އއ. ތޮއްޑޫ: އެ ރަށުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި.-- ފޮޓޯ: މިހާރު
19 ޖޫން 2025 - 20:37
އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، ތޮއްޑޫގެ މަގެއްގެ މަތިން ދުއްވި ސައިކަލުން އެއް އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ރޭ ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އެ ކުއްޖާ އިމަޖެންސީގައި މާލެ ގެނެސް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބާރު ސްޕީޑުގައި ދުއްވި ސައިކަލު ފުލުހުން މިހާރު ވަނީ ޓޯކޮށްފަ އެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މި އެކްސިޑެންޓު ހިނގި ގޮތް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ވަގުތު މަގުން ހިނގާފައި ތިޔަ ތިން މީހަކާ އެކު ހުރި އެ ކުއްޖާ ދުވަމުން މަގު މެދަށް ދިޔަތަނާ ވަރަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކުން ކުއްޖާގެ ގައިގައި ޖެހެނީ އެވެ.
އެ ސައިކަލުގައި ތިބީ ދެ ފިރިހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަރުބެއްޔާ3
20 June 2025
ޒުވާނުން... ނުހިފޭއްޓޭނެ.. މާލެ އޭރިއާގަވެސް މީބޮޑު.... މައްސަލައެއްނޫން.. ،، އެއް.. އެކަމު ފލހނ ބިރުގަނޭ.. ހިޔާ ފްލެޓްތައް ތިރީގަވެސް މަގު ބަންދުވާގޮތަށްވެސް ސައިކަލް ޕާރކު ކުރަނީ.. ބަލާނެ މީހެއްނެތް.. ފުލުހުން އަތުގަ ކަމެއް ޖެހޭއިރު ސސޓވ ފުޓޭޖެއް ނޯވޭ.. ގައުމުގެ ހާލަތު..
ގާސޮމް
20 June 2025
ތިޔަރަށަކީ ޓޫރިޒަމް ކިރިއރާފަ އޮތް ރަށެއް. ތަށުގަ ސައިކަލް ދުއްވުން ހުއްޓާފަ ބައިސް ކަލަށް ބަދަލުކުރަން ފެނޭ. ސިއްހަތަށް ވެސް ރަނގަޅުވެފަ ޓޫރިޒމްއަށް ނަމޫނާއަކަށްވެސް ވާނެ.
ްްްއފްެފސ
19 June 2025
އަވަސް ޝިފާއަށް އެދެން ތުއްތުފުރާނައަށް
މިއައު
19 June 2025
ރާއްޖެއަކާ އަސްލު ނުގުޅޭ މޮޓޮރައިޒްޑް ވެހިކަލްތައް މިގޮތަށް ދުއްވާކަށް. އެޔަށްވުރެ މާ ކުޑަ މިތަން. ވަރަށް ރަނގަޅު ނަމޫނާ ސިޓީޒް އެބަހުރި ރާއްޖެ ކޮޕީ ކުރެވިދާނެ. އެކަމު ދިވެހިން ބޭނުން ވަނީ މި ކުޑަ ތަނުގައިވެސް ބޮޑެރި އެސްޔޫވީ ތަކާ ސައިކަލުތައް ދުއްވަން
ފަރީދާ ދި މަރީދާ
19 June 2025
އިހުމާލު ވި ބެލެނިވެރިން ހައްޔަރުކުރޭ. ވެހިކަލް ދުއްވާ މަގެއްގެ މެދައް ކުއްޖާ ދޫކޮށްލާފަ ދެން ވެހިކަލް ކުއްވެރި ކުރަން އުޅޭނެ ކަމެއްނެތް. ކިތަންމެ ބާރަށް ނުވަތަ މަޑުން ދިޔައަސް ކުއްލިޔަކަށް މަގަކަށް ނުކުމެއްޖާ އެއްސިޓެންޓް ވާނެ. ކާރެއްގަ ނުޖެހުނުކަން ނަސީބު.
މިއައު
19 June 2025
ލަދު ހަޔާތެއްވެސް ނެތްދޯ ކަލޭގެ. ވެހިކަލް ސްޕީޑް އާބަން އޭރިއާ ތަކުގަ ރާއްޖޭގަ ކަނޑައަޅާފަ މިއޮންނަނީ ސްޓޮޕިން ޑިސްޓަންސް އަށް ބަލާފަ ހުއްޓޭވަރަށް. އެއަށް ވުރެ މާ ބާރަށް އޮތީ ދުއްވާފަ. އަދި ކޮބާ އެ މަގަކީ މިކްސްޑް ޔޫސް ޑިޒައިން މަގެއް. މާނައަކީ ޕޭމަންޓު އަދި ވަކި ކޮށްފާ ނެތް ކަން .އެހެން ވީމަ ހަމަ ވެހިކަލް ކުއްވެރި ނުވާނެ ގޮތެއް ނެތް
ހިބަރު
20 June 2025
ސިކުޑި ސުމެއްގަ ދިވެހިން ތިބެނީ. ކުޑަކުދިންނަކީ ހުރެފަ ކުއްލިޔަކަށް ދުއްވާގަންނަ ކުދިން. މިކްސްޑް ޔޫސް ވެއްޖާ އަދި މާބޮޑަށް ބަލަންޖެހޭ. މީގެ ވީޑިއޯ ނެތްނަމަ ކުށެއްނެތް ކުދިންތަކަކަށް ދައުވާ ކުރާނެ. ލަދު ހަޔާތެއް ނެތީމަތާ ކުއްޖާ ވެއްޓިފަ އޮތްއިރުވެސް ކުއްޖާ ގޮވައިގެން ދިޔަ 3 އަންހެނުން ބަލަންތިބީ. އެހެން މީހެއް އެ ކުއްޖާ ނަގައިގެން ގެންދިޔަ އިރު ވެސް ފަހަތުން ކުއްޖާ ވެފަ އިންގޮތް ބަލާލަންވެސް ނުދޭ. 3 އަންހެނުން ހައްޔަރު ކުރުމަށް ގޮވާލަން.
ޛުލްފާ
20 June 2025
ރަނގަޅު ވާހަކަ އެއް
ސަލީމު އިދުރީސް
20 June 2025
ކޮންމެ ސަތޭކަފޫޓުން ގޯޅިހުން ކުދި ރައްތަކައް އެއްޗެތި އެރެކޮއްގެން ހިތުހުރި ވަރައް ދުންވަނީ ހެނުވާނެ މިރާއްޖެއައް ފުރެވެޓު ކާރާސައިކަލު އެތެރެ ނުކުރެވޭގޮތް ހަދާ! މައިބަފައިން ނުޖެހޭ ކުދިން ގައިގަ ބަނދެގެން ގެންގުޅޭކައް!) އެއްއަހަރުގެ ކުއްޖެއް ފެނައްހުއްޓަ ސައިކަލު މައިތިރި ނުރެވޭވަރައް ދުއްވިމީހަ ހައްޔަރު ކުރްންޖެހޭ! އޭނައެވަނީ ކުއްޖަކު ފުރާނައައް އިހުމާލުވެފަ! ކޮބައި މިކަމުގަ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މީހުން އެމިހުން ނިދާފަތޯ