16 ޖޫން 2025 - 13:41
އެއާ އިންޑިއާގެ ބޯޓެއް ދަތުރު ފެށި ފަހުން ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ، ހޮންކޮންގްގެ އެއާޕޯޓަށް ޖައްސައިފި އެވެ.
އެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވިއިރު، މިދިޔަ ބުރާސްފަތި ދުވަހު އެއާ އިންޑިއާގެ ބޯއިންގެ ޑްރީމްލައިނާ ބޯޓެއް ލަންޑަނަށް ދާން، އަހުމަދުއާބާދު އެއާޕޯޓުން ނައްޓާލި ފަހުން ބޯޓް ވެއްޓި 242 މީހުން ވަނީ މަރުވެފަ އެވެ.
ހޮންކޮންގް އިން ފުރައިގެން އިންޑިއާގެ ނިއުދިއްލީ އަށް ދާން ދަތުރު ފެށި ފަހުން މިއަދު ޓެކްނިކަލް މައްސަލަ ކުރިމަތިވީ ވެސް ބޯއިން ކުންފުނީގެ ޑްރީމްލައިނާ ފްލައިޓަކަށެވެ. ޓެކްނިކަލް މައްސަލައެއް ކުރިމަތިވިކަން ޕައިލެޓަށް ފާހަގަ ކުރެވުމުން އެނބުރި ގޮސް ބޯޓް ޖެއްސީ ކަމަށް މީޑިއާތަކުން ބުންޏެވެ.
ހޮންކޮންގްގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި އެއާޕޯޓުން ބޯޓް ނައްޓާލީ އެ ތަނުގެ ގަޑިން މެންދުރު 11:59 ގަ އެވެ. ޓެކްނިކަލް މައްސަލަ ދިމާވެ ބޯޓް އެނބުރި އެއާޕޯޓަށް ޖެއްސީ މެންދުރު ފަހު 3:20 ގައި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ހޮންކޮން އާއި ނިއު ދިއްލީގެ ވައިގެ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް ހަ ގަޑިއެއްހާ އިރެވެ.
ބޯޓަށް ކުރިމަތިވީ ކޮން މައްސަލައެއް ކަމެއް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
16 June 2025
ހަޤީޤަތުގައިވެސް އެއާއިންޑިޔާގެ ގިނަ ބޯޓުތަކަކީ ދުވަސްވެފައިވާ އަދި ވަރަށްބޮޑަށް ބާވެފައިވާ މަތިންދާބޯޓު ތަކެކެވެ. އެއާއިންޑިޔާގެ ފުލައިޓް ވެއްޓުމުގެ 3 ދުވަސްކުރިން އަޅުގަނޑު އެއާއިންޑިޔާގެ އެއާބަސް އޭ320 މަރުކާގެ ބޯޓެއްގައި އިންޑިޔާގެ އެއް ސަހަރުން އަނެއް ސަހަރަށް ދަތުރެއް ކުރީމެވެ. އެބޯޓުގައިވެސް ގިނަ ގޮނޑިތަކުގެ ކަވަރުތައްވެސް ހުރީ ވަރަށް ބޮޑަށް ހަޑިވެ އަދި ހަލާކުވެސް ވެފައެވެ. ރަނގަޅަށް މަރާމާތުކުރާނަމަ އެވަރެއް ނުވާނެއެވެ.
ވޭނީއާހް
17 June 2025
ތިއީ ގަބޫލު ކުރަން ވަރަށް ދަތި ވާހަކައެކެވެ. ސަބަބަކީ އިންޑިއާ އިން ގަންނަ ކާރެއް ވެސް ގަންނަ މީހާ އެތައް އަހަރެއް ދުއްވާ ބާކޮށް ވިއްކާ ލުމުން ދެވަނަ އަށް ގަންނަ މީހާ ވެސް ހަމަ އެގޮތަށް އެތައް އަހަރަކު ދުއްވާ ބާކޮށް ވިއްކާލުމުން ތިންވަނަ މީހާ ވެސް ގަނެ މިހެން ގޮސް ގޮނޑަށް އެއްލާލާއިރު ވެސް، ކާރު ވިއްކިއިރު އޭގެ ސީޓުތަކުގައި އަޅުވާފައި ހުންނަ ޕްލާސްޓިކް ކޮތަޅުތަކެއް ނުނައްޓާނެއެވެ.
ދަރި
16 June 2025
އަސްލުތަ?
ބިރުވެރި
16 June 2025
ބޯޓުތަށް ރަގަޅަށް ނުބެލެހެއްޓޭ ތީ ވާގޮތް. ދަތުރު ކުރާ މީހުނަށް އޮތްބޮޑުބިރެއް .
ނަރީން
16 June 2025
އާ އެހާކަށްހާ ވަރަށް ދޯ މައްސަލައެއް ދިމާވާނީ! ބޯޓު އަނދާ އަޅިއަށްވިއްޔާ ވީ!