ޖަޕާނުގެ ޓޫރިސްޓު ގެއްލުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެމްއެންޑީއެފް
13 ޖޫން 2025 - 19:10
ކ. މާފުށި ކައިރީގައި އޮންނަ ތިލައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޖަޕާނުގެ ޓޫރިސްޓު މީހާ މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 5:17 ހާއިރު އެ ޓޫރިސްޓު މީހާ މޫދުން ނަގާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
މި ހާދިސާގައި މަރުވެފައި ވަނީ ޖަޕާނުގެ 26 އަހަރުގެ ފިރިހެނެކެވެ.
އޭނާއަކީ މާފުށި ގެސްޓުހައުސްއަކުން ޓޫރިސްޓުންތަކެއް ގޮވައިގެން އެ ތިލައަށް ދަތުރުކުރި އުޅަނދަކުން ޑައިވިނަށް ފޭބި މީހެކެވެ.
އޭނާ ގެއްލިގެން ސިފައިންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:00 ހާއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެސްޓް ޓްރެވެލް ޑެސްޓިނޭޝަން?
14 June 2025
މިކޮޅުން ޒިންމާ ނަގަނީ ކޮންފަރާތަކުންތޯ؟
އަލީ ހަސަން
14 June 2025
މިއީ ކުށްވެރިން ގިނަ، ކުށްވެރިން ކުށްވެރިނުވާ، ތަހުޤީޤެއް ނުކުރެވޭ ޤާނޫނެެއް ނުހިނގާ އެއްވެސް ކަހަލަ ސިސްޓަމެއް ހަމައެއް ލަމައެއް ނެތް "ހިތުން ވަރަށް މޮޅުވެގެން މަބޮޑޭ ވެފަ ތިބޭ މީހުން އިންތިހާއަށް ގިނަ" ވަރަށް ނާތަހުޒީބު ގައުމެއް. އައިފޯނަކާއި ޕީސީއެކްސް ދުއްވީމަ ނިމުނީ. ސުމެއްގެ ގައުމެއް މީ. ފެކްޓް އިޒް ފެކްޓް އިނގޭތޯ.
އަކްމެޑް
13 June 2025
އެމީހާ ގޮވައިގެން ޑައިވިނަށްދިޔަ މީހުނަށް އޭނާ ގެއްލެންވީ ކީއްވެ?
މުލޭ
13 June 2025
ގެސްޓް ހައުސް ތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތައް ޒިންމާ ކުރުވައިގެން ނޫނީ މޫދަށް މީހުން ގެއްލުމުގެ މައްސަލަތައް މަދެއް ނުވާނެ. މިކަން ވެސް މިހިސާބުން ނިމުނީ.
ގުދުގުދާބެއްޔާ
13 June 2025
މިގެސްޓް ހައުސް އާއި ރިސޯޓް ހިންގާމީހުން އަންނަ ޓުއަރިސްޓުންނަކީ ޑައިވް ކުރުމުގެ ތަޖުރިބާ ހުރި ބައެއްތޯވެސް ނުބަލާ ފުޅިއަޅުވާފަ މޫދައް އެރުވަނީ! ހަމަ ބޭނުންވަނީ ފައިސާ! މިފަދަ ހިތާމަވެރި ހާދިސާ މިގައުމުގަ މިހާރުހިގާތާ އެތަކެއް ދުވަސްވެއްޖެ! ޓުއިރިޒަމް މިނިސްޓްރީ އޮންނަނީ ލޯމަރައިލައިގެން މަހުޖަނުން ނާދިމާލަށް ޗުއްޕުވެސް ބުނަން ނުކެރި!