މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު. ބްރޯޑްކާސްޓިން ކޮމިޝަނާ މެމްބަރު އަމީތު ވަނީ ފާޑު ވިދާޅުވެފައި. - ފޮޓޯ: މަޖިލިސް
21 މާޗް 2017 - 17:32
މީޑިއާތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާ ހަވާލުކުރީ ބިރު ދައްކަން ނޫން ކަމަށް ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އަމީތު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ދައުލަތުގެ ހާރިޖީ ގުޅުންތަކާއި ގައުމުގެ ރީތި ނަން ބޭރު ދުނިޔޭގައި ކިލަނބުވާ ގޮތަށް އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދާ ކަމަށް ބުނެ، އެގޮތަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްބީސީން ދީފައި ވަނިކޮށެވެ.
އަމީތުގެ އޭނާގެ މި ޓްވީޓާ ގުޅޭ ގޮތުން އިތުރަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އަމީތު މަޖިލީހުގެ މެމްބަރު ކަމަށް 2014 ގައި އިންތިހާބުވުމުގެ ކުރިން، މިހާރު ހުއްޓާލާފައިވާ ދިޓީވީގެ ނިއުސް އެންޑް ކަރެންޓް އެފެއާޒްގައި މަސައްކަތް ކުރައްވައި އޭރު އާންމުންގެ މެދުގައި މަގުބޫލުކަން ލިބުނު ބައެއް ޓީވީ ޝޯތައް ހުށަހެޅުއްވި އެވެ.
ކޮމިޝަނުން މިއަދު ވަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ އާއި އިންފުލުއެންޒާ ނުވަތަ އެޗް1އެން1 އާ ގުޅޭ ހަބަރުތައް، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްތަރު އުފެދޭ ގޮތަށް ފަތުރާ ނަމަ އެކަމާ ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ސަރުކާރުގެ ސިޔާސަތަކާ ދެކޮޅަށް ފަހަކަށް އައިސް، ފާޑު ވިދާޅުވަމުން ގެންދަވާ އަމީތު ވަނީ ލިބިދާނެ މާލީ ފައިދާއަށްޓަކައި ގައުމުގެ އިސްތިގުލާލު ގުރުބާން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ބިދޭސީންނަށް ރާއްޖޭގެ ބިންތައް މިލްކު ކުރުމާ ދެކޮޅަށް ޓުވީޓެއް ކުރައްވައިފަ އެވެ. ނަމަވެސް ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުންތަކާ އެކު އެ ޕާޓީގެ ކައުންސިލުން އިސްތިއުފާ ދެއްވި އަމީތަކީ ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް ވޯޓު ދެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވީ އެއީ ވަކި ބަޔަކަށް ބިން މިލްކޮށްދޭން ގެންނަ އިސްލާހެއް ކަމެއް އޭރު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙޯޕް
22 March 2017
ތައުބާވުމަކީ މާތް ސިފަޔެއް
މީމުހާ
22 March 2017
މެމްބަރު އަމީތުގެ ހިތްވަރަށް ސާބަސް ދަންނަވަން ބިރުފަހަނައަޅާ ގޮސްފައިވާ ދިވެހި ދަރިއެއް، ދިވެހިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ފަހަތައް ޖެހިވަޑައިނުގެން ކުރިޔަށް ވަޑައިގަންނަވާ
ޢިއްބެ 22
22 March 2017
ސާބަސް މިއުޅޭ އިދިކޮޅު މީހުންނަށް!!!!! އިޚްލާސްތެރި މިބަސް ތިމާމެނަށްވެސް ނޭނގޭ. މިހާރު އަމިތު ބުނާ ކޮންމެ ބަހެއް ހައްޤު ބަހަށްވީ. އެހިސާބުން އަމިތު އިޚްލާސްތެރިވީ.
