އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މާލެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 ޖުލައި 2025 - 15:13
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މާލެއިން ރަސްމީ އިއްޒަތުގައި ދެންމެ މަރުހަބާ ދަންނަވައިފި އެވެ.
މޯދީއަށް މާލެއިން އިސްވެ މަރުހަބާ ވިދާޅުވީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި މިނިސްޓަރުންނާއި ދިވެހި ސަރުކާރުގެ އެހެން އިސްވެރިން ވަނީ މޯދީއަށް މަރުހަބާ ވިދާޅުވުމަށް ޖުމްހޫރީ މައިދާނަށް ވަޑައިގެންފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މާލެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ އަށް ފަހު މޯދީ ވަނީ ރައީސް މުއިއްޒާ އެކު، ސްކޫލްތަކުގެ ދަރިވަރުން ހުށަހަޅައިދިން އައިޓަމެއް ޖުމްހޫރީ މައިދާނުގައި ބައްލަވާލައްވައިފަ އެވެ. އަދި ދިވެހި އަސްކަރިއްޔާއިން ވަނީ މޯދީގެ އިއްޒަތުގައި ޝަރަފުގެ ބަޑި ޖަހައިފަ އެވެ. އެ އަށް ފަހު، ސިފައިންގެ ބޭންޑުން ވަނީ ދެ ގައުމުގެ ގައުމީ ސަލާން ހުށަހަޅައިދީފަ އެވެ.
މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން އޮތީ ވަރަށް ބޮޑަށް ޒީނަތްތެރި ވެސް ކޮށްފަ އެވެ. އެ ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަރުކޮށްފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މާލެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތްތައް ބައްލަވާލެއްވުމަށް ފަހު، މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް މޯދީ ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާ އެކުގަ އެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު އެވެ. މޯދީއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ރައީސް މުއިއްޒެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް އޮފީހަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.
މޯދީގެ ދަތުރުފުޅުގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހުޅުއްވައި ދެއްވުން ހިމެނެ އެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮޑިހަނު
25 July 2025
ދައްކަވަން ހުރި ތަނެއް ދައްކަވާފައޭ ގެންދަވާނީ އެ ބުނަނީ މިހިރަ މިހިރަ ކަންކަމަށްދޯ!
ކުރާށޭކުރާށޭ
25 July 2025
އިންޑިއާ އަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ރަނގަޅަށް ކިޔަވާދޭ ގައުމު އަދި އެގައުމުގައި ކިޔަވާ މީހުންގެ ކޮލިޓީ ވެސް ރަނގަޅު އިނގިރޭސި ވިލާތުގައި ކިޔަވާ މީހުން ގޮތަށް ގަމާރު ބީތާ އެއް ނޫނޭ އިންޑިއާ ގައި ކިޔަވާ މީހުން ކަން މިހެން ހުރުމުން އިންޑިއާގެ އެޑިއުކޭޝަނަލް ޕާރކް ހަދަން ހުޅުމާލޭ އިރުން އޮތް ފަޅު އެއްކޮށް ހިއްކާލާ އެތަނުގައި އިންޑިއާގެ 10 ޔުނިވަރސިޓީ އަޅަން ބިން ދޭންވީއޭ މިކަންކުރަން މުއިއްޒުގެ ކަންނުވެ ނަންވާ ސަރުކާރުން އިސްނަގާ މިކަން
ދިއްދޫމީހާ
25 July 2025
އަހުން ކަހަލަ މުސްކުޅިން ބުނެ އުޅެއެވެ.ގެންދަވާނީ ދައްކަވަން ހުރިތަނެއް ދައްކަވާފައެވެ.އަހުން މިހުރީ ހަމަ ބުނާނެ އެއްޗެއް ނޭގިފަ މިހާރު ނޫހުން ކޮމެންޓް ކުރެވޭގޮތައް ފޮޓޯއާ ވީޑިޔޯ އަޕްކުރެވޭގޮތައް ހަދާބަލަ..
