ފަނޑިޔާރު މަހާޒު އަލީ ޒާހިރު: ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ވަނީ ފޮނުވާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
05 މެއި 2025 - 10:13
ސަސްޕެންޑު ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވާއިރު މިއަދު 11:00 އަށް ޖުޑިޝަރީ ކޮމިޓީ ބާއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.
ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ސުލޫކީ މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓާ މެދު ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން އެ ބައްދަލުވުމަށް ހާޒިރުވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރު އެދިވަޑައިގެންނެވި އެވެ. ނަަމަވެސް، އެ ފުރުސަތު ޖޭއެސްސީން ދީފައެއް ނުވެ އެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުންދެ އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު، ޖޭއެސްސީން އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑު ކުރި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި އޮއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާސިދާ34
05 May 2025
މަހާޒަކީ މަހާޒު. ނުވާނެ ދެ ގޮތެއް. މިއީ މީހުންނަކީ. ގޮތެއް ހުންނާނެ ތެދުވެރިވާނެ
ޝާއިރުވަކީލު3
05 May 2025
ހަނދާންކުރަންވީ ކަމަކީ އަހަރެމެން މި ސަރުކާރަށް މިހާރު އިތުބާރު ނުކުރަން. އަބަދުވެސް މި ފަނޑިޔާރުންނަށް އިތުބާރު ކުރަން. ދެ މަރުހަލާއިން ނުލިބޭ އިންސާފު ސުޕްރީމް ކޯޓުން ފޯރުކޮށްދިން. މޫނަކަށް ކަނދުރާއަކަށް މި ދެ ފަނޑިޔާރުން ނުބަލާ. މިވަރުކުރަން ހެޔޮ ނުވާނެ. ހަގީގަތުގަ މިހާރު ޔަގީން ވެއްޖެ މިއީ ނިމިފަ އޮތް މައްސަލައެއްގެ މައުލޫމާތު ސާފުކުރި ކުރުމެއްކަން. ވަކި ކަމެއް ކުރުމަށް ނުބުނާކަން މީހަކު. ނިކަން ޒިހުނީމެންގެ މައްސަލަ ބަލަންވީނު
ދުންތަރިރާޖާ
05 May 2025
ތިޔަ ދުއްވާލަނީ މި ފަހުން މި ރާއްޖޭއިން ފެނުނު އެންމެ ރަނގަޅު ދެ ފަނޑިޔާރުން. ފަނޑިޔާރު މަހާޒަކި ހަމަ ބެސްޓް! ސުޕްރީމް ކޯޓު ތަރައްގީ ކުރުމުގަ މަހާޒުގެ ދައުރު ބޮޑު.
ހަފީޒު83
05 May 2025
ކަލޭމެން އިތުބާރު ނުކުރިޔަސް އަހަރެމެން ފަނޑިޔާރު މަހާޒަށް އިތުބާރު ކުރަން. ވަކި ކުރިޔަސް އެއީ ނަމޫނާ ރަނގަޅު ފަނޑިޔާރެއް
ނުސާފުއިންސާފު9
05 May 2025
މިއީ ޒާތެއްގެ ކުޅިވަރެއް. ނިމިފައި ދޫކޮށްފައި ހުރި މީހެއް ދޫކޮށްލަން ނުފޫޒު ފޯރުވޭނެ ގޮތެއް މަޖިލީހުން ބުނެލަން އެބަޖެހޭ. ފަނޑިޔާރުންނަށް އިންސާފު ލިބެންޖެހޭ. މިއީ ރަނގަޅު ދެ ފަނޑިޔާރުން. މިހެން ހަދަން ނުވާނެ.
ބަޑިތަކުރު
05 May 2025
ބަލައި ޔަގީންކުރެވެންހުރި ކަންކަމާއި ދެކޮޅަށްހުރި އެއްވެސް ނުކުތާއަކަށް ނުބަލައި އަކުރެއް ފުރޮޅިފައިއޮތުމާއި އެހެންވެސް އެއްކޮޅަށްހުރި ދެތިން އިޖްރާއީކަމެއްގެ މައްޗަށް މިގައުމުގެ ޚަޒާނާއަށް ވަންނަންޖެހޭ އެތައް މިލިޔަން ރުފިޔާއާއި ޑޮލަރު އަމިއްުލަ އެކައުންޓަށް އެޅިމީހާ ދޫކޮށްލަން ހުކުމް ކުރި މީހުންނަށްވެސް އާރާއި ބާރުގައި އަބަދަކު ނުތިބެވޭނެކަން މިހާރު ވިސްނޭނެހެން ހީވެއެވެ.
ބަޑިއެދުރު92
05 May 2025
ބަލަގަ ތިޔަ ނަންބަރުތައް ފުރޮޅިފައި ހުރި ގޮތް އެ ފަނޑިޔާރު ދައުލަތަށް ދުރާލައި އެންގުމަށްފަހު ޝަރީޢަތް ބޭއްވުމުން ފޮޅިއެޅީ ދައުލަތުން... ނަންބަރު ދިމާވާންޖެހޭ ތަންތަނުގައި ދިމާނުވުމަކީ އެއީ ފަނޑިޔާރުގެ ކުށްތަ؟
ވޯލް
05 May 2025
ޖުޑިޝަރީ ކޮމިޓީން ވަރަށް އިންސާފުވެރިކަމާ އެކު މިކަން ކުރާނެކަމަށް އުއްމީދު ކުރަން. މއިީ ހުރިހާ ރައްޔިތުންނާ ގުޅުން ހުރި ކަމެއް. މި މައްސަލަ ފެށުނުއިރުއްސުރެ އިޖުރާތު ރަގަލަށް ނުހިންގާ ކުރިއަށް ދިޔަ ކަމުގެ ޝަކުވާ ފެންމަތިވެ، މައްސަލަވެސް ތިޔަ މަޖިލީހަށް ހުށަހެޅުނު.