ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޖީއެމްއާރު ބޭރުކުރަން ވަހީދާއި އިއްތިހާދުގެ ގިނަ ބޭފުޅުން ބޭނުންނުވި: ޔާމީން

"އަޅުގަނޑުމެން ހުރިހާ އެންމެ ތެދުވީ އެއާޕޯޓް ހޯދަން، ހުރިހާ ދިވެހިން ނުކުތީ އެއާޕޯޓް ލިބެންޖެހޭނެ އެއްޗެއް ކަމަށް ކިޔާފައި. އޭރަކު ވަހީދު އެކަމުގައި ބައިވެރިވެވަޑައިނުގަންނަވަ."

ޑިސެމްބަރު 3، 2021: ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި، މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރަށް "ވިއްކާލި އެއްބަސްވުން" އުވާލަން ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރު އުފެއްދި އިއްތިހާދުގެ ގިނަ ލީޑަރުން ފަހުން ދެކޮޅު ހެއްދެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ޕާޓީ ޕީއެންއެފުން ބޭއްވި ޖަގަހަ ޖަލްސާގައި ޕާޓީގެ އާންމު މެމްބަރަކު ބުނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވި ފަހުން، ޔާމީން ޖަލުން މިނިވަންކުރުމުގެ ކަންކަން އަވަސްކުރުމަށް އޭނާ އާއި އިތުރު ބަޔަކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާ ބައްދަލުކުރި ކަމަށެވެ.

ނަމަވެސް، އެ މަޝްވަރާކުރަން ދިއުމުން ވަހީދު ވިދާޅުވީ "ޔާމީނު އަބަދުވެސް އޮންނަން ޖެހޭނީ ޖަލުގައި" ކަމަށް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

ވަހީދު އެގޮތަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވަހީދަށް ޕީޕީއެމްގެ ޓިކެޓް ދެއްވާނެ ކަމަށް ޔާމީން ވިދާޅުވެ އެގޮތަށް ކަންތައް ނުކުރެއްވުމުން ކަމަށް ވަހީދު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

ވަހީދު ވިދާޅުވި ކަމަށް ބުނާ އެ ވާހަކައިގެ ހަގީގަތާއި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުގައި ވަހީދުގެ ދައުރަކީ ކޮބައިތޯ އޭނާ ވަނީ ޔާމީނާ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ޔާމީން ވިދާޅުވީ ވަހީދަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ކަމަށް ވިދާޅުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަކަށް މިހާރު ހުންނަވާ ވަހީދުއާ އެފަދަ މަޝްވަރާއެއް ވެސް ކުރައްވާފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޖީއެމްއާރު ބޭރުކުރީ ޕީޕީއެމްގެ ވެރިކަމުގައި!

ޖީއެމްއާރުގެ އެއްބަސްވުމުގެ ކަންކަމުގައި ނަޝީދަށް ވެސް ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ރާއްޖޭގެ ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ލިބުނީ ނަޝީދު ވެރިކަމުގައި. އެކަމަކު، ނަޝީދު ނޫން އެހެން މީހުން އެކަން ކުރަން ނުވަތަ އަމިއްލަ ހިޔާލު ފާޅުކުރަަން ފެށުމުން ނަޝީދަށް އެ ކަމެއް ހަޖަމެއް ނުވި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެ އިޝާރާތް ކުރެއްވީ ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު އިއްތިހާދުން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކަށް ނަޝީދުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ހުރަސްއެޅި މައްސަލައަށެވެ. ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅުގެ ވަރަށް ގިނަ ލީޑަރުން އޭރު ހައްޔަރުކުރި އެވެ.

ވެލާނާ އެއާޕޯޓު ހިންގުން ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ގައި ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބު ވެސް މެ އެވެ.

