އުއްޗު "މިހާރު" އާ ވާހަކަ ދައްކަވަނީ: ޑޮލަރު މައްސަލަ ހައްލުކުރަން ދައުރު ދަންމާލަންޖެހޭ ކަމަށް އުއްޗު ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ | މިހާރު
14 އޯގަސްޓް 2025 - 12:49
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް، ވެރިކަމުގެ ދައުރު ދަންމާލަން ޖެހޭ ކަމަށް މަަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
ޔޫޓިއުބް ޗެނަލް، "ދެނޯ" އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި، ޗަމްޕާ ބްރަދާސްގެ ވެރިޔާ އުއްޗު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަން އެންމެ ރަނގަޅު ކަމަކީ ވެރިކަމުގެ މުއްދަތު ދަންމާލުން ކަމަށެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ވެރިކަން ކުރަން ކޮންމެ ވެރިއަކަށް ވެސް 10 އަހަރު ނުވަތަ 15 އަހަރުގެ މުއްދަތެއް ދޭން ޖެހެ އެވެ. ފަސް އަހަރުގެ ދައުރެއްގައި ރައްޔިތުން ބޭނުންވާ ކަންކަން "ތެޅިފޮޅިގެން ހާސްކަމެއްގައި" ވެރިންނަށް ކޮށްނުދެއްވޭނެ ކަމަށް ވިދާޅުވި އެވެ.
އުއްޗު ވިދާޅުވި ގޮތުގައި ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ޑޮލަރު ލިބޭ އެއް ގައުމަކީ ރާއްޖެ އެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ "ވާރޭވެހޭހެން" ރާއްޖެއަށް ޑޮލަރު ލިބޭ ކަމަށެވެ.
"ޑޮލަރުގެ މައްސަލަ ހައްލުކުރަން އެންމެ ބޮޑު ކަމަކަަށް، އަޅުގަނޑަށް ވިސްނެނީ ދިވެހިރާއްޖެއަކީ ޑޮލަރު ވާރޭވެހޭހެން ވެހޭ ތަނެއް ދުނިޔޭގެ ނިސްބަތުން އެކަން އެންމެން ވެސް ގަބޫލުކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކުޑަ ގައުމަކަށް ވިޔަސް މިއީ ބޮޑު ގައުމެއް ކަމަށާއި ދުރު ދުރުގައި ރަށްތައް އުފެދިފައި އޮތުމާއި ގާތްގަނޑަކަށް 200 ރަށުގައި މީހުން ދިރިއުޅެމުން އަންނައިރު މިއިން ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެެ.
"[ކޮންމެ ރަށަކަށް ހުރިހާ ކަންތައްތަކެއް ކޮށްދޭންޖެހޭ] އެހެންވީމަ، ހަރަދުތައް ހިނގާނެ. އަންނަ ކޮންމެ ވެރިއެއްގެ ޖީބަކުން ނޫން ކުރަނީ. ރައްޔިތުންގެ ލާރީގައި ކުރަނީ،" އޭނާ ވިދާޅުވި އެވެ.
މަަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)، ރައީސް މުއިއްޒުއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
އުއްޗު ވިދާޅުވީ ރަށްރަށަށް ބޭނުންވާ ކަންކަން ނުވުމުން އޭރެއްގައި ހުންނަ ވެރިއަކަށް އެއްޗެހި ގޮވާނެ ކަމަށާއި ދެން ޖެހެނީ ލޯނު ނަގައިގެން ވެސް ރަށްރަށުގެ މީހުންގެ ބޭނުންތައް ވެރިން ފުއްދައިދޭން ކަމަށެވެ.
"އެކި ކަންކަން ކޮށްދޭން ޖެހޭ. ދެން މި ހުރިހާ ކަމެއް ކުރަން ވެސް ޑޮލަރުން ލޯނު ނަގަނީ. މީގެ އެންމެ ބޮޑު ސަބަބަކީ މިފަދަ ބޮޑު ރާއްޖެއަކަށް ކުޑަ ތަނެއް ނޫން މިއީ. ރަށްތައް އުފެދިފައިވާ ގޮތުން ދުރުވެފައި މި އޮންނަނީ. މިފަދަ ބޮޑު ކަންތައްތަކެއް ކުރަން ހުރި ރާއްޖެއަކަށް ފަސް އަހަރު މާކުޑައީ ވެރިކަންކުރަން އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ވެރިކަން ކުރަން ފަސް އަހަރުގެ މުއްދަތެއް ކުޑަވާ ސަބަބަކީ އެހެން ގައުމުތަކަކީ އެއްގަމުން ދަތުރުކޮށް، ލަކުޑި އާއި ހިލަ އާއި ހިލަވެއްޔާއި ދަގަނޑު ފަދަ ތަކެތި ލިބޭ ގައުމުތައް ނަމަވެސް ރާއްޖެއަށް އެ ގޮތް ނެތުމުން ކަމަށް އުއްޗު ވިދާޅުވި އެވެ.
