ޚަބަރު / ފުލުހުން

ފޭކް ސްލިޕުން މަކަރުހަދާ ޒައިދާންގެ ދެމަފިރިން ހައްޔަރު؛ މިފަހަރު ނެގީ 36،000 ރުފިޔާގެ މުދާ

ފޭކް ސްލިޕް ފޮނުވައިގެން ހައްޔަރުކުރި ޒައިދާން މުހައްމަދު ހާޝިމް، 28، އަދި އަފްރިން އަކްތަރު، ބަންގްލަދޭޝް ،30،--

ފޭކް ސްލިޕްތަކެއް "ފުޑީސް ޑެލިވަރީ"އަށް ފޮނުވައިގެން ކާއެއްޗެހި އޯޑަރުކުރި މައްސަލާގައި މިދިޔަ މެއި މަހު ހައްޔަރުކުރި ޒައިދާން މުހައްމަދު ހާޝިމް، އޭނާގެ އަންހެނުން ބައިވެރިކޮށްގެން ފިހާރަތަކަކުން މުދާ ނެގި މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފޭކް ސްލިޕުން މަކަރު ހެދުމުގެ ކުށުގެ ރެކޯޑު އޮންނަ ޒައިދާން މިފަހަރު ފިހާރަތަކުން ނެގީ 36،000 ރުފިޔާގެ މުދަލެވެ.

އެންމެ ފަހުން ހައްޔަރުުކުރީ ފޭކް ސްލިޕުން 9،000 ރުފިޔާ އަށް ވުރެ ގިނަ ކާއެއްޗެހި އޯޑަރުކޮށްގެންނެވެ.

ފުލުހުން ބުނި ގޮތުގައި މިފަހަރު ޒައިދާންއާ އެކު ބަންގްލަދޭޝަށް ނިސްބަތްވާ 30 އަހަރުގެ އަފްރިން އަކްތަރު ހައްޔަރުކުރި އެވެ. އެނގިފައިވާ ގޮތުގައި އެއީ އޭނާގެ އަންހެނުންނެވެ.

ޒައިދާން: މިފަހަރު ހައްޔަރުކުރީ އަންހެނުންނާ އެކު

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހައްޔަރު ކުރީ ހުޅުމާލޭގެ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މިދިޔަ މޭ މަހުގެ އެކި ދުވަސް މަތިން މުދާ ނެގި މައްސަލައެއްގަ އެވެ.

އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިއިރު، ޒައިދާން ވަނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މާލޭގައި ހުންނަ ދެ ފިހާރައަކުން ވެސް މުދާ ހޯދައިފަ އެވެ.

މަކަރާއި ހީލަތުން ހޯދި ތަކެތި ވެއްދީ، ފުލުހުން ބުނި ގޮތުގައި، ހިޔާ ފްލެޓުގައި އޭނާ ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓަކަށެވެ. އެ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުމުން ފުލުހުން ވަނީ އެ ދެތަނަށް ވަދެ ބަލައި ފާސްކޮށްފަ އެވެ.

ފޭކް ސްލިޕް ފޮނުވައިގެން ނެގި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ މުދާ އެ ތަނުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލޭގެ ފިހާރައަކުން ޒައިދާން ނެގީ 31،150 ރުފިޔާގެ މުދަލެވެ. މާލޭގެ ދެ ފިހާރައަކުން ނެގީ 5،817 ރުފިޔާގެ މުދަލެވެ.

މި މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކޮށްފައި ވާއިރު އޭނާގެ އަންހެނުން ބަންދުކުރީ ފަސް ދުވަހުގެ މުއްދަތަށެވެ.

ޒައިދާން، މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނައިރު، އޭނަގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ. ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން ވިޔަފާރީގެ ނަމުގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއްގައި 2022 ވަނަ އަހަރު ވެސް ޒައިދާން ހައްޔަރުކުރި އެވެ. އަދި އޭގެ ފަހުން ހީލަތުގެ އެކި މައްސަލަތަކުގައި ތުހުމަތުވެ އޭނާ ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ.

51 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 4%
icon angry icon angry 81%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސްތީ

22 June 2025

މީ އަޅެ ވައްކަމަށް އެޑިކްޓް ވެފަ އިން ސޮރެއްތަ؟ ކޮންމެ ރެއަކު މޫދަށް އެރި އެދިމާލުން ގާބުރިއެއް ނަގައިގެން ބޯ ދަށަށް ލައިގެން އަންހެނުން ކާރި ނިދޭތޯ އުޅެބަލަ. މީނަ ހައްޔަރު ކުރާނީ ހުރިހާ އެންމެންގެ ޖީބު ހުސްވީމަތަ؟

The name is already taken The name is available. Register?

