ހެންވޭރުގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ އަނދަނީ: އެ ހާދިސާ އަކީ ގްރީން ޕާތު ކުންފުނީގެ އިހުމާލެއް ކަމަށް ހައި ކޯޓުން ވެސް ވަނީ ނިންމާފައި. -- ފޮޓޯ: މިހާރު
29 މެއި 2025 - 12:37
މީގެ ފަސް އަހަރު ކުރިން، ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ ހިނގަން މެދުވެރިވީ އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އިހުމާލު ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި އެވެ.
މީހަކު ވެސް މަރުވި އެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް އެނދި ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި ގިނަ އާއިލާތަކެއްގެ ދިރިއުޅުން ވަނީ އަނދައި އަޅިއަށް ވެފަ އެވެ.
އެކަމާ ގުޅިގެން ގްރީން ޕާތު ކުންފުންޏާ ދެކޮޅަށް ތިން އާއިލާއެއްގެ ފަރާތުން ސިވިލް ކޯޓުގައި އިހުމާލުގެ ދައުވާ އުފުލި އެވެ. އެ މައްސަލައިގައި ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ހާދިސާ ހިނގާފައިވަނީ ގްރީން ޕާތުގެ އިހުމާލުން ކަމަށެވެ.
ގްރީން ޕާތުގެ ފަރާތުން ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް ހުކުމް ބާތިލްކޮށްދޭން އެދިފައިވެ އެވެ. އެ ކުންފުނިން އެ ގުދަން ހިނގާފައިވަނީ ޑިފެންސް މިނިސްޓްރީން ހުއްދަ ހޯދައިގެން ކަމަށް ބުނެ އެ ދިފާއު ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނީ ގްރީން ޕާތު ކުންފުނީގެ މައްޗަށް އަވަށްޓެރިންގެ މައްޗަށް ގާނޫނީ ޒިންމާއެއް އޮތް ކަމާ މެދު ޝައްކެއް ނެތް ކަމަށާއި އެ ޒިންމާއާ ކުންފުނީގެ ފަރާތުން ހިލާފުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ މިންވަރަށް ދައުވާ ކުރާ ފަރާތްތަކުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވެ، ގްރީން ޕާތުގެ ކިބައިގައި އޮތް ގާނޫނީ ޒިންމާއާ ހިލާފުވެފައިވާ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. އަދި އެ ހިލާފުވުމުގެ ސަބަބުން ބޮޑު ގެއްލުމެއް، ދައުވާކުރާ ފަރާތްތަކަށް ލިބިފައިވާ ކަމަށް ވެސް ކަނޑައެޅި އެވެ. އެ ތަނަކީ ހުއްދަ ހޯދައިގެން ހިންގާ ތަނެއް ކަމަށް ކުންފުނިން ބުނި ނަމަވެސް، ތަނުގެ ހާލަތު މޮނީޓާކޮށްފައިނުވާ ކަމަށް ހުކުމްގައި ބުންޏެވެ.
ގުދަނުގައި ކަރަންޓު ހުރި ކަމެއް ނުވަތަ ނެތް ކަމެއް ވެސް ކުންފުންޏަށް ބުނެ ނުދެވޭ ކަމަށާއި އެކަމުގެ ސަބަބުން ގުދަނުގެ އެގްޒޯސްޓް މަސައްކަތްކުރާ ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ނޭނގޭ ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި ވަނި ނުރައްކާތެރި ކެމިކަލް ހުރި ގުދަނެއް ހިންގާއިރު، އާންމު މިންގަނޑަށް ވުރެ ފަރުވާތެރިވުމުގެ ގާނޫނީ ޒިންމާއެއް އޮވެމެ އެ ޒިންމާ އަދާކުރުމަށް ގްރީން ޕާތު މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައި، އެ ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ.
އިހުމާލުގެ އަމަލެއް ކަމަށް ކަނޑައެޅި މި ހާދިސާގައި ހާލުގައި ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 786 މީހަކު އެހީ އަށް އެދުނެވެ. ހަތަރު ސަތޭކަ އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ. ހަ ގުދަނާއި 14 ގެ އަނދައިގެން ދިޔަ އެވެ. އިތުރު 11 ގެއަކުން މީހުން ނުކުންނަން ޖެހުނެވެ.
