މޫނު ބުރުގާ އަޅައިގެން ހުރި މީހަކު މަޑުކޮށްލައިގެން. --ފޮޓޯ: އޭއެފްޕީ
31 އޯގަސްޓް 2025 - 22:52
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދުން ފެށިގެން ހުއްދަ ކޮށްފި އެވެ.
އެ އިދާރާ އިން ނެރުނު ސާކިއުލާއެއްގައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން ހެދުން އެޅުމާ ގުޅޭ އުސޫލު ބަޔާން ކޮށްފައިވާ 129 މާއްދާ އިސްލާހުކޮށްފައި ކަމަށެވެ.
އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ކުރިން އެ މާއްދާ އޮންނަ ގޮތުން ހިދުމަތް ލިބިގަންނަން ދާ ބަޔަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ އެވެ. އަދި އެ ހިދުމަތްދޭ މުވައްޒަފު މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށް ކަމަށް އެ މާއްދާގައިވެ އެވެ.
ނަމަވެސް އެ މާއްދާ އަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭއިރު، މޫނުބުރުގާ އަޅައިގެން އުޅޭ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ވެ އެވެ.
އެ އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ކޯޓުތަކާއި އިދާރާތަކުން އަމަލުކުރުމަށް ޑީޖޭއޭ އިން ވަނީ އަންގައިފަ އެވެ.
މޫނު އަޅައިގެން ވަޒީފާއަށް ނިކުންނާތީ ސަރުކާރުގެ ބައެއް އިދާރާތަކުން މީގެ ކުރިން ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައި ވެސް ވެ އެވެ. އަދި ޝަރުއީ ދާއިރާ އިން އަންހެނުންނަށް ވަޒީފާ ދިނުމުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ހުރަހަކީ ވެސް މޫނުބުރުގާ އެޅުން މަނާކޮށްފައި އޮތުމެވެ.
ޑީޖޭއޭ އިން މިހާރު އަންނަނީ ޝަރުއީ ދާއިރާގެ ބައެއް އުސޫލުތައް ޒަމާނަށް ފެއްތުމަށްޓަކައި އިސްލާހުތައް ގެންނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަނު33
01 September 2025
މޫނުނިވާކޮށްގެން ނަމާދުވެސް ނުކުރެވޭކަމަށްވަނީ.
ރަދުން999
01 September 2025
ތިޔަގެނެވުނީ ވަރަށް ބޮޑު އިސްލާހީ ބަދަލެއް، ތިކަމަށް ރަން މެޑަލްވެސް ދޭންޖޭހޭ ވަރުގެ ކަމެއްތީ. ގައުމުގައި ތިނޫން މުހިއްމު ކަމެއް މިވަތު ކުރަން ނެތީބާ؟ ކިތައް މުއައްޒަފުން ތިކަމުގައި ހަރަކާތްތެރިވޭ ބާ؟ އެމީހުންނަށް އިނާމުދޭން ފެނޭ؟ކޮންމެވެސް ތިބާވަތުގެ ގުނޫތެއް ކިޔާނީތޯ ނޫންތޯ ކިޔަކިޔަ ތިއްބާ އެހެންމީހުން މިހާރު ހަނދަށާއި ފަޒާއަށް ދަތުރު އެކުރަނީ.
ގޮނުއަނގަ
01 September 2025
އަންހެނުން ބުރުގާ ނާޅައި އުޅެން ޖެހެނީ މަޙުރަމުންނާ އަޅުން ތިބޭ ތަނެއްނަމަ. ދައުލަތުގެ ވަޒީފާތަކަށް ދާންޖެހޭނީ އެމީހަކަށް އެތަނަކުން ޚިދުމަތް ލިބިދޭ ބަޔަކަށް ޚިދުމަތް ދެނީ ކާކުކަން އެނގޭނެ ގޮތަކަށް ތިބެވޭވަރުގެ މީހުން. މިސާލަކަށް ފިހާރަޔަކުން ވިޔަފާރިކޮށް މޫނު ފޮރުވިގެންހުރެ އޮޅުގެން ބެލެންސް ނުބައިކޮށް ދެވިއްޖެ. މުދާގަތްމީހާ ގެއަށް ގޮސްފައި އެނބުރި ފިހާރައަށް ގޮސް އެވާހަކަ ބުނިއިރު އެހެން ބުރުގާއެއް އިނީ. އެ ބަދަލު ދޭން އިންކާރުކުރި. ދެނޯ.