ރަދީފް
22 March 2017
ސާބަހޭ އަމީތު. ވާންކޮށްފަ ބަހައްޓާތި. މިހާވަރުވެސް ކޮށްލަންކެރޭ މެމްބަރެއް މަޖްލިހުގަނެތް. އމީތުގެ ގޮނޑި ޔަގީން ދެންބުރެއްގަވެސް. އިހްލާސްތެރިންނަށް އަހަރުމެންގެ ތާއީދު އޮންނާނެ. ވ.ވެދުން
ދޮގެއްތަ؟
22 March 2017
ބިން މިލްކު ކުރެވޭ އިސްލާހަކީ މަޖަލަކަށް ކުރިކަމެއް ހިތައިތޯ ބޭފުޅާ ވޯޓު ދެއްވީ؟ މިހާރު ތިއުޅުއްވަނީ އެހެން ގޮތެއް ވެގެން ނޫންތޯ؟ މަޖިލީހުގައި ސަރުކާރު މެންބަރުން ހިންގި ހުރިހާ ޖަރީމާއެއްގަ ބަރާބަރަށް ބައިވެރިވީމު ނޫންތޯ؟
އިބުރާހިމް
22 March 2017
އަމީތުމެންނަކަށް މިހާރު އިތުބާރެއްނެތް، ކުރީދުވަހު ބުނީ ބިންމިލްކް ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލުގެނައީ ސައުދީން ސާހީ އާއިލާ ބޭނުންވެގެން ކަމެއް ނޭންގެޔޭ. ބަލަ ވޯޓްދޭއިރު ހުރިހާކަމެއް ބަލާފަ ވޯޓްދިނުމަކީ އަމީތްގެ ޒިންމާއެއްނުން. ދެންވެސް އިސްލާހުވެ ގައުމު ރަނގަޅުހާލަތަކަށް ގެންދިއުމުގެ މަސައްކަތުގައި ބައިވެރިވޭ، ރައީތުންނާ ގައުމަށް ހެޔޮގޮތް ހިޔާރުކުރޭ، ތިމާއަށް ވޯޓްދިން ރައީތުނގެ އިހުސާސްދެނެގަނެ، އެރައީތުން ބޭނުންވާގޮތަށް މިނިވަންކަމާއެކު ވޯޓްދެއްވާ. ކޮރަޕްޝަނުގެ ފައިސާގައި ނުހިފާ. މިއީ ރައީތުންގެ އާދޭސް
ޤާދިރު
22 March 2017
ސައުދީ ސާހީ އާއިލާ ނޫން ބަޔަކަށް ބިން މިލްކުކޮށް ދިނަސް އޯކޭދޯ؟ ޚާއްޟަކޮށް ހުޅަނގުގެ ޤައުމުތަކުގެ މީހުންނަށް..
ބިރުވާ
21 March 2017
ޖަޒްބާތުގައި ބިލް ފާސްކުރީ. ޖަޒުބާތުގައި ހަބަރުކީ. ފެބްރުއަރީ ހަތެއްގައި ޖަޒްބާތުވީ. މިހާރު ކޮން ޖަޒުބާތެއްބާ؟
ޔޫކޭ
21 March 2017
މިވެސް އިތުރަށް ލިބޭނެ ވޯޓެއް...
ހަސަންއަބްދުﷲ
21 March 2017
އިންޝާﷲ
އެޔޯ
21 March 2017
އަމީތު މެންނަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ގައި މެދުނުކެނޑި 5 އަހަރު ޚިދްމަތް ކޮށްފައިވާ މީހެއް ނޫނެވެ. އަދި އެންކަރެއްގެ ރޯލް އެކަނި އަދާ ކުރާ މީހުންނަކީ އެއީ ނޫސްވެރިން ކަމުގައި ނުބެލެވޭނެއެވެ. ނޫސްވެރިން ނަކީ އެއީ ބުރަ ކޮށް ނުރައްކާތެރި ސައިޓް ތަކަށް ގޮސްގެން ފެކްޓްސް ތައް ހޯދައިގެން ނޫސްވެރިކަން ކުރާ މީހުންނަށް ކިޔާ ނަމެކެވެ. ތިޔާހެން އަމީތު ނޫސްވެރިއަކަށް ވެއްޖެނަމަ މަމެން ކޮމެންޓް ކުރާ މީހުން ވާނީ އިންޓަރނޭޝަނަލް ނޫސްވެރިންނަށް ދޯ. ސަބަކީ ލޯކަލް 100 ކޮމެންޓް އަދި ފޮރިންގް ނޫސްތަކަށް 1000 ކޮމެންޓް މަމެން ކޮންމެ 24 ގަޑިއިރު ކޮށްލަމެވެ. މަމެން ލިޔާ އިރު ކީބޯޑަށް ނުބަލާ ސިކުންތަކު 10 ކެރެކްޓަރ ޓައިޕް ކުރަން ދަސްކުރީ މިބޭނުމުގައި ވިއްޔާ. ދެން މިހާރު މަމެން މިބަލަނީ ސްކްރީނަށް ނުބަލާ ކީބޯޑް ކީސް ތަކުގެ ލޮކޭޝަން ހިތު ދަސް ކޮށްގެން ލިޔަން އެވެ. މަމެން ވެސް މީ ނޫސްވެރިން އަމީތު ނޫސްވެރިއެއް ނަމަ ދޯ.
ބޯލަބޭ
21 March 2017
ޙައްޤުބަސް ބުނުމުގެ ހިތްވަރުހުރި ކަމަށްޓަކައި ޝުކުރު ދަންނަވަން.
އޮތީތޭ
22 March 2017
ހައްގު ބަސް ކަން އަންގައިދޭ ޑިޓެކްޓަރެއް ތަމެން އަތުގައި އޮތީތޭ. އޭން ބުނެބަލަ