އެންޑީއެމްއޭ އިން ބުނެފައިވާ ގޮތުގައި މީހުން ދިރިނޫޅެވޭ ވަރުގެ ގެއްލުން ހަ ގެއަކަށް ލިބިފައިވެ އެވެ. އެއީ، ރަދުވާނިޔާގެ އާއި އިވާއު އާއި އިރާނުގެ އާއި ކަޅުހުރާ އާއި ކަޅުހުރާ ގާޑަން އާއި އަލްފާ އެވެ. ފަސް އިމާރާތެއް މަރާމާތު ކުރަން ޖެހުނެވެ. އެއީ، އަދޫ އާއި ނިޝާން ޕްލާޒާ އާއި ކީލް އާއި އިމޯޝަންގެ އިތުރުން ގަސްވާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮހޮ
30 May 2025
ސައްފަ ކުންފުނި. ވަރަށް ލަވް
ރަންނަ
29 May 2025
ކަމާބެހޭ މުއައްސާސާއިން އެއްވެސް ވަރަކަށް ޒިންމާ އަދާކުރިބާ؟ އެމެއެންޑީއެފް އިން ހުއްދަދިނީ ކޮންކޮން ކަންކަމަކަށް ބަލާފަބާ؟ ކަންކަން އިސްލާހު ކުރެވޭނީވެސް އަދި ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރެވޭނީވެސް އެންމެން އެމީހުންގެ ޒިންމާ އަދާކޮށްގެން
މީވާ ބަޔެއް.
29 May 2025
އަދި ތަންކޮޅެއް އަވަސް، ދެން ބުނޭ 7 ފެބް އަކީވެސް ގަޑުބަޑު ހުރި ކަމެކޭ. ނާސިރު އަދި އަމީން ދައުރުގެ ކަމެއްވެސް ފާހަގަ ކޮށްލިނަމަ.
ފެންކޭސް
29 May 2025
ދެން ސަރުކާރާއެކު އެއްބަސްވުމެއްގަ ސޮއިކުރީމަނިމުނީ
ސޯލިހިބެ
29 May 2025
އާމިރޫ ޫ ޫ ދުނިޔެ ނުކެވޭނެ! ފުރަތަމަ އިބޫ ދެން ޒިނާނުގެ ދިރިއުޅުން ފުނޑާލީ. އެފަރާތައް އެއްދުވަސް. ވަރަށް ސަލާމް
ޝުވެންފޮރޮމްހެވަން
29 May 2025
އަދި ތިލިސްޓައް ސަލްޓަން ވެސް ޖެހޭ އިތުރުކޮއްލަން.
އަރާ
30 May 2025
ޙައިވަކަރުގެ ވެސް.
1181
29 May 2025
ދަޢުވާ ކުރި މީހުން ބަދަލަކަށް ވެސް ނޭދެނީތަ؟
އޮޑިޓަރ ސްޕެޝަލް
29 May 2025
އެންޑީއެމްއޭ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން ބައި މިމީހުންގެ އަތުން ހޯދަން ޖެހޭނެ
އުންސުރު
29 May 2025
ހުކުމްގައި ވަނި ނުރައްކާތެރި ކެމިކަލް ހުރި ގުދަނެއް ހިންގާއިރު، އާންމު މިންގަނޑަށް ވުރެ ފަރުވާތެރިވުމުގެ ގާނޫނީ ޒިންމާއެއް އޮވެމެ އެ ޒިންމާ އަދާކުރުމަށް ގްރީން ޕާތު މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. މީމކުންނީގެ ވެރިމީހާ އާމިރިގެ އާންމު ކަމެއް. ވަރަށް ސަލާމް.
އަދުނާ
29 May 2025
ސަމަސެޓް އާމިރު ކިޔާނީ މީނައައް. މައުލޫމާތު އާންމުކުރުން މުހިންމު. ބަދަލަކީ ކޮބާ؟
ކަހެރުވައް
29 May 2025
ހޫނ މައްސަލައެއް ނެތް. ތިއީ އިހުމާލު. ދެން ކޮބާޔޯ އިހުމާލުވުމުގެ ނަތީޖާއަކީ؟ ގެއްލުމުގެ ބަދަލެއް ދޭންޖެހުނުތަ؟ ބަދަލު ހޯދަން ދައުވާގައި އެދުނުތަ؟