ލޮއްލަ
01 September 2025
އެއްބަޔަކަށް ނިވާކަން ކުޑަ ގޮތްގޮތަށް ހެދުން އެޅުން ހައްގަކަށްވާނަމަ، އަނެއްބަޔަކަށް މޫނާއެކު މުޅި ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމުގެ ހައްގު އޮންނަންޖެހޭނެ.. ވަކިތަނެއް ނުވަތަ މަސައްކަތެއްގައި ތަފާތު ކުރެވިގެން ނުވާނެ.
އާދަނު33
01 September 2025
މޫނު ފެންނަންޖެހޭ.. މީހާގެ އައިޑެންޓީޓީ ދެނެގަނެވެންޖެހޭ. ދެންކީއްކުރާ ސީސީޓީވީ ކެމެރާތަކެއް. !!
ޝަޖޫ
01 September 2025
މައްސަލައެއް ނޫން އެޅިޔަސް ނޭޅިޔަސް. އެންމެންގެ ވެސް ގައުމު މީ. މޫނު ބުރުގަޔާ އާދައިގެ ބުރުގާ އަދި އެއްވެސް ބުރުގައެއް ނާޅާވެސް މިތާ މަސައްކަތްކޮށް އާމްދަނީ ހޯދާ އާއްމު ދިރުއުޅުން އުޅެވެންވާނެ. ޕީސް!
ކޮސް
01 September 2025
އެހެން ހުރިހާ ވެރިން ބޯހަމަޖެހޭ. އެހެންވީމަ ނުކުރާނެއެއްނު!
ކޮސް
01 September 2025
މިއީ ރަނގަޅު ކަމަކަށްވާނެ އެއްވެސް ހަމައެއްނެތް. ރައްޔިތުންނަށް ޚިދުމަތްދޭން ތިބޭމީހުންނަކީ ކޮންބައެއްކަން އެމީހުންގެ މޫނުން އެނގެންވާނެ. އެކަހަލަ ހިތްވަރުނެތް މީހުން އެމީހުންގެ ބުރުގާއާއެކު ސީދާގޮތުން ރައްޔިތުންނަށް ޚިދުމަތްނުދޭ މަސައްކަތެއް އިޚުތިޔާރު ކުރަންވީ. މިގޮތް އޯކޭ.
މައުސޫމް
01 September 2025
މިކަމާ ދެބަސްވެގެންވެސް ފާޑު ކިޔާ މީހުން އުޅޭނެ މިރާއްޖޭގަ. މުއިއްޒު ކުރިޔަސް ރަނގަޅުކަމެއް ވާނީ ރަނގަޅުކަމަކަށް ދޯ
ކަނު
01 September 2025
ކޯއްޗެއް ރަނގަޅީ! ތާނަކުންތާކު ޖެހޭ ކަމެއްނޫން! ތިޔަ ގަވައިދު ބަދަލުކުރަން ހިފާންންއަދި!
ފިރާގް
01 September 2025
މޫނު ބުރުގާ އެޅީމައޭ ކިޔާފަ މީހުންގެ ވަޒީފާތައް ވަކި ކުރި ޒަމާން މާޒީވެގެން މިދިޔައީ.. މާޝާﷲ
ޝަމްސުއްނިސާ
01 September 2025
މިކަމާ ދެކޮޅަށް ކޮމެންޓު ކުރާ މީހުންގެ ވިސްނުމާ ފިކުރުހުރިގޮތް އަހަރުމެންނަށް ވަރަށް ބޮޑަށް ސާފުވެގެން މިދަނީ.. ކަލޭމެންގެ މިނިވަންކަން އޮންނަށް ފަދައިން އަހަރުމެންގެ މިނިވަކަން އޮންނަންވާނެ. އަހަރެން ތާއީދު ރައީސް މުއިއްޒު ނޫން މީހަކަށް ނުލިބޭނެ
މހއމ
01 September 2025
މަގޭ ތާއީދެއް މުއިއްޒަކަށް ނެތް. އެކަމު ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް. މިތާ އުޅޭ މުސްލިމުންނަށް ވެސް އެމީހުން ދީނުގެ ތަރަހައިގެ ތެރެއިން ބޭނުން އެއްޗެއް ލުމުގެ މިނިވަންކަން އޮންނާނެ.