ޔާމީން ވިދާޅުވީ، ނަޝީދު ވެރިކަން ވެއްޓުމުން އުފެދުނު ވަހީދުގެ ވެރިކަމުގައި ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ވަހީދު ކުރި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. ޖީއެމްއާރުގެ އެއްބަސްވުން ބާތިލުކޮށް ހުރިހާ ކަމެއް ހިނގީ އެ މަނިކުފާނުގެ ވެރިކަމުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ހިއްސާއެއް ނޯންނާނެ. މީގައި [ހިއްސާ އޮތީ] އެމްޑީޕީ ނޫން އެހެން ހުރިހާ އެންމެންގެ: ޔާމީން

އާބިޓްރޭޝަނާއި ނެގޯސިއޭޝަންގެ ހުރިހާ ކަމެއްގައި އިސް ބޭފުޅަކަށް ހުންނެވީ އެ މަނިކުފާނުގެ ވެރިކަމުގައި ބަންޑާރަނައިބަކަށް ހުންނެވި މުހައްމަދު އަނިލް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޖީއެމްއާރަށް 320 މިލިއަން ޑޮލަރު ދީފައި މި ގަތް ޓްރާންސެކްޝަނަކީ ބުކް ކޮށްފައި އޮތް ޓްރާންސެކްޝަނެއް. ތާރީހު އޮންނާނެ، ނެގޯސިއޭޝަނާއި އާބިޓްރޭޝަނުގައި ތަމްސީލުކުރަން ވަޑައިގަތީ އަނިލް ކިޔާ ބޭފުޅެއް،" ޔާމީން ވިދާޅުވި އެވެ.

"ރައީސް ވަހީދުގެ ހިއްސާއެއް ނޯންނާނެ. މީގައި [ހިއްސާ އޮތީ] އެމްޑީޕީ ނޫން އެހެން ހުރިހާ އެންމެންގެ."

ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އޭރުގެ އިދިކޮޅުގެ ލީޑަރުންގެ ތެރެއިން އިސްކޮށް އުޅުއްވީ ޑީއާރުޕީގެ ފަރާތުން ތަސްމީނު އަލީ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ފަރާތުން އިމްރާން އަބްދުﷲ އާއި ގައުމީ ޕާޓީގެ ފަރާތުން ޑރ. ހަސަން ސައީދު އަދި ޕީއޭގެ ފަރާތުން އެމަނިކުފާނު ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ އެންމެ ތެދުވީ އެއާޕޯޓް ހޯދަން، ހުރިހާ ދިވެހިން ނުކުތީ އެއާޕޯޓް ލިބެންޖެހޭނެ އެއްޗެއް ކަމަށް ކިޔާފައި. އޭރަކު ވަހީދު އެކަމުގައި ބައިވެރިވެވަޑައިނުގަންނަވާ،" ޔާމީން ވިދާޅުވި އެވެ.

"ރައީސް ވަހީދު ވެރިކަމަށް އައިސްފައި ވެސް އެކަމަކާ ނޫޅުއްވާ."

ޔަމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ބެލުމަށް ވަހީދުގެ ވެރިކަމުގައި ޕީޕީއެމްގެ ކައުންސިލުން ދެ ފަހަރެއްގެ މަތިން ފާސްކޮށްގެން ދެ ސިޓީއެއް ރައީސް އޮފީހަށް ފޮނުވި ކަމަށެވެ. އޭގެ ފަހުން، ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށް އުޅުއްވި ހުރިހާ ލީޑަރުން ރައީސް އޮފީހަށް ބައްދަލުވުމަކަށް ގެންދެވި ކަމަށް ޔާމީން ވިދާޅުވި އެވެ.

ވަހީދު ބޭނުންފުޅުވީ ޖީއެމްއާރު އަތުގައި އެއާޕޯޓް ބާއްވައިގެން ކުރިއަށް ވަޑައިގަންނަވަން: ޔާމީން

ޖީއެމްއާރުއާ އެކު ހަދާފައި އޮތް އެއްބަސްވުމުން ސަރުކާރަށް ގެއްލުންވާ ކަމަށް އެ ބައްދަލުވުމުގައި ވަހީދު ވިދާޅުވި ނަމަވެސް، އެމަނިކުފާނު ހުށަހެޅުއްވީ އެއްބަސްވުން ބާތިލުނުކޮށް، ސަރުކާރަށް ގެއްލުންވާ ކަންތައްތައް އުނިކޮށްފައި ސަރުކާރަށް ފަހިވާގޮތަށް އެއްބަސްވުމަށް ބަދަލު ގެނައުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ވަހީދު ބޭނުންފުޅުވީ ޖީއެމްއާރު އަތުގައި އެއާޕޯޓް ބާއްވައިގެން ކުރިއަށް ވަޑައިގަންނަވަން،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، އެކަމާ ދެކޮޅު ހެއްދެވި ކަމަށް ޔާމީން ވިދާޅުވި އެވެ. ވަހީދުގެ އެ ހުށަހެޅުއްވުމަށް ދެކޮޅު ހެއްދެވީ އެމަނިކުފާނާއި ހަސަން ސައީދު އެކަނި ކަމަށް ޔަމީން ވިދާޅުވި އެވެ.

