ލޭގައި ހަކުރު ހުރި މިންވަރު ބަލަން ޓެސްޓުކުރަނީ: ހަކުރު ބައްޔަށް ނުވާ ވަރަށް ކުޑަކޮށް ދަށްކޮށް ހަކުރު ހުންނައިރު ވެސް ފިރިހެނުންގެ ޖިންސީ ބަލިކަށިކަމަށް އެކަމުން މަގު ފަހިވާ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި. -- ފޮޓޯ: ޕެކްސެލް
16 ޖުލައި 2025 - 09:39
ލޭގައި ހަކުރު ގިނަވުމުން ފިރިހެނުންނަށް ޖިންސީ މައްސަލަތައް ކުރިމަތިވާ ކަމަށް އެންޑޮކްރައިން ސޮސައިޓީގެ އަހަރީ ބައްދަލުވުމަށް ހުށަހެޅި ދިރާސާއެއްގައި ބުނެފި އެވެ.
މި މަހުގެ 12 އިން 15 އަށް އެމެރިކާގެ ސެން ފްރެންސިސްކޯގައި ބޭއްވި "އެންޑޯ 2025" އަށް ހުށަހެޅި އަދި ޕިއަ-ރިވިއު ނުކުރާ ދިރާސާ ބުނެފައިވާ ގޮތުގައި ހަކުރު ބަލީގެ ގޮތުގައި ބަލާ މިންގަނޑަށް ވުރެ ކުޑަ ތަންކޮޅެއް ދަށުގައި ހަކުރުގެ މިންވަރު ހުއްޓަސް ފިރިހެނުންގެ ދަރިފަނީގެ ހަރަކާތްތަކަށް ނޭދެވޭ އަސަރުކުރެ އެވެ. އަދި "އިރެކްޓައިލް" ނުވަތަ ވަރު ނުޖެހުމުގެ މައްސަލަ ވެސް ދިމާވެ އެވެ.
މި ދިރާސާގައި ވަނީ ޓައިޕް 2 ޑައެބިޓީސް އަށް ފަރުވާ ހޯދުމުގެ ގޮތުން ބަރުދަން ލުއިކުރުމަށް ބޭސް ދެމުން އަންނަ 110 ފިރިހެނެއްގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކޮށްފަ އެވެ. މި މީހުންނަކީ ޓެސްޓޯސްޓެރޯން ނުވަތަ ހޯމޯނަލް ފަރުވާއެއް ހޯދާ ބައެއް ނޫނެވެ.
ހޯދުންތަކުން ދެއްކި ގޮތުގައި ބަރުދަން 10 ޕަސެންޓް ދަށްވުމާ އެކު، އާދައިގެ މިންވަރެއްގައި ޓޯޓަލް އަދި ފްރީ ޓެސްޓޮސްޓެރޯންގެ ހުރި މީހުންގެ މި ހޯމޯންތައް 53 ޕަސެންޓުން 77 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.
ޕްރިލިމިނަރީ ދިރާސާއިން ދައްކާ ގޮތުގައި ލޭގައި ހަކުރު މަތިވުމުން، ފިރިހެނުންގެ ޖިންސީ ސިއްހަތަށް މުހިއްމު ޓެސްޓޯސްޓެރޯން ލެވެލް ދަށްވެ އެވެ. ޓެސްޓޮސްޓެރޯން ލެވެލް އިން ސީދާ އިރެކްޓައިލް ފަންކްޝަނަށް އަސަރެއް ނުކުރި ނަމަވެސް، އެއީ ޖިންސީ އެދުންވެރިކަމާ ގުޅިފައިވާ މާއްދާތަކެކެވެ.
"ހޯލް ފުޑް" ނުވަތަ ވީހާ ވެސް ކުޑަކޮށް ޕްރޮސެސް ކޮށްފައި ހުންނަ ކާނާ އާއި ފައިބަ ގިނަ ބެލެންސްޑް ޑައިޓުން، ލޭގައި ހަކުރު ހުންނަ މިންވަރު ހަމައަކަށް އަޅުވައި އިންފްލެމޭޝަން ދަށްކުރުމަށް އެހީތެރިވެދެ އެވެ. ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ އުޅުމުން އިންސިއުލިން ސެންސިޓިވިޓީ އިތުރުވެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަނު33
19 July 2025
ހަކުރަށްދޭ ސަބްސިޑީ ކަނޑާލަންޖެހޭ!
ތެދެއް
17 July 2025
އިންޑިޔާ ހަކުރަކީ ވަރަށް ނުރައްކާތެރިބހަކުރެއް. އަހަރެން ކުޑައިރުނރާއްޖެ ގެންނަ ހަކުރު ހުންނާނީ ވަރަށް ސާފުކޮށް ބިއްލޫރިފަދަ އަލިކޮށް. ބައެއް ހަކުރު ފުއްތަކުގައި އިންނާނެ އިނގިރޭސި އިކުރު ތައް ކިޔާލަން އެގެން. ހަކުރު އެތެރެކުރަނީ ކޮންތާކުން ކަމެއްނޭންގެ. މިހާރު ހަކުރުގައި ހުންނަގޮތަށް ގަރަނބު ވެފައެއް ނުހުރޭ.
ކޮރަލް
16 July 2025
އެސްޓީއޯ އިން މިގެންނަ ހަކުރުގަ ފައިދާ އެއް ނެތެވެ. ހުރީ ގެއްލުމެވެ. މަނާ ކުރަން ވީ އެވެ.
ހަކުރީދު
16 July 2025
ސަބުސިޑީ ކަނޑައިލާ ސީދާ ޓެކުސް ނަގަންވީ އެއިން.
ޑރ ވާންޗޯ
16 July 2025
ކަލޯ މީކޮންކަމެއްގެ އިސްތިހާރެއް؟. ރަނގަޅުނެތް އެއްގޮތްވެސް. މަތިވިޔަސްގޯސް، ހަކުރު ބައްޔޭ ބުނާވަރަށްވުރެ ކުޑަތަންކޮޅެއް ދަށްވިޔަސްގޯސް!!!!. "ހަކުރު ބަލީގެ ގޮތުގައި ބަލާ މިންގަނޑަށް ވުރެ ކުޑަ ތަންކޮޅެއް ދަށުގައި ހަކުރުގެ މިންވަރު ހުއްޓަސް ފިރިހެނުންގެ ދަރިފަނީގެ ހަރަކާތްތަކަށް ނޭދެވޭ އަސަރުކުރެ އެވެ.".
ދަލޭކަ ދައިތަ
16 July 2025
ކޮބާ ހީޥޭ!! އާދައިގެ ހަކުރުން ވާވަރު މި ފެންނަނީ. ދެން ސިއްރުން ތި ގަންނަ އަގުބޮޑު ހަކުރުން ވާނެގޮތް ވިސްނާފަވެސް ތިއާ ކައިރިވި މީހަކާވެސް އަންހެންކުއްޖަކު ނީންނާނެއެއްނު.
މުލޭ
18 July 2025
އެ ހަކުރު ބޭނުންްކުރާ މީހުން މިހާރުގެ އަންހެން ކުދިންނަށް ރަނގަޅީ ވެސް. މިކަން ޔަގީންވާނެ ބޮޑު މަގެއްގައި ގަޑިއެއްހާ އިރު މަޑުކޮށްލިޔަސް.