ރާއްޖެއަށް ތަކެތި އެތެރެކޮށް އަދި ރަށްރަށަށް އުފުލުމަކީ އުނދަގޫކަމަށްވާއިރު ވެރިން އެކަންކަން ކޮށްދެނީ ވަރަށް މަސައްކަތުން ކަމަށާއި އެކަމަށް ސެލިއުޓްކުރާ ކަމަށް އުއްޗު ވިދާޅުވި އެވެ. އެކަމަކު އެކަންކަން ކުރުމަށް ވެރިންނަށް ލިބޭ މުއްދަތު މާ ކުޑަވުމުގެ ސަބަބުން ހަމަޖެހިލައިގެން މަސައްކަތްކުރަން ފުރުސަތު ނުލިބޭ ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ކުރަންޖެހެނީ ހާސްކަމުގައި ތެޅިފޮޅިގެން ކަމަށް ވިދާޅުވި އެވެ.
ވޭތުވެދިޔަ 40 އަހަރު ޓޫރިޒަމް ވިޔަފާރީގައި އުޅުއްވި އުއްޗު ވިދާޅުވި ގޮތުގައި ފަސް އަހަރުގެ މުއްދަތުގައި ޑޮލަރަށް ރައްޔިތުންގެ ޑިމާންޑު އޮންނަވަރާ އަޅާބަލާއިރު އަގު ދަށް ނުކުރެވޭނެ އެވެ. ރަށްރަށުގައި އެއާޕޯޓު އެޅުމާއި އެހެން ކަންކަމަށް ޑޮލަރު ހޭދަކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އުއްޗު ވިދާޅުވީ ރާއްޖެއިން ބޭރުން ލޯނު ނެގިޔަސް އެއީ ސީދާ ނަގުދު ޑޮލަރުން ރާއްޖެއަށް ލިބޭ ފައިސާ ނޫން ކަމަށެވެ. އަވައްޓެރި ގައުމުތަކުންދޭ ލޯނުގައި ހިންގާ މަޝްރޫއުއަކަށް އެ ގައުމެއްގެ މަސައްކަތްތެރިން ރާއްޖެއަށް މަޝްރޫއު ހިންގަން ފޮނުވާ ކަމަށާއި އެ މަސައްކަތަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށް ވިދާޅުވި އެވެ. އެއީ ވެސް ރާއްޖެއަށް ލިބޭ ޑޮލަރު ދާ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
16 August 2025
ޑޮލަރުގެ މައްސަލަ ހައްލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ބޭންކް ގައިފައިސާ ނުބަހައްޓައި ފުލުހުންނާ ޙަވާލު ކުރުން. އެމީހުން ދަންނާނެ ހައްލުކުރާނެ. ޑޮލަރު ސުމަކުން ފަށަންޖެހެނީ. ދެން މައްޗަށް ނާރުވައި ތިރީގައި ހިފަހައްޓާލަންވީ. ތިޔަ ކަމަކީ ވެރިކަމާގުޅޭ ކަމެއްނޫން.
އުސްމާނުބެ
16 August 2025
މިސަރުކާރު ކުރާ ހުރިހާ ކަމަކައް އާއެކޭ ނޫން ، އެކަމަކު އަހުރެމެންގެ ދިރިއުޅުމާ ވަރައް ބޮޑައް ލާމެހިފަވާ ވާހަކެއް މި ޑޮލަރުގެ ވާހަކަޔަކީ ، އަދި އުއްޗު ބުނާހެން ރާއްޖެ ވަންނަ ޑޮލަރު މަދެއްނުވާނެ . މިސަރުކާރުން ނޫނީ އަދި ނެއް އެކަމާ އެއްވެސް ފިޔަވޅެއް އެޅިސަރުކާރެއް. ދެން ދައުރުގެ ވާހަކަ ، ކޮންމެ ފަހަރަކު ބަދަލަކައް ގޮވަމުން ބަދަލުކުރީމަ ، ދެންއަން ނަބަޔަކައް ކުރިން ކުރި އެއްވެސް ކަމެއް ރަގަޅެއް ނުވޭ ދެން އަނެއްކާވެސް އިތުރު ވަނީ ލޯނާއި ހަރަދު
ކހލ
15 August 2025
ވިޔަފާރިވެރިއަކު އެދޭކަމެއްކުރުމަށް ކޮންމެފަދައަގެއްވެސްދީފާނެ. ބެލެވޭގޮތުގައި ލާރިގަނޑެއްހޯދޭނެ ކަމެއްފެނުނީމަ ކިހިލިޖަހައިލެވޭނެ އުކުޅެއް ހަދާލަނީ. ދެންބުނާނީ ރަސްކަމަށް އިސްކޮށްގެންނޫނީ ނުވާނެޔޭ.
