ރޭޕްގެ މައްސަލަތައް އިތުރުވެ މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
12 މެއި 2025 - 16:23
ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް"ގައި ކުޑަކުއްޖަކަށް އަނިޔާކުރި ދެ ތެރަޕިސްޓުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ ފަސްވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ ކްލިނިކަލަށް ތެރެޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އިންޑިއާގެ ދެ އަންހެނުން ކަމަށްވާ ރަޖޭޝްވަރީ ސިވާކުމާރް، 24 އާއި އީޝާ އެންޓޮންނޭޓް، 24 އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އާންމުންގެ ސަމާލުކަމަށް އެ މައްސަލަ އާއި އެ ކުއްޖާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ކްލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އޭނާގެ ކިބައިން ސަލާމަތްވާ އެ ކުއްޖާ އުޅޭތަން ވެސް ފެނެ އެވެ. އެކަން ހިނގިއިރު އެތަނުގައި އިތުރު މުވައްޒަފަކު ވެސް އުޅޭއިރު، އިތުރު ކުއްޖަކު އެތަނުގައި ހުރި މޭޒު ކައިރީގައި އިނެވެ. އަދި އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
ދެ މުވައްޒަފުންގެ މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލަ ސަމާލުކަމަށް އައުމާ އެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށާއި އެ މައްސަލާގައި ޝާމިލުވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
13 May 2025
ތެރަޕިސްޓުންގެ ފޮޓޯ ކޮބާ؟ ކުޑަކުދިންނާ ބެހި އަނިޔާކުރާ ތުހުމަތުވާ މީހުން ހާމަކުރޭ.
ކުމާރު ހަސަނު
13 May 2025
ތިޔަ ދެ މީހުންނަށް ހަމަޔަށް މުސާރަދޭތޯ އަދި މަސައްކަތް ކުރުވަނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިންތޯ ބަލާ އެކަމުގައި ތި ކުލިނިކުގެ އިހުމާލު އޮތްނަމަ އެކަން ، ކަމާއި ބެހޭފަރާތުން ތަހުގީގުކުރަން ޖެހޭނަ،
އިއްލި
12 May 2025
އެއްދުވަހު ކިޔާނެ ވާނުވާ ބަންދު އުވާލާށޭ މީހުން ހައްޔަރުގަ ބައިތިއްބަން ނަހަދާށޭ. އަނެއްދުވަހު ހަމަ ކޮންމެ ކަމެއްގެ ތަހުގީގަށްވެސް ބަންދު. އެމީހަކު ތަހުގީގަށް އެއްބާރުލުންދީ ފިލައިގެން ދިއުމުގެ އެއްވެސް ފުރުސަތެއް ނެތި ހެއްކަކަށް ބިރެއް ނުފޫޒެއް ދައްކަން ނެތަސް ހަމަ ބަންދު. މިވާހަކަ ދެކޮޅު ނުޖެހޭ. ވީޑިއޯ އެހެރީ. ދެން އެމީހުން ފުރުން މަނާކޮށްފަ ތަހުގީގަށް ހާޒިރުވެ އެއްބާރުލުންދޭން އަންގާފަ ދޫކޮށްލުންތޯ ދައުލަތުން ކާންދީ ނިންދެވުންތޯ ރަނގަޅީ؟
ޕަވަން ޢަބްދުﷲ
13 May 2025
އެހެންތާ ވާނީ ސަރުކާރު ހިންގަނީ ސޯޝަލް މީޑިއާގަ. ހުރިހާކަމެއް ކުރަނީ ޕަބްލިސިޓީއަށް. ހައްޔަރުކޮށް ބަންދުކޮށްގެން ތަހުގީގެއް ހިންގަން ޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކެން. ނިކަމެތި މީހާއަށް ނިކަމެތި ގޮތް އަބަދުވެސް.
ޖަސްޓިސް ފޮ ރާޖޭޝްވަރީ
12 May 2025
ވީޑިއޯއަކުން ނުފެނޭ އަނިޔާ ކުރާތަނެއް. ވީޑިޔޯއިން ފެންނަނީ އެކުއްޖާ މައިތިރި ނުވެގެން އުޅޭތީ ކޮންޓްރޯލްކުރަން އުޅޭ މަންޒަރު.
