ޔޫއޭއީގައި ވަނީ ހުއްދަ ނެތި ސޯޝަލް މީޑިއާ ޕްރޮމޯޝަންތައް ހިންގުން މަނާކޮށްފައި
01 އޯގަސްޓް 2025 - 11:52
ސޯޝަލް މީޑިއާގައި އެކި ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ ގޮތުން ކޮންޓެންޓު ޕޯސްޓްކުރެވޭނީ އިޝްތިހާރު ކުރުމުގެ ހުއްދަ އޮވެގެން ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ މީޑިއާ ކައުންސިލުން ހަމަޖައްސައިފި އެވެ.
އިންސްޓަގްރާމާއި ޓިކްޓޮކާއި ޔޫޓިއުބްގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި އެއްވެސް ޕްލެޓްފޯމެއްގައި ހިލޭ އަދި ފައިސާ ނަގައިގެން ވިޔަސް ވިޔަފާރި އާއި ހިދުމަތްތައް ޕްރޮމޯޓްކުރާ ނަމަ "އެޑްވައިޓައިޒާ ޕާމިޓް" ނަގަން ޖެހޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
މި ގަވައިދުގައި ބުނާ ގޮތުން ފުލްޓައިމް އިންފްލުއެންސާއެއް ނުވަތަ ދޭތެރެއަކުން ކޮންޓެންޓެއް ޕޯސްޓްކުރާ މީހަކަށް ވިޔަސް މިކަމުގައި އިސްތިސްނާއެއް ނޯންނާނެ އެވެ. މާނަ އަކީ، އެކުވެރިއެއްގެ ކެފޭއެއް ފަދަ ތަނެއް ފޮލޯވަރުންނަށް ބުނެދޭން ހަދާ ކޮންޓެންޓަކަށް ވެސް ހުއްދަ ނަގަން ޖެހުމެވެ.
މީޑިއާ ކައުންސިލުން ބުނީ މިގޮތަށް ހަމަޖެއްސީ އާންމުންގެ މެދުގައި މިފަދަ ކަންކަމަށް އިތުބާރު އުފެއްދުމާއި ކޮލިޓީ ކޮންޓެންޓް އުފެއްދުމާއި މީހުންނަށް މި ފެންނަ ޕްރޮމޯޝަންތަކުގެ ހަގީގަތް އެނގޭނެ ގޮތެއް ހަދަން ކަމަށެވެ. އަދި މިއީ އޮޅުން އަރާ ގޮތަށް ޕްރޮމޯޝަންތައް ހިންގުން ކޮންޓްރޯލްކުރުމަކީ ވެސް މި ގަވައިދުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
ޔޫއޭއީގެ މީޑިއާ ކައުންސިލުން ބުނީ ފުރަތަމަ ތިން އަހަރު، މި ހުއްދައަށް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި މި ގަވައިދާ އެއްގޮތަށް ހުއްދަ ހޯދަން ތިން މަސް ދުވަސް ވެސް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރެކިފުތާާ
03 August 2025
ތިއީ ވައިބާއާއި ވަޓްސްއަޕް ކޯލްތައްވެސް ބްލޮކްކޮށްގެންއުޅޭ ބައެއް. ވީޕީއެންނާޅައި އެއްކަމެއްވެސް ނުކުރުވޭ. ވީޕީއެން ވިއްކަނީ ޕްރިންސް
މަހާރާ
02 August 2025
ހާދަ ޚުދުމުޙްތާރޭ ދޯ!
ޚސކސކކސ
02 August 2025
ރަނގަޅު. ރާއްޖޭގައި މިއުޅޭ ‘ސޯޝަލް މީޑިޔާ’ ހިންގާ މީހުންނަށް އ ސުކުނެއް ށ ސުކުނެއްް ނޭނގުނަސް ހާދަހާ ލައިކެއް ލިބެޔެ. އާދައިގެ ބޮޑުގުޅަ ބަހެއްގެ ސުކުން ނޭނގެ.
ބުރުގާ
01 August 2025
ދެން ތި ގަވައިދު ރާއްޖޭގަވެސް އަމަލު ކުރަންވީނު. ރާއްޖެއަކީ އަރަބި ގައުމުތައް އުޅޭގޮތައް އުޅޭހިތްވާ ގައުމެއްނު.
ހަޖަމި
01 August 2025
ވަރަށް ދެރަވޭ ދޯ އަރަބިން އުޅޭގޮތަށް އުޅެން ދިވެހިން އުޅޭތީ
ނިމޯ
01 August 2025
ޔޫއޭއީގެ އެކްސްޕަޔަރ ވާން 3 މަސް ވެފަ ހުންނަ ތަކެތި ވިއްކުންވެސް މަނާ. ރާއްޖޭގަ 3 ދުވަހަށްވެފަ ހުއްޓަސް ހުންނާނެ އެންމެ 2 ރުފޔާ ކުޑަކޮށް ވިއްކަންލާފަ