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު: ކޮމިޓީއަށް އެއްވެސް ފަރާތެއް ހާޒިރުކުރަން ނިންމާނީ ދިރާސާކޮށްފައި - ފޮޓޯ: މިހާރު
05 މެއި 2025 - 13:15
ސަސްޕެންޑު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން ފަށައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވާއިރު ކޮމިޓީ މަރުހަލާ ވެސް މިއަދު ވަނީ ފަށައިފަ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވީ ކޮމިޓީގެ މެންބަރުން ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް ހާޒިރުކުރަން ޖެހޭ ނަމަ އެކަން ކުރުމަށެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެންބަރުންނާ އެކު ރިޕޯޓް ދިރާސާ ކުރުމަށެވެ.
މީގެ ތެރެއިން ފުރަތަމަ ވޯޓަށް އެހީ މެންބަރު އަޝްރަފުގެ ހުށަހެޅުމަށެވެ. އެ ހުށަހެޅުން ބަލައިގަންނަން ކޮމިޓީގެ 8 މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އަޝްރަފްގެ ހުށަހެޅުން ފާސްވެފައިވާތީ، ނާޒިލްގެ ހުށަހެޅުމަށް ވޯޓަށް ނާހަ އެވެ.
ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ، ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފު ގާއިމްކުރޭ
05 May 2025
އިންސާފަށް ލޯބިކުރާ ފަރާތްތަކުން ފަނޑިޔާރުންނަށް އިންސާފު ހޯދަދޭން އަޑުއުފުލާ ގަދަޔަށް ނިކުންނަންވީ. މިކަން މިނޫންގޮތަކަށް ނުވާނެ. ބޭއިންސާފަކީ އަނިޔާވެރިވުން.
އަރުތަ1
05 May 2025
މިތިބަ ދެމީހުން ވަކީލުންގެ ގޮތުގައިތިބެ ބޮޑު ހުވައެއް ކޮށް ނުވިތާކަށް އަދުލުވެރިކަމޭ ކިޔާ ބޮޑެތި ވާހަކަ ދައްކައި މިހާރު ބާރާ ނުފޫޒުގަ ޖެހުނީމަ ވަރަށް ދެރަކޮށް ކަންކަން ތިކުރަނީ... ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ވަކިކުރަން ޖެހި ސަކަރާތް މީގެ ހެއްކަކަށް ފުދޭ! މެންބަރު ކަމުން ބޭރުވީމަ އަންނާނީ ހަމަ އެ މސައްކަތަށްކަން ހަނދާން ކުރާތި!
މަ ބުނީ
05 May 2025
މަ ބުނީ އަނިޔާވެރިވުން މާތް ﷲ ޙަރާމް ކަމެއްކަމުގައި ކަނޑައެޅުއްވިކަށް ހަނދުމަކުރާށރވެ ؟
ދޮނަޅަ
05 May 2025
ކުރިމިނަލް ކޯޓުގެ ގާޒީން ކީއްވެތޯ ކަމާ ގުޅޭ މުއައްސަސާތަކަށް މައްސަލަ ހުށަނާޅާ ނުފޫޒު ފޯރުވިކަމަށް ތިޔަ ބުނާ ފަޑިޔާރުންގެ ބަހަށް އެ މީހުން އެދޭގޮތަށް މައްސަލަ ނިންމީ، ނުފޫޒު ފޯރުވުމާއި ނުފޫޒު ފޯރުވުމަށް ޖާގަ ދިނުމަކީވެސް ގޯހެކެވެ. ވީމާ، ތިއީ ހަގީގަތުގައިވެސް ހިނގާފައިވާ ކަމެއް ނަމަ ކުރިމިނަލް ކޯޓުގެ ފަޑިޔާރުންގެ މައްސަލަވެސް ބަލަންޖެއެވެ. ނުފޫޒަށް ހެއްލި އުސޫލުން ބޭރުން އަމުރެއް ނެރުނީތީއެވެ
ޟމމމ
05 May 2025
ތިޔަ ކުޅުއްވާ ޑްރާމާ ބަލަން އަހަރެމެން ރައްޔިތުން މިތިބީ.
މުއީ
05 May 2025
ބަލަބަލާ ހުރޭ ދެން.. ބޭނުން އެއްޗެއް ހަދާނީ.