ކާފަމެން ޖޭވަނީއޭ 1974

22 June 2025

ރީތި މަންޖެއެއް. މިކަހަލަ ސޮރެއްގެ އަތްދަށުވިކަން އެމަންޖެގެ ބަދުނަސީބު. އެކަމަކު ބުނަންތަ. ގިނަ ދިވެހި އަންހެން ކުދިންނަށް މިހާރު ކަމުދަނީ މިކަހަލަ ފިރިހެން ސޮރުން. ކިޔަވައިގެން، ރަނގަޅު ވަޒީފާއެއްގައި އުޅޭ ފިރިހެން ސޮރަކު އިންޓަރެސްޓް ހުށަހަޅައިފިއްޔާ ފޮޅާލާނެ. އެކަމަކު ޑްރަގް ވިއްކާ ޕާރޓޭއަކު ކާރުކޮޅުގައި ގޭ ކަންމައްޗަށް ވައްޓާލީމަ ދެން އެވީ އިންނަން. ހެޔޮވާނެ ނުވަމަސް ފަހުން ކިޑެއް ލިބުނީމަ، ވަރިކޮއްލަންވެސް.

The name is already taken The name is available. Register?

ބަންގުލާދޭޝް

22 June 2025

އެއީ ބަނގުލާދޭޝް މަންޖެއެއް

The name is already taken The name is available. Register?

ސުލިޕ

22 June 2025

މިކަހަލަ މީހުން ބަންދު ނުކޮށް ދޫކުރަން ހުކުން ކުރާ ގާޒީންނަށް ގޮތެއް ހަދަންވީނު...

The name is already taken The name is available. Register?

ކކކކކ

22 June 2025

ވަގުންގެ އަތްކނޑާބަލަ

The name is already taken The name is available. Register?

ސަމްސިއްޔާ

22 June 2025

ފުލުހުންނަށް އެއުޅީ މިސޮރު ނުހުއްޓުވިގެން. ދެން ޖެމްކިއުގެ މާރިހޯދަަނީ އަދި ކިހިނެތް؟؟

The name is already taken The name is available. Register?

ސަނދަރަ ބޮލި

22 June 2025

ރަނގަޅު ދެ ބޭފުޅުން. އަނެއްކާވެސް ދޫކޮށްލާ.

The name is already taken The name is available. Register?

ޑރ ވާންޗޯ

22 June 2025

މީނަޔަށް ކީއްވެބާ ރައީސް އޮފީހުގެ ސިޔާސީމަގާމެއްނުދީމިހިރީ، ހަމަ މިކަހަލަ މީހަކު އެތައްމައްސަލައެއް އޮއްވާ ވަޒީފާދީފަ ރައީސްއޮފީހަށް އެނގުނީ ނޫސްތަކުންނޭކިޔާފަ ކަނޑާލީ.

The name is already taken The name is available. Register?

ޑރ ވާންޗޯ

22 June 2025

11 މައްސަލައެއް ތަހުގީގުކުރަނީ ކުރަނީ ކުރަނީ، 2 މައްސަލަ ސަރީއަތްކުރަނީ ކުރަނީ ކުރަނީ، ... ތިޔަމައްސަލަތައްވެސް ތަހުގީގަށްލާފަ އަނެއްކާވެސް ދޫކޮށްލާ!!!. މިހާރުދެން ތިޔަމީހާ ސަރީއަތްނިމިގެން ހައްޔަރުކުރަންދެން ކޯޓުގެ ފަނޑިޔާރުން އެބަޖެހޭދޯ ހައްޔަރުކުރަން.

The name is already taken The name is available. Register?

އަހުމަދުބޭ

22 June 2025

11 މަސްސަލަ އޮތް އިރު އަނެއްކާވެސް ކުއްމިކުރަނީ، ސުވާލްއަކީ އަހަރުމެން މިގެންގުޅޭ ޤާނޫނު އަސާސީ ހަމަ ރަނގަޅުތޯ، އަހަރުމެން މިޕުރެކްޓިސްކުރާ ސިސްޓަމް ހަމަރަނގަޅުތޯ، މިއީތޯ މިކަން އޮންނަންވީގޮތަކީ؟ މިފަދަކަންކަން އިސްލާހްކުރާކަށް ނުވޭތޯ؟

The name is already taken The name is available. Register?

ޢަލީ ކުރުސީ

22 June 2025

ވަރިހަމަތާ! މިމީހާގެ މައްލައެއްގެ ޙަބަރު ނީވޭ އިރެއްނުދޭ! އެކަމަކު ހަމަ ދޫވެފައި، ދައުވާ އެއް ކުރެވެނީކީ ނޫން! ޝަރީއަތެއް ހިނގަނީކީ ނޫން! އެކަމަކު ކޮންމެ މުއައްސަސާއަކުންވެސް އަނގަ ފުޅާކޮށްފައި ފޮނި ކަނޑާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454