ބިޒްނަސް ފޯރަމްގައި ސައީދު ވާހަކަ ދައްކަވަނީ: ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމުގެ އަމާޒުގެ ބޮޑު ބައެއް ހާސިލްވެފައިވާ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ
01 ޖުލައި 2025 - 09:18
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިންވެސްޓްމަންޓްގެ ގޮތުގައި 680 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ރާއްޖެ އަށް މިހާރު ކަށަވަރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި މިއަދު ކުރިއަށް ގެންދާ މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ރާއްޖެ އޮތީ ބޮޑު ދަރަންޏާއެކު ނާޒުކު ހާލަތެއްގައި ކަމަށް ވިޔަސް މިދިޔަ 16 މަސް ދުވަހު އެކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ފަސް އަހަރު ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެ ގެންނަން އަމާޒު ހިފާފައިވާއިރު، މިހާރު 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަތުމުން އިކޮނޮމިކް މިނިސްޓަރު ސައީދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ސޯލާ ސިޓީގެ މަޝްރޫއުގައި މި ފޯރަމްގެ ތެރެއިން ސޮއިކުރެވިގެން ދިއުމާއެކު އަޅުގަނޑުމެންގެ އެސްއީޒެޑް ކޮމިޓްމަންޓް 680 މިލިއަން ޑޮލަރަށް އިތުރުކުރެވި، އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ،
އޭނާ ވިދާޅުވިގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު ރާއްޖޭ ޖީޑީޕީ 150 ބިލިއަނަށް އިތުރުކޮށް އަދި 2030 ވަނަ އަހަރު ބޮލަކަށް ޖެހޭ އާމްދަނީގެ އަދަދު 17،000 ޑޮލަރަށް އިތުރުކުރުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސިންގަޕޫރާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ވެސް ބައިވެރިވި އެ ފޯރަމްގައި ސައީދު ވިދާޅުވީ ސިންގަޕޫރުން ހޯދާފައިވާ ތަރައްގީތައް ފާހަގަ ކުރަންޖެހޭ ކަމަށާއި ސިންގަޕޫރަކީ ރާޢްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމްގައި ވެސް ސިންގަޕޫރުގެ އިންވެސްޓަރުންގެ ބައިވެރިވުން ބޮޑު ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގުޅުން އަދިވެސް އެގޮތުގައި ދެމެހެއްޓުން މުހިންމު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ސިންގަޕޫރާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ގުޅުން ބަދަހިކުރަން މަސައްކަތްކުރި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިއަދުގެ ހަފުލާގައި އެވޯޑް ދިނެވެ. އެ އެވޯޑް ރާއްޖެ އާއި ސިންގަޕޫރުގެ ވިޔަފާރިވެރިންނަށް ވެސް ދީފައިވެ އެވެ.
އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ބޮޑު ބައެއް ހާސިލްވެފައިވާ ކަމަށް ސައީދު ވިދާޅުވިއިރު، އެ ފޯރަމްގެ ތެރެއިން މިއަދު ވަނީ ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އިންވެސްޓްމަންޓްގެ އެއްބަސްވުމުގައި ކުންފުންޏަކާއެކު ސޮއިކޮށްފަ އެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހޮއްތު
02 July 2025
ތިޔަ ސޯލާސިޓީ ނޫން އަޑެއް ނީވޭ …
ގުދުގުދާބެއްޔާ
01 July 2025
"ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިންވެސްޓްމަންޓްގެ ގޮތުގައި 680 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ރާއްޖެ އަށް މިހާރު ކަށަވަރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ." މިއީ ލޮލަށް ނުފެންނަ އިންވެސްޓްމަންޓް! ވެރިކަމަށް އަންނަން ރާއްޖެއިން ތެޔޮނަގާނެ ކަމަށް ބުނެ ފޮނިކެނޑި މީހާ ތިޔައީ! ކޮބާ ބަންކަރިން މިލިޔަން ޑޮލަރ ވަދޭތަ؟
ހުސެން ޒާހިރު
01 July 2025
ރައީސް މުއިއްޒްގެ ޒައާމަތުގައި މިގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖަހާނެ. ބަލަން ތިބޭ ދަތި އުދަގުލުން ކަންކަން މިދަނީ ރަނގަޅު ކުރަމުން
ގުދުގުދާބެއްޔާ
01 July 2025
ބޭރުގައުމުތަކަށް ގޮސް ނާޑިގަނޑު ދިއްކުރީމާ ލޯލާރި ފޮއްޗެއްވެސް ދޭނެ މީހަކުނުވޭ!