"އިމްރާން އަބްދުﷲ ވަޑައިގަތީ މި ހުރިހާ ކަމެއް ނިމިގެން 15 މިނެޓު ފަހުން. އޭގައި އޭނާ ބައިވެރި ނުވީ ގޮތެއް ބުނަން ޖެހިދާނެތީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި އިމްރާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ހޯދައިދިނުމުގެ ހަރަކާތް ހިނގާދިޔަ ގޮތް ވަހީދާއި ގާސިމާއި އުމަރު ނަސީރާއި މުހައްމަދު މޫސާ (އުއްޗު) ފަދަ ބޭފުޅުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އެ ދުވަސްވަރު ބޭއްވި ޕްރެސް ކޮންފަރެންސްތަކާއި ޕިކަޕް ބުރުތަކާއި މުޒާހަރާތަކާއި ކަނޑުމަތީގެ ހަރަކާތްތައް ބެލުމުން އެ ހަރަކާތް ހިންގެވި އަދި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ދިވެހި ރައްޔިތުން ފެނިވަޑައިގަންނަވާނެ،" ޔާމީންގެ ވާހަކަފުޅު ސީދާ ދޮގު ނުކުރައްވައި އިމްރާން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ވަހީދަށް ފެނިވަޑައިގަންނަވާ ގޮތެއް ހައްދަވާށެވެ. ތަސްމީނު ވިދާޅުވީ ފޮރިން އިންވެސްޓްމަންޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ފެންނާތީ އެކަން ނުކުރައްވާށެވެ.

"މިކަމާ ހަމައެކަނި ދެކޮޅު ހެދި ދެ މީހުންނަކީ ގައުމީ ޕާޓީން ހަސަން ސައީދާއި ޕީޕީއެމުން އަޅުގަނޑު،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ނަމަވެސް، އޭގެ ފަހުން ވަހީދަށް މަޝްވަރާ ދެއްވި ބޭފުޅުންގެ ލަފާގެ މަތިން އެ އެއްބަސްވުން ބާތިލުކުރަން ޖެހޭ ކަމަށް ފަހު ވަގުތު ވަހީދު ގަބޫލުފުޅު ކުރެއްވި ކަމަށެވެ. ވަހީދު އެކަން ގަބޫލުފުޅު ކުރެއްވުމުން އުފާފުޅު ކުރައްވާ ކަމަށް ވެސް ޔަމީން ވިދާޅުވި އެވެ.

ޖީއެމްއާރުއާ އެކު ހެދި އެއްބަސްވުން ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނޮވެމްބަރު 15، 2016 ގައި ޖީއެމްއާރަށް ދައްކައި ހަލާސްކުރީ ޔާމީންގެ ވެރިކަމުގަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ ޔަމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި މަޝްރޫއެކެވެ.

40 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 24%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓޭރުނފި

23 July 2025

ބަލަގަ ތި ޖީއެމްއާރެއް ބަޔަކަށް ވިއްކާލީ އޭ ކިޔައިން މާ ވަތަނީ ވެގެން ތެޅި ބޭލި މީހުން އުޅުނީ މުޅީ ފާފު އަތޮޅު އެއް ގޮތަށް ސައުދީ އަރަބިއްޔާ އަށް ވިއްކާ ލަން! ކުއްޔަށް ދޭން އުޅުނީ 500 އަހަރަށް! ދެން ވިސްނާލާ މި މީހުންގެ ގީދަޅު ކަން! ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ!

The name is already taken The name is available. Register?

ހުސް ހިޔަޅުން

22 July 2025

ޖީއެމް އާރު ބޭރުކުރި މީހުންގެ މުނާފިގުކަން އިނގޭނެ. 25 އަހަރަށް ޑިވެލޮޕް ކުރަން ދިނީމަ ބޭރުކޮށްފަ، ރިސޯރޓްތަށް ހަދަން 99 އަހަރަށް ދިނީމަ ރަނގަޅަށްވިއްޔާ މަސްލަހަތު ހުރި ކުންފުނިތަކަށް ދީފަ ހުންނާނީ، މިއިންތަނެއް ބޭނުންވިޔަސް ސަލާމަތް ނުވާވަރުގެ ބަދަލެއް ދޭން ޖެހޭނެ.