hasn
15 August 2025
5 އަހަރުގެ 1 ދައުރު އޮންނާނީ . 5 އަހަރުގެ އޮފީހެއް ހިންގާނީ ، ނިމުނީމަ ފައިބާނީ . ދެން ވަޑަންނަވާ ބޭފުޅަކު ، ދެން ނުނިމި ހުރިބައިތައް ކުރިއަށް ގެން ދާނީ . މިއީ ޑިމޮކްރެސީއެކޭ ، އުމުރު ދުވަހަކު ނުބެހެއް ޓޭނެ ! 5 އަހަރުގެ އޮފީހަކީ ރަގަޅު މުއްދަތެއް . މިހާރު މިވާ ގޮތަކީ ، ކުރިން ވެރިކަން ކުރެއްވި ބޭފުޅާގެ އެއްވެސް ކަމެއް ނޯންނާނެއޭ ، މީގެންނޭ އުއްސަކުރު ހަދަނީ ، ހީވާ ހިސާބަށް މިގެންދަނީ !
ބަނބުކެޔޮ ސަލީމް
15 August 2025
މަނިކުފާނު ތިޔަވިދާޅުވީ ހައްގުބަސްފުޅެއް މިގަޢުމު އެބަޖެހޭ ހަމަމަގަށްއަޅުވަން ނަމަވެސް އެކަންކުރެވޭނީ މިއަދުގެ ރައީސް ފަދަ ގަޢުމަށް އިޙުލާސްތެރި އަދި ހަރުދަނާ ސަޙުސިޔަތަކަން ޔަގީން މިއަދު ރައީސް މުޢީއްޒު އަށް މިކަން ކުރެވިދާނެކަން އަމަލުން އެދަނީ ސާބިތު ކޮއްދެއްވަމުނ
ކޮރަލް
15 August 2025
ހުރިހާ ވާހަކަ އެއްވެސް ރަނގަޅެވެ. ރާއްޖެ އަށް ދިމާ ވެގެން އުޅެނީ ކޮރަޕްޝަންގެ މައްސަލަ އެވެ. 30 ބިލިއަން ލޯން ނަގައިފިނަމަ 10 ބިލިއަން ގެއްލެ އެވެ. ބަޖެޓް ފާސް ކުރާ އިރަށް ކޮންމެ ގޮތެއް ހަދާފަވެސް އަވަހަށް އެހުސްލކޮށްލަން ސަރުކާރު އޮފީސް ތަކުގެ ވެރީން ތިބެނީ ތައްޔާރަށެވެ. ދެން ދަނީ ސަޕްލިމެންޓްރީ ބަޖެޓް އަކަށެވެ. ފުރަތަމަ ކޮރަޕްޝަން ހުއްޓުވަން ވީ އެވެ.
ޓޯޕީ
15 August 2025
ދަންމަންޏާ ދަންމަން ވާނީ މުޅި އުމުރަށް. އޭރުން ދުނިޔޭގެ ހުރިހާ ބަޔަކު ވެސް ޑޮލަރުގަ ބަދަލުގަ ބޭނުން ކުރާނީ ރުފިޔާ. ރުފިޔާގެ އަގު އުފުލި ވޯލްޑް ސުޕަރ ޕަވަރ އަކަށް ވާނީ މި ކުޑަ ކުޑަ ދިވެހި ރާއްޖެ. ވެރިޔާ އާއި އުއްޗުމެންގެ ދުރުވިސްނޭ ޒަޢާމަތުގަ ހިތައް ވެސް ނުގެނެވޭ ފަދަ ކުރި އެރުން. ވޯލްޑް ލީޑާސް ވެސް އަންނާނެ ރާއްޖެ ނަމޫނާ އަކަށް ބަލައިގެން ކަން ކަން ދަސް ކުރަން. އައިޑިއާސް ވާނީ ވިއްކަން. ބޯކޮށް ލާރި ހޯދަން.
ފަހުދު.
15 August 2025
ވަރަށް ބޮޑު ތެދެއް. މިހާރުވެސް ކަން އޮތީ ހަމަ ތިގޮތަށް. 5 އަހަރު ވީމަ އޮންނަ އިންތިޚްބުގައި ވޯޓު ހޯދީމައި އެއޮތީ ދައުރު ދަންމާލެވިފައި ނޫންތޯ. ސުވާލަކީ….
ޝެލަރީ
15 August 2025
އޭރުން ދެއްތޯ ކޮންމެ ރަށެއް އަނެއް 99 އަހަރު ލިބޭނީ މަރުވީމަ ތިޔަ ރަށްތައްވެސް ގެންދެވޭގޮތައް ހެދަންބޭނުމީތަ؟ އިލާހީޤާނޫންގެ މައްޗައްނޭރުއްވޭނެ ހަނދުމަފުޅު ކުރަށްވާ
ޖުމާނާ ސަރީފް
15 August 2025
ދިވެހިރާއްޖޭގެ ދިގު ތާރީހުގައި މިކަން ނުވެ އޮތުމަކީ މިހާރު މިކަން ނުކުރާން އޮތް ހުއްޖަތެއް ނޫނެނެ. 10 އަހަރުގެ ދައުރަށް ބަދަލު ކުރަން ވީ އެވެ