އިންޑިއާގައި މިދިޔަ އަހަރު ރާ ބޮއެގެން މަރުވެފައިވާ ބައެއްގެ ހަށިތަކުގެ ކަރިރީގައި ފުލުހުން. -- ފޮޓޯ: އޭއެފްޕީ
14 މެއި 2025 - 06:10
އުތުރު އިންޑިއާގައި ބަޔަކު އަމިއްލައަށް ހެދި ރަލެއް ބޮއެގެން 17 މީހަކު މަރުވެ އިތުރު ހަ މީހެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.
މިގޮތަށް ހަދާ ރާ ބޮއެގެން އިންޑިއާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު މަރުވާއިރު އެހެން ދިމާވާ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ އެޔަށް އަޅާ މާއްދާއެއްގެ ސަބަބުން ލޯ އަނދިރިވުމާއި ފުރަ މޭ ހަލާކުވުން ފަދަ ސީރިއަސް މައްސަލަތައް ދިމާވާތީ އެވެ.
މިފަހަރު ޕަންޖާބުގެ އަމްރިތުސަރު ޑިސްޓްރިކްޓްގެ ވިލެޖެއްގައި ވެސް ބަޔަކު މަރުވީ ރަލުގެ ބާރު ގަދަކުރަން އަޅާ އެ މާއްދާއާ އެއްކޮށްގެން ބުއިމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ ސީނިއާ އޮފިސަރު މަނިންދަރު ސިންގް ވިދާޅުވީ 17 މީހަކު މަރުވީ ފަސް އަވަށަކުން ކަމަށެވެ.
ޕަންޖާބު ފުލުހުން އެކްސް ޕޯސްޓެއްގައި ބުނީ މި މައްސަލައިގައި ނުވަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބަލައި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން،" ފުލުހުން އެކްސްގައި ބުނެފައިވެ އެވެ.
އިންޑިއާގެ ޓެމިލް ނާޑޫގައި މިދިޔަ އަހަރު ވަނީ އަމިއްލައަށް ހަދައިގެން ރަލެއް ބުއި 53 މީހަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
15 May 2025
ޢަދި ތަނެއްގަ އެއްޗެއްއޮތީއްޔާ ބޮއިފަ ބަހައްޓާ..ބޮއިހަލަކި
ބަލްގޯ
14 May 2025
އީސްޓް
ނަރުންބިދު
14 May 2025
ރާ ބޯ މީހުނާ ދެކޮޅަށް ހަނގުރާމަޔެއް ނުކުރޭތަ؟
ރާބުރޯ
14 May 2025
ރާ ބޮވިއްޖެ؟
ޕާކީ
14 May 2025
ދެން އިންސާފު ހޯދަންށޭ ކިޔާފަ ޕާކިސްތާނަށް ހަމަލާދީ. އޯކޭވާނެ
ޖަލީލީ
14 May 2025
ރާ ބޮވިއްޖެ އެންނު
ގުދުގުދާބެއްޔާ
14 May 2025
މަ ހަނދާނައް އަންނަނީ މިގެ 25 އަހަރު ކުރިން އާފަތިސް ނޫހުގަ ލިޔެފެ އިން އާޓިކަލް މަތިން! ބޯޓެއްގަ އުޅުނު ލަންކާ ބަޔަކު ފަލްކާގައިހުރި ފޮށިގަނޑެއް ވަގައް ކަނޑައިގެން ބެލި އިރު ރާހުސްކުރި ފުޅިއަށް އަޅާފައި ހުރީ ކޮންސަންޓްރޭޓަޑް ސަލްފިއުރިކް އެސިޑް ފުޅިނަގާ ހޮދައި ހޮދައިއޭ ކިޔާފަ ބޯލި ތަނުން އެމީހާވެއްޓުނީ! ދެން ތިބި މީހުން އަރައަރައިގަނެގެން ފުޅިތައް ނެގީ!
ރަދީފްއޮފިޝަލް / ބިހާރު
14 May 2025
ހެހެހެހެހެހެހެ.
ސަސި
14 May 2025
އިންކުރެޑިބަލް އިންޑިއާ