The name is already taken The name is available. Register?

ގރތގހރެރގ

22 July 2025

ހުސް ހަރާންކޯރު މަކަރުވެރިން.

The name is already taken The name is available. Register?

އެމްއެމް

22 July 2025

އިމްރާން އަބްދުﷲ ވަޑައިގަތީ މި ހުރިހާ ކަމެއް ނިމިގެން 15 މިނެޓު ފަހުންނޭ!! ޔާމީން ތާރީޚު އޮޅުވާނުލާ މަނިކުފާނު އޮންނވެީ ފިނި ކޮޓަރީގަ އިމުރާނާއި އުމަރާއީ މާޒު ސަލީމާއި ސިއްދީގާއި މިއުޅޭ އަސްއަދާއި އަސްއަދު ދަންތަ އަދި ބޯފަންއަބުޅޯ އިސްވެކުރިއިހުތިޖާޖުގައި މާކަގިނަ ބަޔަކު ބައިވެރިނުވިޔަސް ޖީއެމްއާރު ބޭރުވުމުގެ އަސްލަކީ މީ. ޔާމީން މިހާރު ކޮން ފޮނެއްއަރުވާކަށް

The name is already taken The name is available. Register?

ޙޫސްނީ

22 July 2025

ޖީއެމްއާރު ބޭރު ކުރުން ރަނގަޅު. މިހާރުވެސް ދިވެހިންނަށް ކުރެވޭކަންކަން ބިންލާދިން ކުރަނީ ، ބޭރުކޮށްލަންވީ. ބޭރުންހޯދާލޯން ފައިސާ ތަށް ބޭރަށް ދަނީ ބޭރުމީހުންނަށް ޕުރޮޖެކްޓުދީގެން. ޢެހެން ގައުމުތަކުގަ ބަލަނީ އެފައިސާގައުމުގަ ހިފެހެއްޓޭނެ ގޮތެއް ވީހާވެސް. މީ އަޖައިބެއްކަހަލަބަޔެއް. ޢާންމުރައްޔިތުން ޕާޓީވުންދޫކޮއްލަންވެއްޖެ. ޕާޓީތައްރާވައިގެންހިންގާ ޖަރީމާތައްހުއްޓުވަން

The name is already taken The name is available. Register?

އަލީރާޖާ

22 July 2025

ގައުމު އިތުރަށް ނުދަރާ، 25 އަހަރަށް ޖީއެމްއާރަށް އެއަރޕޯޓު ކުއްޔަށް ދީގެން އާ ޓާމިނަލެއް ލިބުން އެއީ ގޯސް ގޮތެއް ނޫން.

The name is already taken The name is available. Register?

86589

22 July 2025

ދައުލަތުގެ ބަޖެޓުން މަހަރު 2 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަންޖެހޭ. އެމީހުން ދިވެހިންގެ އަތުން 25 ޑޮލަރު ނަގަން ސަރުކާރުން ދެކޮޅު ހެދީމަ ގެއްލުމުގެ ބަދަލުގަ. އެހެންވީމަ 25 އަހަރާ 25 މިލިއަނާ ގުނަކޮށްލާފަ އަހަރަކު އެއަރޕޯޓުން ލިބޭ ފައިދާ އެއްކޮށްލީމަ އެނުކުންނަނީ 25 އަހަރުން ލިބޭނެ ގެއްލުން. އެއާ މިހާރު ޓަރމިނަލް ހަދަން ހިނގި ހަރަދާ އަޅާ ކިޔާލީމަ އެނގޭނެ ގެއްލުން ނުވަތަ ފައިދާ. ގެއްލޭ ވަޒީފާތައް ގުނާނަމަ ލިބޭނެ ގެއްލުން އިންތިހާ.

The name is already taken The name is available. Register?

86 589

22 July 2025

ދިވެހިންތިބެ ދިވެހި ކުންފުނިތަށް އޮވެ، ކުރިން ހަމައެކަނި ބައިސްކަލް ދުއްވި ބިދޭސީން ވިޔަފާރިތަކުގެ ކޮންޓްރޯލް ނަގާ އުޅޭ ގޮތް ފެނުނީމަ އިނގޭ މިތާ ޕޮލިސީހަދަން ތިބިމީހުނަކީ އަޑިނުބައިބަޔެއްކަން. ދެންވެސް ދާނީ ދަށަށް، ދިވެއްސަކު އުފާނުވޭ އަނެއް ދިވެހި މީހާ ކުރިއަރައިގެންދާތަން ދެކެފަ.

