ހުސެއިން ހަސަން: އޭނާ ބަންދު ކުރަން ކޯޓަށް ގެންދިޔުމުން ވަނީ ދޫކޮށްލާފައި
11 ސެޕްޓެމްބަރ 2025 - 13:04
އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ކޯޓުން ދޫކޮށްލައިފި އެވެ.
ހުސެއިން ރޭގެ ވަގުތެއްގައި ހައްޔަރުކޮށް، ފުލުހުން ބުނީ މާލޭގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ އާއި ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލު ކުރުމަށް ނަސޭހަތް ދިން ނަމަވެސް ޖަދަލުކޮށް، އެންގުމާ ހިލާފަށް ކަންކަން ކުރުމުން ހުސައިން ހަސަން ހައްޔަރުކުރި ކަމަށެވެ.
އެކަމަކު، އޭނާގެ ބަންދު މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ފުލުހުން އެދުނު ގޮތަށް ބަންދު އިތުރު ނުކޮށް ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލީ ކޯޓުން ޝަރުތަކެއްކޮށްފަ އެވެ. ނަމަވެސް، އެކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވި ގޮތުގައި، ފުލުހުންގެ އެންގުމާ ހިލާފަށް ސީންގެ ތެރެއަށް ވަދެ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ މެމްބަރު ހުސައިން ހަސަން އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކުރި އެވެ. އެހެންވެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ޑްރަގް އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ހުސައިން ހައްޔަރުކުރި މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލަން ރޭ ގޮވާލައިފަ އެވެ. އަދި ހުސައިން ހައްޔަރުކުރީ "ވަރަށް އަނިޔާވެރިކޮށް" ކަމަށް އެ ޕާޓީން ބުންޏެވެ.
ހުސައިނަކީ އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސްގެ އިތުރުން އެ ޕާޓީގެ "ޒުވާނުންގެ ހިތްވަރު" ގެ މީޑިއާ ކޮމިޓީގެ މުގައްރިރު ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރު
11 September 2025
ފުލުހުންނަށް އިތުބާރު ކުރެވޭކަށް ނެތް! ތިޖޫރީން 30000 ޑޮލަރ ވެސް ވީނުވީއެއް ނޭގުނު! ގާނޫނަށް ވުރެ ފުލުހުން މަތިވާނަމަ އެއީ ނުރައްކަލުގެ ރަގަބީލެއް!
ރަދީފްއޮފިޝަލް /
11 September 2025
ފުލުހުން ނޫނީ ވާޖިބެއް އޮންނަ ބަޔަކު ނެތީތަ.އެހެން މީހުން ބިރުގަންނަވަން ވާޖިބޭ ކޮމާންޑެ ޖޭންމު ކިޔާނެ.