ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 ޖުލައި 2025 - 11:38
ސޯޝަލް މީޑިއާގައި ހިންގާ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަމާއި އެހެން ޖަރީމާތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކާއެކުގައި މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިއަދު ހެނދުނު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރީ ފުލުހުން އެދިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލަތަކާ ގުޅޭ ގޮތުން އެ އިދާރާއިން ދައްކަން ހުރި ބައެއް ވާހަކަތަކަކީ އާންމުކޮށް އެންމެންނަށް އެނގެން ބޭނުން ނުވާނެ ވާހަކަތައް ކަމަށް ވާތީ ކޮމިޓީ ސިއްރުކޮށްދޭން އެދޭ ކަމަށެވެ.
ޝަރީފްގެ އެދުމާ އެއްގޮތަށް މެމްބަރުން ނިންމެވީ ކޮމިޓީ ސިއްރުކުރާށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރީ ފުލުހުންގެ އިސްވެރިންގެ އިތުރުން އެމްއެންޑީއެފާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދެ ކަމަކާ ގުޅޭ ގޮތުން އެ އިދާރާތަކާ އެކުގައި މަޝްވަރާކުރުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.
އެއީ، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ސޯޝަލް މީޑިއާގައި އެކިއެކި ޕްލެޓްފޯމުތަކުގައި ބަރަހަނާވުމާއި ބޭއަދަބީ މުއާމަލާތްކުރާތީ އެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމާއި ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި ސްކޭމްގެ އެހެން މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކުރުމެވެ.
ސޯޝަލް މީޑިއާގައި އެކިއެކި ޕްލެޓްފޯމުތަކުގައި ބަރަހަނާވުމާއި ބޭއަދަބީ މުއާމަލާތް ކުރާ މައްސަލާގައި މަޖިލީހަށް ވަނީ އާންމުންގެ ޝަކުވާ ލިބިފަ އެވެ. އެ މައްސަލަ ބަލަން ކޮމިޓީން ނިންމީ އެ ޝަކުވާތަކާ ގުޅިގެންނެވެ.
ރާއްޖޭގެ ހިންގާ ބޮޑެތި ޕިރަމިޑް ސްކީމްތަކުން އެތައް ބަޔަކަށް ލަނޑު ލިބިފައިވާތީ، އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިރުހާނެވެ. އެ މައްސަލާގައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފު ހުށަހެޅުއްވީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ އެކަނި ނުބަލައި، ސޯޝަލް މީޑިއާގައި އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްގެ ހުރިހާ މައްސަލަތައް ބެލުމަށެވެ.
އެހެންވެ، އެ ދެ މައްސަލަ އެއްކޮށް ބަލަން ކޮމިޓީން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
02 July 2025
ތިހުރިހާ ކަމެއް ހުއްޓެން ގިނަ ދުވަހެއް ނުގާނެ ނޫންތޯ ދައުލަތުން 4000 ދިގެން ހުރިހާރައްޔިތުން ހާފިޒުންނައް ހަދަން ބާރު އަމުންދާއިރު
ވަހުިދޔހު8ްއޮ
04 July 2025
ހުރިހާ ބަލިމީހުންނަށް ޚަރަދު ކުރަން އާސަންދަ އާއި އެންސްޕާ އެބަހުރި، ހުރިހާ އެންމެނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރަން އެތައް ފަންޑަކުން ޚަރަދުކޮށް ހިލޭ ޑިގްރީއަށް ކިޔަވައިދޭ، އެކަމަކު ބަލިމީހުންނާއި ނުކިޔަވާ މީހުން ވެސް އެބަތިބި. ކޮބާ ސްކޫލުތަކާއި ހޮސްޕިޓަލުތައް؟
އަބްޑޫޅް +
02 July 2025
ހީއްހިޢް. ކަލޭމެން ބޭނުން ވާނީ އެ ޖަރީމާތައް ސިއްރުކުރާށޭ. އައިސްބަލަ އަހުރެން ބަލާ، އިންޑިޔާ މީހުން ހަދިޔާކުޅަ މަނަވަރުގަ، އިންޑިޔާ މީހުން ހަދިޔާ ކުޅަ ހެލިބޮކުޓަރުވެސް ހިފައިގެން، އިންޑިޔާ މީހުން ހަދިޔާ ކުޅަ އަލިފާން އިންޖީނާއި ވެސް އެކުގަ. ކަލޭމެން، ދިވެހި ފުލުހުން، ހޭ އަރާނެ އޭރުން. ޕޮސް!
މަޖުލީސް
02 July 2025
މަޖުލީހުގަ ގިނަ މެމްބަރުނަކީ ކުރީގެ ގޭންގު މެމްބަރުންނާ އެހެނިހެން ޖަރީމާތައް ހިންގާފަ ތިބި މީހުން!!! މިކަހަލަ މީހުން މިއުޅެނީ މިކަމާާ؟
ަސދަސދޡާޘ
04 July 2025
މަޖުލީހަށް ގޭންގު މެންބަރުން ހޮވަނީ ޢާއްމުންގެ ވޯޓުން ނޫންތަ؟ އެހެންވީމަ މީގައި ގޯހީ ކޮންބައެއް؟
ދިވެސް
02 July 2025
ދިވެހިންގެ އަޚުލާގީ ފެންވަރު މިވަނީ ވަރަށް ދަށު ދަރަޖައިގައި. ވަކި ކަމެއްގައެއް ނޫން. މަގުމަތީގައި ޕާކުކުރުމާއި، މަގުމައްޗަށް ކުނިބުނި އެޅުންފަދަ ކަންކަން ކުރުމާއި މިހެންގޮސް އެތައް ކަމެއްގައި މިހާރު މިތިބީ ހައްދުފަހަނަޅާފައި. ގަވާއިދެއްގައި ލިޔެގެން ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެނެއް ނޫން ގައުމުތަކުގެ ރައްޔިތުން ރީތިކޮށް އުޅެނީ. އެއީ ރައްޔިތުން އަމިއްލައަށް ރީތިކޮށް އުޅެންޖެހޭކަން ގަބޫލުކޮށްގެން ކުރަންޖެހޭ ކަމެއް.
ސަލީމު އިދުރީސް
02 July 2025
އެއް ގޮތަކައްވެސް ތިހަލަ ކަމެއް ހުއްޓުވާކަންނޫން ސަރުކާރާ ދެކޮޅައް ސުއޫރު ފާޅުކުރާ މީހުނައް ބިރުދައްކަން ކުރާކަމެއް! ރައްތިތައް ގެއްލުވެދާނެތި އުޅޭނަމަ ބޮޑެތި ސައިކަލު ތަކުގަ ހުރި ވަރަކައް ދުއްވާ މީހުނާމެދު ފިއަވަޅު އަޅާނެ! ފުހުންނަކީ ކޮންބައެއް ކަން ރައްޔިތުން މިހާރު ދަނޭ
އަބްޑޫޅް +
02 July 2025
އެސިސްޓެންޓު ކޮމިސްނަރު އެއީ އިންޑިޔާ މީހެއްތަ؟
މހއމ
02 July 2025
އެޔޯ؟ އެ ކީއްވެ ކުރި ސުވާލެއް؟