The name is already taken The name is available. Register?

އިސްމާލި

22 July 2025

"އިމްރާން އަބްދުﷲ ވަޑައިގަތީ މި ހުރިހާ ކަމެއް ނިމިގެން 15 މިނެޓު ފަހުން. އޭގައި އޭނާ ބައިވެރި ނުވީ ގޮތެއް ބުނަން ޖެހިދާނެތީ،" ޔާމީން ވިދާޅުވި އެވެ. ޓިޕިކަލް އިމްރާން "ޔާމީން ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ވަހީދަށް ފެނިވަޑައިގަންނަވާ ގޮތެއް ހައްދަވާށެވެ." ޓިޕިކަލް ގާސިމް

The name is already taken The name is available. Register?

އަސްލީ

22 July 2025

ޖީ.އެމް.އަރ އަތުން އެއަރޕޯޓް ހޯދާށޭ ކިޔައިގެން ހިންގީ ބޮޑު ބަޣާވާތެއް. އެ ބަޣާވާތުގެ ސަބަބުން ގައުމު މިހާލަތަށް ވެއްޓިފަ މިއޮތީ. ބަޣާވާތުގެ އަހްލުވެރިންނަށް ހައްގު އަދަބު ދެވިގެން ނޫނީ މި ގައުމު ސަލާމަތުގެ އައްސޭރި އަށް ގެންދިޔުން ދަތިކަމަކަށް ވާނެ.

The name is already taken The name is available. Register?

5895

22 July 2025

މީހާ އަމިއްލައަށް ޓީވީއެމް ލައިވްގަ އިސްތިއުފާ ދީފަ އެއިސްތިއުފާ ރައްޔިތުންގެ މަޖިލިހަށް ފޮނުވީމަ އެވަނީ ބަގާވާތަކަށްތަ؟ އެހެންވިއްޔާ ހައްޔަރު ކުރަންޖެހޭނީ އިސްތިއުފާ ދިން މީހާއާއި އިސްތިއުފާ ގަބޫލުކުރި މީހާ. އެދެމީހުންނަކީ ރައީސް ނަޝީދާ ކުރީގެ މަޖްލިސް ރައީސް ޢަބްދުﷲ ޝާހިދު.

The name is already taken The name is available. Register?

އަދި ޓްރިލިޔަނުންވެސް ދަރަނިވާނެ. ތިވިސްނުމުގަ.

21 July 2025

ޔާމީން ބޮޑާނުވޭ، ކަންކަން އަމިއްލައަށް ކުރުން ސަޅި، އަމިއްލަ އަށް އުފައްދައިގެން ހިންގުމުގެ ޚަރަދު މިހާރު ގެޓްވާން ފަށާނެ ކަމަށް ގަބޫލްކުރަން. އުފެއްދުންތެރިކަން ނެތްތާގަ. އަމިއްލައަށް ކަމެއް ކުރާކަށްވެސް ދިވެއްސަކު ބޭނުންނުވޭ. ބޮޑުއަގުގަ ޕްރެޖެކްޓްތަށް ހިންގައިގެން ސަރުކާރު ފެލާ ހުސްކުރުން އެންމެންގެ ވިސްނުމަކީ. ގިނަ ފަހަރަށް އެކުރާކަމަކީ 2އަހަރުވެސް ދެމި ހުންނާނެ ކަހަލަ ކަންކަމެއް ނޫން.

The name is already taken The name is available. Register?

ހަނދާނުގެ ފަށްފުށުން

21 July 2025

ނޫން ނޫން ނޫން.. ޖީއެމްއާރ އަތުން އެއާރޕޯރޓް ވަކިކުރީ ޕީޕީއެމްގެ ވެރިކަމަކު ނޫނެވެ. ޔާމީން ތިޔަހެއްދެވީ ވަރަށްބޮޑު ދޮގެކެވެ. ޔާމީނު ވެރިކަމަށް އައުމުގެ މާކުރިން ޑރ. ވަޙީދު ވަނީ ދިވެހިންގެ އެއާރޕޯރޓް ދިވެހިންނަށް އަނބުރާ ހޯއްދަވައި ދެއްވާފައެވެ. ހަޤީޤަތެއް ވެއްޔަކާ ނުމޮޑެވޭނެއެވެ. ކަރުދާހުގެ މަލަކު މީރުވަހެއް ނުދުވާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454