ކުރީގެ ޕީޖީ މުއިއްޒު: ދެ ފަނޑިޔާރުން ވަކިކުރަން ގާނޫނީ އަސާސެއް ދެއްކިފައިނުވާ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
14 މެއި 2025 - 09:49
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަކީ އަދުލުވެރި، ނަޒާހަތްތެރި ބޭފުޅުން ކަމަށާއި އެ ބޭފުޅުން މަގާމުން ވަކިކުރުމާ މެދު މިއަދު ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގާއިރު ކޮންމެ މީހަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް އޮންނަކަން ހަނދާން ކުރުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު ވެސް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށާއި އެއީ އަދުލުވެރި، އިންސާފުވެރި އަދި ނަޒާހަތްތެރި ދެ ފަނޑިޔާރުން ކަމަށެވެ.
"ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ބޭފުޅުން ކުރެއްވި ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ އެވެ. އެފަދަ ގާނޫނީ އަސާސެއް ނުވަތަ ހުއްޖަތެއް މިހާތަނަށް ދެއްވިފައި ވެސް ނުވެ އެވެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ނަގާ ވޯޓުގައި ކޮންމެ މެންބަރަކު ވެސް ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި މެންބަރުން ކުރެއްވި ހުވާ ހަނދާންކުރުން މަތީ ތިބުމަށް މެންބަރުން ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް ވާކަން ދެނެތިއްބަވައިގެން އަދުލުވެރިކަމާ އެކު ވޯޓު ދެއްވުމަށް ވެސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.
ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ބޭފުޅުން ކުރެއްވި ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ އެވެ. އެފަދަ ގާނޫނީ އަސާސެއް ނުވަތަ ހުއްޖަތެއް މިހާތަނަށް ދެއްވިފައި ވެސް ނުވެ އެވެ،"--- މުއިއްޒު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ސިއްރު ބައްދަލުވުމެއްގައި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާގައި ވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ، އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ނަަމަވެސް، މަޖިލީހުގެ ޖުޑިޝަރީ އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ މި މައްސަލައަކީ އާންމު ފަރާތަކުން ޖޭއެސްސީއާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން، އެ މައުލޫމާތު ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން އިސްވެ ބެލުމަށް ނިންމި މައްސަލައެއް ކަމަށެވެ. އެ ކޮމިޝަނަށް އެ ބާރު އޮތްކަން ޖޭއެސްސީގެ ގާނޫނުގެ 23 ވަނަ މާއްދާއިން އެނގޭ ކަމަށާއި ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް އުޅޭކަން ކޮމިޓީއަށް ގަބޫލުނުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
14 May 2025
ހުންނާނީ ރާކަނިމަސް ކެވިފަ. އިލްތިމާސްވެސް ބަލައިގަނެވޭނީ ވަކިފަރާތަކަށް ނުޖެހި ތިބޭމީހުންގެ، މުޒާހަރާތަކުގަ ނަގާކިޔާމީހަކާ ޕާޓީފައިނޭންސް ބޮޑުންގެ ދަރިން ސްޕްރީމްކޯޓަށް ވެއްދިއިރުއޮންނެވީ ނިދިކުރައްވާފަތޯ؟.
ހެހހެ
14 May 2025
އެމްޑީޕީ ވެރިކަމުގަ އެތާތިބި ފަނޑިޔާރުން ކަނޑާލީ އިންތިނގާލީ މަރުހަލާގަ ކޮށްފަ ހުރި ހުކުމްތަކާ ފަހުން އުފެއްދި ސުޕްރީމްކޯޓްން އެކިފަނޑިޔާރުން ކޮއްފަ ހުރިހުކުމްތައް، ބައެއް ހުކުމްތަކުގަ އެމީހުންވެސް ހިމެނޭ، އެ ހުކުމްތައް ސުލޫކީ ވީ އެމްޑީޕީމހުނައް، ހެއްވާކަމަކީ މީގެ ބައެއް ހުކުމް ތަކުގަ މިހާރުގެ އުއްތަމަ ވެސްހިމެނޭ، އެމްޑީޕީގެ ގޮތެއްނެތް ސިޔާސަތުގަ މީނަ އުއްތަމަ ފަނޑިޔާރައް ހަދަން އޯކޭ، ދެން މިހާރު އަދުލޭ ފަޅޮލޭ މިކިޔަނީ ކޯޗެކޭހިތާ
ކަޓުވާ
14 May 2025
ކުރީގެ ޕީޖީ މުއިއްޒުގެ މައްސަލައަކީ ސްޕްރީމްކޯޓަށް ޕާޓީގެ އެކްޓިވިސްޓަކު(ހުސްނުއް ސުޢޫދު) ލީއިރު އެކަމާ ކަންބޮޑުވުން ފާޅު ނުކުރީމަ. ސްޕްރީމް ކޯޓަކީ އެއްވެސް ފަރާތަކަށް ޖެހިފައިވާ ބަޔަކު ތިބެގެންވާނެ ތަނެއްނޫން. އަދި ނުފޫޒުން އެއްކިބާވެގެން ތިބެން ޖެހޭނެ ބައެއް. ފަނޑިޔާރުންގެ އަދުލުވެރިކަމާމެދު ސުވާލު އުފެދެނީ ޕާޓީ ސަޕޯޓްކުރާ މައްސަލައެއް (މިސާލަކަށް މެމްބަރުންގެ ގޮނޑިގެއްލޭފަދަ މައްސަލައެއް) ލައިފިނަމަ ވަގުތުން އެކަމާ ތެޅިގަންނާތީ.
