ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް ޝަމީލް ވާހަކަ ދައްކަވަނީ: ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމާފައި އޮތީ ހަގީގަތް އެއްފަރާތް ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
06 މެއި 2025 - 19:12
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ހަގީގަތް އެއް ފަރާތްކޮށް، ހިޔާލީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ވަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މެދުވެރި ކުރައްވައި، ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ފަނޑިޔާރު މަހާޒް ވެސް މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ އެ މައްސަލައަކީ އުފައްދާފައި އޮތް މައްސަލައެއް ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ހުށަހެޅި ހެކިތަކުގައި ހުރި ކަންކަން ޖޭއެސްސީން އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ނިންމާފައި އޮތީ ވަކި ނަތީޖާއެއް ނެރުމަށް ކަމަށާއި އަދި ބައެއް ކަންކަމުގައި ހަގީގަތާ ހިލާފް ވާހަކަތަކެއް ޖޭއެސްސީގެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
"ސާފު ހެކިތަކުން ފެންނަން އޮތް ކަމެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަގީގަތް އެއްފަރާތް ކުރައްވާފައި، ކަނޑައެޅިގެން ގާނޫނު އެއް ފަރާތް ކުރައްވާފައި އިންތިހާއަށް ބޭ އިންސާފު ނިންމުމެއް ނިންމީ. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މި މައްސަލާގައި ފަނޑިޔާރުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރައްވަންޖެހޭ އަސާސެއް އޮތް ކަމަކަށް. އެހެން ނަމަވެސް ކޮމިޝަނުން ކަންކަން ނިންމުމުގައި ރިއާޔަތް ކޮށްފައި ހުރީ ބުއްދީގެ ހަމައަށް ވުރެ ބޮޑަށް ހިޔާލީ ފޮލާއަކަށް،" ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްއާ އެ ދުވަހު ވާހަކަ ދެއްކެވީ ވެސް ފިރިކަލުން ބަންދުން ދޫކޮށްލި ފަހުން އެ ދުވަހު އިރުއޮއްސުނު ފަހުން ކަމަށެވެ. އަދި އެކަން އެނގޭނެ ހެކިތައް ވެސް ހުށަހަޅާފައި ވިޔަސް، ޖޭއެސްސީން ތަހުގީގު ރިޕޯޓް އެކުލަވާލީ އެކަންކަން އޮޅުވާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ފަނޑިޔާރު މަހާޒް ގުޅުއްވުމުގެ ކުރިން ފިރިކަލުން ބަންދުން ދޫކޮށްލިކަން ފަނޑިޔާރު އަޒްމިރަލްދާއަށް އެނގިވަޑައިގަންނަވާއިރު، ފަނޑިޔާރު މަހާޒް މެދުވެރި ކުރައްވައިގެން ގާޒީއަކަށް ނުފޫޒު ފޯރުވަން ޖެހޭ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަންދުން ދޫވެފައި ހުރި މީހަކު ދެން ބަންދުން ދޫކުރަން އުޅެންވީ ކީއްވެގެންތޯ؟" ވަކީލް ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވި ގޮތުގައި ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން އޭނާއަށް ފުރަތަމަ ކުރި ތުހުމަތު ބަދަލު ކުރުމަށްފަހު އެވެ. އެގޮތުން ފުރަތަމަ ތުހުމަތުކުރީ ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ގުޅުއްވައިގެން ނުފޫޒު ފޯރުވި ކަމަށް ބުނެ ކަމަށާއި ނަމަވެސް މައްސަލަ ނިންމިއިރު އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް މެދުވެރި ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކަމަށް ޝަމީލް ވިދާޅުވި އެވެ.
"މި ތުހުމަތު ބަދަލުވެގެން އައިސް، މި ތުހުމަތާ ގުޅިގެން ޖަވާބުދާރީވާކަށް ފަނޑިޔާރަކަށް ފުރުސަތެއް ނުދެއްވާ ޖޭއެސްސީން. މި ތުހުމަތު ބަދަލުވީ ކީއްވެގެން ކަމެއް ވެސް ވިދާޅެއް ނުވޭ،" ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ތަހުގީގު ކޮމެޓީގެ މެމްބަރުން ޖޭއެސްސީގެ ނިންމުން ނިންމުމުގައި ބައިވެރިވެފައިވާ ކަމަށާއި އެއީ ވެސް އިންސާފުގެ ހަމަތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި އެ ކަންކަން ފާހަގަކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަތީ ވެސް ޖޭއެސްސީން ބޭ އިންސާފުން އަމަލު ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މަޖިލީހުން އެ ފުރުސަތު ފަނޑިޔާރު އަޒްމިރަލްދާއަށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.