އޮނަރަބްލް އަފީފު ދީދީ
25 July 2025
މީގެ ފަސްދޮޅަސް އަހަރު ކުރިން 26 ޖުލައި 1965 ވަނަ ދުވަހު އިޤިރޭސި ދައުލަތުގެ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށްފަހު ރާއްޖެ ބެލެހެއްޓުމުގައި އިންޑިޔާ އިން ވަނީ ޚާއްސަ އެހީތެރިކަމެއް ރާއްޖެއަށް ވެދީފައި. ކ.މާލޭގެ އިތުރުން ފަހަކަށް އައިސް ރާއްޖޭގެ އެންމެ ބިން ބޮޑު އަދި އާބާދީއާއި ތައުލީމީ މީހުނާއި މުއްސަނދި ކަމުގެ ގޮތުންވެސް ރާއްޖޭގައި ކުރީގައި އޮތް އައްޑޫސިޓީގެ އުމްރާނީ ތަރައްޤީގައި އިންޑިޔާގެ އެހީތެރިކަން ވަރަށް ރަނގަޅަށް އައްޑުސިޓީއަށް ދަނީ ދެމުން.
އޮނަރަބްލް އަފީފު ދީދީ
25 July 2025
ބޮޑުވަޒީރު Narendra Modi ގެ ސަރުކާރުން ރާއްޖެއަށްދިން ކުރެޑިޓް ލައިން ސްކީމްގެ ދަށުން އިންޑިޔާ ކުންފުންޏެއްކަމަށްވާ Afcons Infrastructure Limited އިން އައްޑޫސިޓީގެ މަގުތައް ހަދަމުންދާއިރު އިޤިރޭސިދައުލަތުން އައްޑޫގައި އަޅާފައިވާ ރާއްޖޭގެ އެންމެފުރަތަމަ އެއަރޕޯޓް GAN International Airport ތަރައްޤީއަށްބޭނުންވާ މުހިންމު ބައެއްމަސައްކަތްތައް Renatus ގެ ފަރާތުން ވެސް ދަނީކުރަމުން. އަދި އިންޑިޔާ ކޮންސިއުލޭޓް އައްޑޫގައި ހުޅުވަން ދަނީ ތައްޔާރު ވަމުން.
އޮނަރަބްލް އަފީފު ދީދީ
25 July 2025
އައްޑޫ އެއަރޕޯޓް ޑިވޮލޯޕްމަންޓް މަސައްކަތް ނިމެންވާއިރަށް Indian High Commission ގެ ދަށުން އައްޑޫގައި ހިންގާ ކޮންސިއުލޭޓް އޮފީސް ހުޅުވާ އަދި ރީޖަންގެ އެންމެބޮޑު އެއަރލައިން އިންޑިޔާގެ ބަޖޭޓް އެއަރލައިން IndiGo ގެ ޝެޑިއުލް ދަތުރު އައްޑުއާއި، ޗެންނާއީ އަދި ކޮންޗިން އާއި ދެމެދު ފެށިގެންދިއުމަކީ އަހަރުމެން އައްޑޫމީހުން ވަރަށްބޮޑަށް ބޭނުން ކަމެއް. މިހާރު ބޭސްފަރުވާއަށް އައްޑޫމީހުނަށް އިންޑިޔާއަށް ދެވެނީ ބޮޑުއަގުގައި ކ.އަތޮޅު މާލެއަށްގޮސް މާލޭ މަގުން.
އޮނަރަބްލް އަފީފު ދީދީ
25 July 2025
އިންޑިޔާގެ ބަޖޭޓް އެއަރލައިން މެދުވެރިކޮށް އައްޑުއާއި އިންޑިޔާ އާއި ދެމެދު ދަތުރުފަތުރު ކުރެވޭނެގޮތް ހަދާދިނުމާއި އެކު އިންޑިޔާ ސަރުކާރުން އައްޑޫގައި ޤާއިމް ކޮށްދީފައިވާ National College of Policing and Law Enforcement ސަރަޙަައްދުގައި ޑިފެންސް ފޯހާއި ފުލުހުން އަދި ދައުލަތުގެ ޔޫނިފޯމް އެޅި މުއައްސަސާތަކުގެ މުވައްޒިފުނަށް ޙާއްސަ Military Hospital އެއް އައްޑޫ ޕޮލިސް އެކަޑަމީ ސަރަޙައްދުގައި ތަރައްޤީކޮށް ދިނުމަކީ އައްޑޫމީހުން ވަރަށްބޮޑަށް އެދޭ ކަމެއް.
އެޗް އެމް
25 July 2025
ޖެއި ޝަންކަރު އެދުވަހުވެސް ބުނި ތިޔަ ގޭބިއްދޮށު ކުދިންނޭ. ބޮޑާހާކާފަހަރުވެސް ދާނެއޭ. ވިސްނުނީމަ ރަގަޅުވާނެޔޭ.
ފޮނިފޮނިޓައްޕު ކުމާރު
25 July 2025
"އިންޑިޔާ އިން" ކިޔާފާ މާދަމާ ޖެހޭނެ ކުދިންލައްވާ ނައްޓުވާން.