ޜަތްއިތު މީހާ
14 May 2025
ޢެވަގުތަކު އޮންނަ ސަރުކާރަކުން ބޭނުން ވެއްޖެ ކޮންމެ ހިދެއްގައި ބަދަލު ކުރެވެން ޖެހޭނެ ކޮންމެ މުއައްސަސާއެއްގެ ބަޔަކަށްވިޔަސް އެކަން އެގޮތަށް ހިގަން ޖެހޭނެ
ސުންދުސް
14 May 2025
މިއީ އިންސާފު އޮތް ޤައުމެއް ނޫން! ޙައްޤުތައް ކަށަވަރެއް ނުކުރެވޭނެ ނެޕޯ ބޭބީސްއަށް ނޫނީ!
ފިލިއަލީ
14 May 2025
ކުރީގެ އުއްތަމަ ފަނޑިޔާރު އެމްޑީޕީ އިން ނަގާ ހޫރާލިއިރު މިއެއްމެން ތިބީ ކޯމާގަތޯ ހިތައްއަރާ އޭރު ކޮންޑިއު ޕްރޮސެސް އެއްތޯ ހިނގާ ދިޔައީ
ކާސިމްހާ
14 May 2025
މިމީހުންގެ މީހެއް ގެ ކަމެއްވިއްޔާ އަދުލު ވެރި ވުން ވާޖިބުވާނެ. އެހެން ނޫންނަމަ ހަދާނެ އެއްޗެއް ހެދިޔަސް ޗުއްޕުވެސް ނުބުނާނެ. އަޖައިބެއްގެ ބޮޑު ކަމާ އެވެ.
ކުރީގެ ޕީޖީ މުޢިއްޒު އިންސާފަށް ލޯބި ކުރެއްވިޔަސް......
14 May 2025
މިހާރުގެ ރައީސް މުޢިއްޒު ލޯބި ކުރައްވަނީ ނާއިންސާފަށެވެ.
މުލޭ
14 May 2025
އެކިކަންކަން އެކި މީހުންނަށް ދެނެގަނެވޭނީ ވެސް އެކިވަރަަށް. މީހަކު ކުރާކަމަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން ނުވަތަ ކުރަން އުޅެފައި ނުކުރެވުނު ކަމަކުން ނުވަތަ ކަން ހިނގިގޮތުން އެމީހެއްގެ ނިޔަތް އޮތްގޮތެއް ފަހުމުވާނީ ވެސްް އެކި މީހުންނަށް އެކިވަރަށް. މިމޭރުމުން ނަޒާހަތްތެރިކަމުގެ މިންވަރު ދެނެގަނެވޭނީ އެކިވަރަށް. ދެ ފަނޑިޔާރުންގެ ތެރެއިން އަންހެން ފަނޑިޔާރު މި މައްސަލައިގައި އުޅެގަތްގޮތުން އެފަދަ މަގާމެއްގެ ސުލޫކާ ޚިލާފުވެއްޖެކަމަަށް ދެކެން
ޙަސީބް
14 May 2025
މި މައްސަލަ އުފައްދާ ރާވާ ހިންގާ މީހަކީ ހުސައިން ރިޒާ އެހީތެރިންނަކީ އޭ.ސީ..ސީ ޕީ.ޖީ... މިކަން ދެންވެރިކަމށް އަންނަ ބޭފުޅަކް ހަދާނުގައި ބަހައްޓަވާ ރިޒާޔަށް މީގެ ހައްޤު އަދަބުދިނުން އެއީ ލާޒިމް ކަމެއް.. ރިޒާ މިކަން ރާވާހިންގަނީ ޑރ.މުއީޒް އަށް ވާ ޤުރުބާނީ އެއްގެ ގޮތުގައި އަދި ފަހުންތައުބާވެ އަޅުކަމުގައި އުޅެ މިންޖުވުމަށް ހިތުގައި ކަންޑައަޅައިގެން.