އެ މައްސަލާގައި ފަނޑިޔާރު މަހާޒްގެ ފަރާތުން ކުރިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ގުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ކޯޓަށް ގެންދިޔަތޯ ބެލުމަށް ކަމަށާއި އޭރު ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލާފައިވާ ކަމަށް ފަނޑިޔާރު މަހާޒްގެ ފަރާތުން ބުނެފައިވެ އެވެ.
ފަނޑިޔާރުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު މަނިކް
07 May 2025
ހިޔާލީ ކަމަކަށްވެގެން ރައީސް ޔާމީނުއަށް އެގޮތަށް އިބޫގެ ވެރިކަމުގައި ހުކުނކުރީ ސާބަސް ލަދުކޮބާ
ކޮސް
07 May 2025
މިއީ މުއިއްޒުގެ ނުފޫޒެއް ނެތްކަމަކަށް ކިތަންމެ ވަރަކަށް ވިދާޅުވިއަސް މުއިއްޒަށްޓަކާ ނަމަވެސް ނުފޫޒު ބޭނުންކޮށްފައިވާކަމެއް.
895623
07 May 2025
އެންޑީޕީ ވެރި ރުޅިއަންނަނިނގްސް . ބަޔާން ނެރޭނެ. އެއޮތް ރީތިކޮށް ސީ ސާފުކޮށް ފައި އޮތް ޖުޑީސަލް ކަމިސަން ކަންތައް ކުރާނި ރަގަޅަސް. ސުކުރިއްޔާ ހީސަން ފަޔާ އިބު
ޖަޖު މެކްސް
07 May 2025
ތިކަމުގަ ކޮމިސަނުން ތިއަމަލު ކުރީ ރަނގަޅަށް.. އެހެނީ އަމިއްލަ މީހައަށް ވެސް ގަބޫލްކުރެވޭނެ ތީގަ ނުފޫޒު ފޯރުވާނެކަން. ފަނޑިޔާރުންގެ ކާކުތޯ އާއިލާ މީހުން އައީމަ ނުބާލާނީ. ފެމިލީ ކަމްސް ފަސްޓް.
ނަމަމޭން
07 May 2025
ތިބޭފުޅާވެސް ތިނިންމެވީ ނުފޫޒުފޯރުވާނެކަމަށް. ނުފޫޒުފޯރުވިގޮތެއް ނެތެއްނު؟
ޑރ ވާންޗޯ
06 May 2025
އެބަޔަކު ތަނަކަށް ވަންގޮތަކަށް ނިކުމެގެންދާނީވެސް. ވަންއިރު މިވަން ނަނީ ބަޔަކު ކިހިނެއްބޭރުކޮށްފަތޯ މީއިންސާފުތޯނުބަލާ، ނިކުންނަން ގޮވާލީމަ ވަރުފަށަކާ އަޑުފަށެއް އެބަހުއްޓެއްނު.
ޣަނީދީދީ
07 May 2025
ތާރީޚު އޮޅުވާނުލާ ދޮންކަލޯ
ބިންގަރާސް
06 May 2025
ރާއްޖޭގެ ޖަވާބުދާރީ ކުރުވުމުގެ ކަންތައްތައް ރޭވިފައިވާގޮތުން މަޖިލީހުގެ މެމްބަރުންގެ 2/3 މެމްބަރުންނަށް ފަޑިޔާރު ކަސިޔާރުވެއްޖެހެން ހީވިއަސް އެ ފަޑިޔާރެއްގެ މަގާމު ގެއްލޭނެ، ކޮންމެހެން ފަޑިޔާރު ކުށެއް ނުވަތަ ސުލޫކާއި ޚިލާފު ކަމެއް ކުރައްވާކަށް ނުޖެހޭ، ވޯޓުދޭ މެމްބަރުންނަށް އެހެން ހީވީމަ ނިމުނީ، މަޖްލީހުން ކަމެއް ނިންމުމުން އެއީ ރަގަޅަށް ކުރިކަމެއްތޯ ބަލާނީ ދެން އަންނަ ދައުރުގައި ރައްޔިތުން، ކޮންމެއަކަސް ކުޑަކުއްޖަކު ލައްވާ ރައީސަށް ނޯޓެއް ނުދޭތި،
ރުންކުރު