އާދިމް މުހައްމަދު
01 July 2025
ވަރަށް ރަނގަޅު ނިންމުމެއް. އިންޝާﷲ ރައީސް މުއިއްޒްގެ ޒައާމަތުގައި މިގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅޭނެ ކަމާމެދު އެއްވެސް ޝައްކެއްނެތް
ގުދުގުދާބެއްޔާ
01 July 2025
ތިޔައީ އަތުގައި ނުޖެހޭ ލޮލަށް ނުފެންނަ ނިންމުމެއް! ކޮބާ ބަންކަރިން! ކޮބާ ވެރިކަމަށް އަންނަން ވެގެން ސައީދުމެން ނަގަން ބުނި ތެޔޮ!
އަހްމަދު ސަނީހް
01 July 2025
މީ ނުވާނެވަރުގެ ކަމެއް ނޫން. މިއަދުވެސް 600+ އެ ލިބުނީ. ދެން ދާނީ ރަނގަޅަށް
ފޮނިފިނިފެންމާ
01 July 2025
އަހަ! ކޮބާ ސައުދީ ޕުރިންސް ގެނައި 8.8 ބިލިއަން ޑޮލަރު؟ މިހާރު އެކަން މޯޅިވީ؟
ތަކަނޭ އޭ
01 July 2025
ފެހި ސިގްނަލް އެއް ނޫންބާ
ހީހީ ސުލީހް
01 July 2025
ނަތީޖާއެއް ނުނެރެވޭ. ތި ހުރިހާ އިންވެސްޓްމެންޓެއް ހުރީ ލިޔުމުން އަކަނި
ދޮންބޭބޭ
01 July 2025
ސައީދުގެ އަނގަ ފޮނީގައި ޖެހި ކޮންމެ ސަރުކާރަކުންވެސް ބޭކާރު އެތައް ދުވަސްތަކެއް ހޭދަކޮށްލާނެ. އަބަދުވެސް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުން ނޭރިގެން
ގފދ
01 July 2025
ދިވެހި ރަށްޔިތުން ލައްކަ ގިނަ ފެހި ސިގްނަލް ދެކެފި. ދެން އެންމެ ރަގަޅުވާނީ އިތުރު ހުވަފެން ނުދެއްކިއްޔާ.
ފދސސސ
01 July 2025
5 އަހަރު އަޗާ ތަޅާ ނިންމާލާފަ ގައުމު ދަރުވާ އިނދަޖައްސާލާފަ ދިޔައިރު ކަހާތަން ހިރުވާވެސް ނުލާ. މިހާރު ބަޔަކު އަލަށް އައިސް ގައުމު ނަގާ ކޮޅަށް ޖެހުމަށް ލިބިފަ އޮތް 5 އަހަރު ތެރޭން 1.5 އަހަރު ތެރޭ ހަވައަށް ނުގެންގޮސް ދެވިގެން މަސައްކަތް ނިންމަން ގޮވަން ލަދުގަންނަންވާނެ ދޯ؟
ޞޗޗޗފ
01 July 2025
އަޗާ ތެޅުނުވަރު ކުޑައީ. ބުރިޖު ނިމެނީ، ހަނިމާދޫ އެއާޕޯޓު ނިމެނީ، އެތަން ނިމެނީ މިތަން ނިމެނީޔޭ ތިގޮވަނީ އަޗާތެޅި މީހުންގެ މަސައްކަތޭ. އެކަމަކު އަދިއަދަށް ދާންދެންވެސް ކުރީސަރުކާރޭ ކިޔައިގެން ބަހަނާ ތިދައްކަނީ. ހަވާއަރުވައި މޮޅެތި ޑިޒައިންތައް ދައްކައި ކުލަގަދަ ހަފުލާތައް ބާއްވައިގެން އެންމެ ގިނަ ސޮއިކުރި މީހުންނަށް ވާނެ. އެއިންކަމެއް ލޮލަށް ނުފެނޭ. މުސާރަވެރި ބޮޓުންތަކުގެ ސަނާކިޔުން ފިޔަވައި.