އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ވ) އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި އަހަރުގެ ކުރީކޮޅު ވައިޓްހައުސްގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
10 ސެޕްޓެމްބަރ 2025 - 00:10
އިޒްރޭލުން ގަތަރަށް ހަަމަލާ ދިނުމަކީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި މިފަދަ ކަމެއް ގަތަރުގެ ބިމުގައި ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގަތަރުގެ ވެރިނަށް ދެއްވައިފި ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް މިއީ ސުލްހަޔަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި އެވެ.
ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގެ ވެރިރަށް ދޯހާގެ އިމާރާތްތަކަކަށް އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާތަކާ ގުޅޭ ގޮތުން ސުވާލުކުރުން ލީވިޓް ވިދާޅުވީ "ހަމާސް ނައްތާލުމަކީ މުހިންމު ކަމަކަށް ވިޔަސް" ގަތަރުގެ ވެރިރަށް ދޯހާގައި ހަމަލާދީގެން އެމެރިކާ އަދި އިޒްރޭލުގެ މަސްލަހަތު ވެސް ކުރި ނާރާނެ ކަމަށެވެ.
"ރައީސް ދެކެވަޑައިގަންނަވަނީ ގަތަރަކީ އެމެރިކާގެ ވަރުގަދަ ބައިވެރިއެއް އަދި އެކުވެރިއެއް ކަމަށް. އަދި ހަމަލާ ދިން ސަރަހައްދުގެ ގޮތުން ރައީސްގެ ކަންބޮޑުވުން އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ގަތަރަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލާއި ހަމާސްއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ.
"އިޒްރޭލުން ހަމާސްއަށް ހަމަލާދޭން އުޅޭކަން އެމެރިކާގެ އަސްކަރިއްޔާއިން ޓްރަމްޕްގެ ސަރުކާރަށް އެންގި،" އެ މައުލޫމާތު އަސްކަރިއްޔާއަށް ލިބުނީ ކިހިނެއްތޯ ސާފު ކުރަން އެތައް ފަހަރަކު ސުވާލުކުރުމުން ވެސް އިތުރު ތަފްސީލެއް ނުދެއްވައި ލީވިޓް ވިދާޅުވި އެވެ.
އެކަމަކު އޭގެ ކުރިން ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ހަމަލާ ދޭން އުޅޭކަން އިޒްރޭލުން އެންގި ކަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ.
ލީވިޓް ވިދާޅުވި ގޮތުގައި ގަތަރުގެ ދޯހާއަށް ހަމަލާދިންކަން ޓްރަމްޕަށް އެނގިވަޑައިގަތުމާ އެކު މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިކްޓޯފްއަށް ގުޅުއްވައި، ދެން އަތުވެދާނެ ހަމަލާތަކުގެ މައުލޫތު ގަތަރާ ހިއްސާކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަވަހަށް ސުލްހަ ގާއިމުކުރަން ބޭނުން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަކުނިބޯ
10 September 2025
ޢިތުރުގޮތެއްނޯންނާނެ ދެން އިޒްރޭލް ބޭސްއެއްވެސް ތިތާބަހައްޓާ ދެން ލަލަލަ ދެއަގާގެވެރިން ޤަތަރަކީވެސް
އާޒިމްް
10 September 2025
ދެންވެސް އަޅާނެ. ހަމަ އަޅާފަ ދެން އެހެން ނުވާނޭ ބުނާނީ. ބޭނުން ކޮންމެ އިރަކު ބޭނުން ކޮންމެ ކަމެއް ކުރާނެ. އަރަބި ގައުމުތައް ޖެހޭނީ ބުނި ގޮތަކަށް ގުދު ވާން. ފިނޑި އަރަބިން
ލިޔޯ
10 September 2025
މިއަރަބީންއަށް އެއްޗެއް ވިސްނޭކަންނުވޭބާ. ކަނާތުން ސަލާންކޮއްފަ ހަމައެއަތުން މޫނުމަތީ ޖަހަމުންއެދަނީ. މިގަރުނުގައި ދުނިޔެދުން އެންމެ ނުލަފާ ދެމީހުން ކަމުގައިވާ ނަތަންޔާހޫ އާއި ޓުރަމްޕް. ޓުރަމްޕްއައް އަދިވެސް އިތުރު މަތިންދާ ބޯޓެއް ދޭންފެނޭ.