06 May 2025
ވަކީލު ތިޔަ ވިދާޅުވީ އެއްވެސް މީހަކަށް އޮޅިފައި އޮތް ވާހަކައެއް ނޫން. ސިޔާސީ ނުފޫޒުގައި ޖެހި ދެ ފަނޑިޔާރުންވެސް މިވަނީ ރައީސް ކަތިލައްވާ ދެ ކަންބަޅިއަށްވެ ނިމިފައި. މިކަމުގައި ރައްޔިތުންނަށް އޮތީ ހަމަ ބަލަހައްޓައިގެން ތިބުން. ރައްޔިތުންނަށް ރައްޔިތުންގެ އަޑު އިއްވޭނީ މާފަހުން. އެއިރު އޮންނާނީ ކަންބަޅިތައް ކަތިލާ ނިމިފައި
ޖޯންް
06 May 2025
ނަޝީދު ބުނަނީ ގޯހީ ސިސްޓަމޭ.ނޫން ގޯހީ މީހުން. ހަގީގަތަކީ ކޮންމެ ތަނެއްގަ ތިބޭ ބަޔަކުވެސް ލިބިފައޮތް ބާރު ނަހަމަގޮތުގަ ބޭނުންކުރާކަން. ސ ކޯޓްގަ ތިބި ފަޑިޔާރުން ޖުމުލަކޮށް ކުރިމަސައްކަތް ނަޒާހަތްތެރި. ނަމަވެސް މިކަމުގަ މިއޮތީ ގޯސް ހަދާފަ. މަހާޒް އެބަބުނޭ ކްރިމިނަލް ކޯޓް ފަޑިޔާރަށް ގުޅީމޭ އެކޭސްގެ މައުލޫމާތު ހޯދަން. އެވެސް ހަމަ ބަންދު ކުރި ދުވަހު. ހައި ކޯޓާހަމައަށް ވެސް ނުދާކަމެއްގެ މައުލޫމާތު މަހާޒް ކީއްކިރަން ހޯދަނީ؟
މުއްތު ކުމާރު
06 May 2025
ކަލޯ! ނިޒާމު ރޭވިފައިވާ ގޮތުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ސިޔާސީ ކުޅި އިއްޒަތްތެރި ފަނޑިޔާރުންނާއި ދޭތެރޭ ގައި ވެސް އެ ކުޅެނީ
އަފްރާސިޔާބު
06 May 2025
އެއީ ސިޔާސީ މަގާމުތަކަށް މީހުންލާގޮތުން.
ާއަސްލު
06 May 2025
ސިޔާސީ ކުޅިއެއް ނޫން އަސްލު ތިޔަ މީހުން ފަޑިޔާރުކަން ކުރަންޏާ އަސްލު މިނިވަންކޮއް ނުކުރެވޭނެ. ތިޔަ މީހުންނަކީ އެމްޑީޕީ ފިކުރައް ވިއްލޭ ބައެއް. އަދި ކުރިންތިބި ހުރިހާ ފަޑިޔާރުން ވަކިކޮއްފަ އެމީހުން ބޭނުންވާ ގޮތައް ހުކުމް ކުރަން ތިބިބައެއް އަސްުލުތީ
މަނަދޫ ލަތީފް
06 May 2025
އަހަރުމެން ދެރަވޭ، މިހިސާބަށް ހުތުރު ނަން ސަރުކާރަށް އަދި ރައީސަށް ލިބޭ ގޮތަށް، މިކަން ގެންދާއިރު ވެސް ރައީސް އޭޖީއަށް އިތުބާރުކުރައްވާތީ. ފުރަތަމަ އޭޖީ ވިދާޅުވީ އިޖުރާއީ ނުކުތާ އެބައޮތޭ ވިން ވާނެއޭ. ދެން ބުނީ ގެރެންޓީ ސުލޫކީ ވާނެ މައްސަލަ އެބައޮތީ. ނިމުނުއިރު ހުރިހާ ބަދުނާމެއް ހުތުރެއް މިލިބެނީ ރައީސް މުއިއްޒުއަށް. އަހަރުމެން ކުރި ބުރަ މަސައްކަތް މިދަނީ ފަންފުލުން އުޝާމު އާއި ހުރެ!
ތިބި ގޮތް
06 May 2025
މިއުޅެނީކީ ވެރި މީހާގެ މައްސަލައެއް ނޫން. މިނިވަންކޮއް ހުކުމް ނުކުރެވޭ ބަޔަކު ލާފަތިބީމަ ވާގޮތް. ވަކިފިކުރަކައް ލެބޭ ގޮތައް ތިބީ