އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބައްދާލައްވަނީ.-- ފޮޓޯ: އިންޑިއާ ސަރުކާރު
25 ޖުލައި 2025 - 12:18
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވާން އެއާޕޯޓަށް ވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ އަށް ވަޑައިގަތީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ސީދާ އެ ގައުމުންނެވެ. ގާތްގަނޑަކަށް 10 ގަޑިއިރުގެ ދަތުރުފުޅަކަށް ފަހު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާ ދެންނެވީ ސީދާ ރައީސް މުއިއްޒެވެ.
ރައީސް މުއިއްޒު ވިދާޅުވި މަރުހަބާ ފާހަގަކުރައްވައި، މޯދީ ދެންމެ ވަނީ ދިވެހި ބަހުން އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
"މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރުހަބާ ކިޔުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން،" މޯދީ ވިދާޅުވި އެވެ.
"އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން."
މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާއެކު ބައްދާލައްވައި ދެ ގައުމުގެ ގާތްކަން ހާމަކޮށްދެއްވައިފަ އެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ: މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު މެންދުރު ފަހު. އޭގެ ފަހުން ދެ ގައުމުގެ… pic.twitter.com/q7vzUMr9MD
— Mihaaru (@Mihaarunews) July 25, 2025
މޯދީ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައީސް މުއިއްޒާއި މޯދީގެ ފޮޓޯފުޅާއި ދިދަ ޖަހައި ވަނީ ޒީނަތްތެރިކޮށްފަ އެވެ. އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ ޖަހައި ގިޑިގެތައް ވެސް ހަރުކޮށްފަ އެވެ.
މާދަމާގެ ނިޔަލަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މާލެ އިން ރަސްމީކޮށް އެ މަނިކުފާނަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދުގެ މެންދުރު ފަހު އެވެ. އޭގެ ފަހުން ރައީސް އޮފީހަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިތާން
25 July 2025
ވައްބަހުން ޖަހާލީ! ހިތުގަ އޮތީ ނަފްރަތކަމަށް ވެދާނެ!
ޚޖކޖކ
25 July 2025
މޯދީ ދަތުރާ ދިމާކޮށް މަގުތަކަށް ނުކުމެ ގައުމުގެ އަގުވައްޓާ ނުލާ ތިބި އިދިކޮޅުގެ ގައުމީ ލީޑަރުންނަށް ޝުކުރިއްޔާ. ގައުމަށް ފައިދާވާ ކޮންމެ ކަމެއްގައި ލީޑަރުން ދައްކަންޖެހޭނީ ގައުމު ޕާޓީއަށްވުރެ ބޮޑުކަން.
ދިއްދޫމީހާ
25 July 2025
އައްދަޔޯ އެތެރޭގައި ހުރި ކަށިތައް ބިންދާގެން ނުދޭތޯ؟އެއްކަލަ ރަތް ރޮނގު ކޮބައިތޯ؟
މައިޝާ މާއިޝް
25 July 2025
މޯދީ ގެ މޮޅު ތަންކޮޅަކީ އެ ގައުމެއްގެ ބަހުން ބަސްފުޅު ވިދާޅުވުން!އެ އުމުރު ފުޅުގަ ވެސް ދިރާސާ ކުރެއްވުމާ ކަން ކަން އިތުރަށް ދަސްކުރެއްވުމާ ބޮޑަށް ގައުމު ތަކާ ގުޅެން ތަފާތު އުކުޅު ތައް ބޭނުން ކުރެއްވުން!މޯދީ އަކީ ހަމަ ވ ޤާބިލް ބޭފުޅެއް! ކޮންގްރެސް ޕާރޓީ ގަ ނެތް މިހާ ތޫނުފިލި މީހެއް
އަބްޑޫޅް +
25 July 2025
އައްޗީ !!!
ފޮނިފޮނިޓައްޕު ކުމާރު
25 July 2025
ދެބޭފުޅުން ބައްދާލި ގަޑީގާ މޮދީގެ ފަހަތުގާހުރި ބޮޑީގާޑު ހުރީ ހާދާހުށިޔާރުވެގެންނޭ.
މޮޑީީ
25 July 2025
މޯދީ ހާދަމޮޅޭ. ދިވެހިބަސްވެސް ދަސްކުރީ.
އައްލާ ބެއްޔާ
25 July 2025
މޯދީ ވެސް އެންމެފަހުން ބަހަކުން ޖަހާލީ ދޯ.. އަދި އެވެސް ދިވެހި ބަހުން. ޢެދުވަހު މޯދީ ގެ ފޮޓޯ މޫނުގައި އަޅައިގެން އިންޑިއާ އައުޓް ޓީޝާޓް ލައިގެން މުޒާހަރާ ކުރި މީހުންނަށް ދިން މެސެޖެއް މީ. ކުރިއަށް ވުރެ ބޮޑަށް އިންޑިއަަ ދަށުވެފަ މިއޮތީ.
ވެންގަބޯ
25 July 2025
ވެރިކަމުގެ ދަހިވެތި ކަމުގައި ތިމަގެ މީހުންވެސް މަރަން ފަސްނުޖެހޭނެއެވެ މާޒީއަށް ބެލިޔަސް އެއިރުވެސް މިހާރުވެސް ކަންހިނގަނީ މިގޮތަށް ވީމާ އަދި ބޭރުގެ ބަޔަކާ ދެކޮޅަށް ވެސް އަޑު އުފުލައިގެން ވެސް ބޭނުންވާނީ ވެރިކަމަށް އައުމަށް އެހެންވީމާ މީކަންކަން ހިނގާ ގޮތަކީ ލަންކާއަށް ބެލިޔަސް ބަނގުލަދޭޝް އަށްބެލިޔަސް އެމެރިކާއަށް ބެލިޔަސް މީމިކަން ހިނގާ ގޮތަކީ.؟؟؟!!! ވީމާ މީއާކަމެއް ނޫނޭއެވެ.
ޙައްގުބަސް.
25 July 2025
ދިވެހިން އަބަދުވެސް ދެކެނީ އިންޑީޔާ އަކީ މުޅި މިސަރަހައްދުގެ ފަންޏެއްގެ ގޮތުގަ. މީ ހަގީގަތަކީ
ބަކަރިބޯ
25 July 2025
ތީ ތިމާ ދެކޭގޮތް ދެއްތޯ؟ ހުރިހާދިވެހިންގެ ނަމުގައި ބަސްބުނުމުގެ ހައްގެއް ނޯންނާނެ ދެއްތޯ؟ އެހެންމީހަކު ދެކިދާނެ ތަފާތުގޮތަކަށް. ދެންކީކޭތޯ ބުނުއްވާނީ؟