ވޯލް
05 May 2025
ފެންނަނީ ކޮމިޓީގެ މުޤައްރިރަށް ކަންކަން ނިންމަން ޖެހިލުންވާތަން، ވަކި މީހެއްގެ ސްންޓްރަކްޝަންއެއް ނެތި ކުރިއަށް ދާންޖެހިލުންވާހެން ފެންނަނީ. މި މައްސަލައަކީ، އެހެން މައްސަލަތަކާ ވަރަށް ތަފާތު އަދި ޖުޑިޝަރީއަށް ސީދާ ރައީސްގެ ނުފޫޒު ފޯރުވާންކަން ގިނަ ރައްޔިތުން ތުހުމަތު ކުރަމުންދާއިރު ، މިއީ ރައްޔިތުންނަށް ފެންނާނެހެން، އިންސާފުވެރިކަމައިއެކު ގެންދަންޖަހޭ ހަސްހާސް މައްސަލައެއް.
އެލް އެލް އެމް
05 May 2025
ޙުސްނީގެ ގާބިލުކަމާއި އިންޓަގްރިޓީ އާއި މެދު އެއްވެސް ޝައްކެއް ނެތް. ޢެކަމަކު ތިބުނާ ފަސްޖެހުން މަށަށް ވެސް ފެންނަނީ. ސަރުކާރުން ޕްރެޝަރު އަންނަނީހެން ހީވަނީ. އެކަމަކު ބްރޯ ގެ އުސޫލުތައް ދޫކޮށްނުލާތި ނަމަނަމަ
ވައިރު
05 May 2025
ހުސްނީ ކޮއްކޯ. މަނަދޫގެ ކޮންމެ ހަތަރުއަނގޮޅިއަކުން ނަޖިސް އެބަ އަރާ. މިކަމާ އުޅެދީބަލަ. ކުރީސަރުކާރުން ގެނެސްފަހުރި ހޮޅިތައް މިސަރުކާރުން ވަނީ ބޭރުކޮށްފަ.
މރ.ކާޕެޓް
05 May 2025
މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ ޔާމީނާއި ސޯލިހު. ސޯލިހު އެކަންކުރީ އަންނިއާއި ހިސާނު ބުނެގެން. އެކަމަށް ކުރި ހުރިހާ މަސައްކަތެއް ކުރީ ކޮމިޝަނުގައި ހުރެގެން ހިސާނު.
ރަބަރު ދޮންބޭ
05 May 2025
ކުރަން އުޅޭ ބޭކާޜު ކަމެއް!! މި މީހުން ހާދަ ފޯރިއެއް އެބަހުއްޓޭދޯ ވަކިކުރަން
އިއްލި
05 May 2025
ކީއްވެހޭ ޒިހުނީ އާއި ސޮފްއަތުގެ މައްސަލަ ނުބަލަނީ؟ ނުފޫޒުގައި ޖެހުނު ފަނޑިޔާރު މާނުބައި އެއީ އޭނާގެ ނިންމުމުގައި އިންސާފުން އެއްކިބާ ވީމަ. ނުފޫޒު ފޯރުވުން ގޯހަށްވަންޏާ ނުފޫޒު ފޯރުވުމުގައި ބައިވެރިވެ މެދުވެރިއަކަށްވީ މީހާވެސް ގޯސް. އެހެންވީމަ ޑީލެއްގެ ތެރެއިން ވަކި މީހެއް ބައްދާލަން ބަޔާން ހޯދައިގެން އަނެއް ބަޔަކަށް އިމުއިނިޓީ ދިނުމަކީ އިންސާފެއް ނޫން. ޖުޑިޝަރީ އިސްލާހުކުރުމަކީ ނުފޫޒަށް ހެއްލޭ މީހުން ދުރުކުރުން. ނުފޫޒު ފޯރުވާ މީހުން ހުއްޓުވުން.
އަފްރާސިޔާބު
05 May 2025
އެމީހުން ސަރުކާރުން ބޭނުންވާ ގޮތަށް ސްޓޭޓްމަންޓްތައް ދިނީތީ އެމީހުންގެ މައްސަލަ ނުބެލީ. ބަލަ ސައްތާރު އިންގޮތް ނިދިފާ.