ފޫހި
10 September 2025
މެދުއިރުމަތީގެ އަރަބި ގައުމުތަކުން އޮޅުކޮށްގެން އެ ގެންގުޅެނީ ހީލަތްތެރި ޔަހޫދީން. މާނައަކީ ދުވަހަކުވެސް ވައުދުނުފުއްދާ ދެފުއްދެގޮތް ނުބައި ނުލަފާ ބައެއް. ދެން އެވަރުބަޔަކު އޮޅުކޮށްގެން ގެންގުޅެންޏާ އަދި މިއަށްވުރެވެސް ބޮޑު ދެރަ ލިބޭނެ. ހަމާސް ނައްތާނުލާ ނައްތާލަންވީ އިޒްރާއީލް. އެއްވެސް އިރެއްގައި އިޒަރާއީލް ކިޔާ ދައުލަތެއް ނޯންނާނެ. އޭރުވެސް އެއީ ދަރިކޮޅެއް (އިޒްރާއީލް) ޤައުމެއނޫން.
2025
10 September 2025
ހުރިހާކަމެއްގަ އަޑީގަ ތިބޭނީ އަރަބި ވެރިން. އަމިއްލަ ގައުމުގެ ރައްޔިތުންނަށްވުރެ މުހިއްމީ އެމީހުންގެ ވެރިކަން ދެމެހެއްޓުން.
ސަދޫމު ސިޓީ
10 September 2025
ޢަަރަބިން ފޭހި އިލޮށި އަމިއްލަ ލޮލައް ހެރެމުން މިދަނީ ކޮންމެ މީހަކު 4 އަނބިންނާ އިންދެގެން މޭބިސް ކަދުރު ކާލަ ކާލާ ތިއްބާ އިޒުރޭލުންގޮސް ބޮލައްބޮން އަޅާފަ އެދަނީ ކުރެވޭނެ އެތްވެސް ކަމެތްނެތް ކުއްވެރި ކޮށްލުންނޫ އަރަބިންގެ ފިނޑިކަމާއެވެ
ރަދީފްއޮފިޝަލް /
10 September 2025
ރޭވިގެން ކުޅެވެމުންދާ ފިލްމެއް.އެމެރިކާ އެއީ ހުރިހާ ނުބައެއްގެ ބަފާ.ކްލިންޓަން އަދި އޮބާމާ އެއީ އެމެރިކާގަ ރަނގަޅު ވެރިކަމެއް ހިންގި 2 ރައީސުން.އޭގެ ފަހުން ވެރިކަން ކުރީ ސުލްހައަށް ލޯބި ނުކުރާ 2 ޖަނަވާރުން.ވ.ވެދުން
ޖަގޭ
10 September 2025
މެދުއިރުމަތީގެ ގައުމުތައް އަރާމް ނިދިން ހޭލަންނުވޭބާ؟ ޢެމެރިކާއަށް ތިމާމެންގެ ސަލާމަތްތެރިކަން ޙަވާލު ކޮށްގެން އަރާމް ނިދީގައި ތިބޭއިރު ފަހަރަކު ގައުމެއް ޒައިނިސްޓުން ޚަރާބުކޮށް ސުންނާފަތި ކުރަމުންގޮސް މުޅި މެދުއިރުމަތި އެމީހުންގެ މުށުތެރެއަށްލައި އެނިންމަނީ...
އަންކަލް
10 September 2025
ޝީޕްކާރީ ހިޔަޅުވެސް ތިހެން ބުނި