ރޭ ހައްޔަރުކުރި، އެމްޑީޕީީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު އަށް ދުވަސް ޖަހައިފި އެވެ.

ރޭ ދަންވަރު 12 ޖަހާކަންހާއިރު ތޮއްޔިބު ހައްޔަރުކުރި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ. އޭނާ ހައްޔަރުކުރީ މާލޭގެ ހޮޓަލެއްގައި އިންދަ އެވެ.

ތޮއްޔިބަކީ ސަރުކާރަށް ފާޑުކިޔައި، ސޯޝަލް މީޑިއާގައި ތަފާތު މައުލޫމާތުތައް އާންމު ކުރަމުންދާ އެކްޓިވިސްޓެކެވެ. އޭނާ ހައްޔަރުކުރީ ވެސް ސައޫދީގެ ޝާހީ އާއިލާ އިން ފ. އަތޮޅުގައި ހިންގަން ނިންމާފައިވާ މަޝްރޫއާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ބަޔަކާ ދެއްކެވި ވާހަކަތަކެއް ހިމެނޭ އޯޑިއޯއެެއް ޓްވިޓާގައި އާންމު ކުރަމުން ދަނިކޮށެވެ. އެ އޯޑިއޯ ލީކްކުރީ ވެސް ވެސް ތޮއްޔިބެވެ.