ހިދާ ޒަރީރު
13 May 2025
ވީޑިއޯ އިން އަތުގަ ފެންނަ ނިޝާންތަކަކީވެސް ކަތުރަކުން ވެފަ ހުރި އަނިޔާހެނެއް ހިޔެއް ނުވޭ. ބޮޑަށް ހީވަނީ ހިފަހައްޓަން އުޅުމުގެ ތެރޭގަ ނިޔަފަތި ވަދެފަހެން. ކޮންމެއަކަސް މިއަށްވުރެ ރަނގަޅަށް މި ސިޓުއޭޝްން ހޭންޑްލް ކުރެވެން ޖެހޭނެ.
އެމްސް
12 May 2025
ސިއްޙީ ދާއިރާތަކުންވެސް ބޭރުމީހުން މަދުކުރަން ފަށަންވެއްޖެއެވެ!
ފިޒިއޯ
12 May 2025
އެހެން ބުނުމަކުނ ނުފުދޭނެ! އެކަންކަން މޮނިޓަރ ކުރެވޭނެ އިންތިޒާމު ކުރިންވެސް ހަަމަޖެހިފައި ހުންނަން ޖެހޭނެ! މި ކަންކަންދިމާވާނީ މެނޭޖްމެންޓްގެ ވެސް ދޯހަޅި ކަމުންކަން ޔަޤީން
ާރަދީފްއޮފިޝަލް / ކުއްޖާގެ ހިމާޔަތުގަ
12 May 2025
ފުރަތަމަ ވެސް މަގޭ ހިތް ބުނި ދިވެއްސެއް މިކަހަލަ ދެރަވަރު ކަމެއް ނުކުރާނެއޭ.އަނިޔާކުރުމުގެ ސަގާފަތެއް އޮތް ހިސާބަކުން އިމްޕޯޓްވެފަ އޮތް ބައެއްގެ ފަރާތުންނޭ މިކަހަލަ ކަމެއް ހިނގާނީ.އަނިޔާ ލިބުނު ކުއްޖާއަށް އަވަސް ޝިފާއަކަށް އެދެން.
ހުދާ ޚާން
13 May 2025
ކޮއެފުޅާ ދިވެހިން ކުރާހާ ކަންތައްތަކުގެ ޚަބަރުތައް އެއްވެސް ވަރަކަށް ބަލާ ނުލަނީތަ؟ ކުޑަކުދިންނާ ބެހޭ މީހުން މަދީތަ؟ ނޫނީ ހަމަ އިންސިސްޓިންގ އޮން ބީންގް ރޭސިސްޓް؟
ކޮޚާ
12 May 2025
މީތަނެ ދޮރެނޭގޭބަޔެ ބައިވަރުކުދިން ހަލާކުވެ މިމީހުނާހެދީ ބަލަަނެބަޔަކުނުތިބެ
އަބްޑޫޅް +
12 May 2025
އިންޑިޔާ މީހުންތަ؟ ހޫމް.
ބިޗޫ ސިންގު
12 May 2025
ވަރުބަލިކަމާއެކުވެސް އުނދަގޫ ޚިދުމަތްތަކެއް ދެމުންދިޔަ ހަމައެކަނި ދެ މުވައްޒަފުން ވަކިކުރަންޖެހުނީމާ ދެން ޖެހޭނީ ބަންދުކުރަންތާ. އިންސާނުންވިއްޔަ އެއީވެސް، ކިތަންމެ ނުބަޔަސް.
އުނދަގޫ ވިޔަސް އަނިޔާ ކޮށްގެން ނުވާނެ
12 May 2025
އެދާއިރާއިން ކިޔަވާއިރު ވެސް އެއީ އުނދަގޫ ކަމެއްކަން ބުނެދޭނެ އެވެ. އެކުއްޖާ ކޮންޓްރޯލް ނުވަންޏާ ދެން ހަދަންޖެހޭނެ ގޮތް ވެސް އެނގޭނެ އެވެ.
ކަރަން ސިންގް
12 May 2025
މިކަހަލަ ޚިދުމަތްތައް ދިނުމަކީ ހައި ރިސްކް އަދި ސްޓްރެސްފުލް މަސައްކަތެއް. އެކަން އަންޑަރސްޓޭންޑް ވުން މުޙިއްމު. ޑިސެބިލިޓީސް ނުހުންނަ ކުޑަކުދިން ގެންގުޅޭ ހުރިހާ ތަނެއްވެސް އެފަދަ. ސްކޫލް ތަކުގައިވެސް އެތައް ކަމެއް ދިމާވޭ ތާ. މުޙިއްމު ކަމަކީ ވަގުތުން އެކަށީގެންވާ ފިޔަވަޅު އެޅުން.