މާލޭގެ މަގެއްގައި ފުލުހުން މިއަދު ހަވީރު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
03 އޮކްޓޯބަރ 2025 - 17:30
އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް، މާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން ކަމަށް ބުނެ، މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.
"އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
"މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދެން. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން" ފުލުހުން ބުންޏެވެ.
ބައެއް ސަރަހައްދުތައް ބަންދު ކުރާނެ ކަމަށް ފުލުހުން ބުންޏަސް، އެ އޮޕަރޭޝަންގައި މާލޭން ބަންދު ކުރާނެ މަގުތަކުގެ ސީދާ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހަކު މިއަދު ހަވީރު މާލޭގެ މަގެއްގައި ޓްރެފިކް ބަލަހައްޓަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އެ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މުޒާހަރާ ކުރުމަށް ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް މާލޭގެ ބޮޑު ހަ މަގަކުންނެވެ.
ނަމަވެސް، ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ ތުހުމަތު އެމްޑީޕީން ވަނީ ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުރާސިލް
03 October 2025
ޤައުމު ލޫޓުވާލި މީހުން ، ލޫޓުވައިފި ނަމުގައި ނިކުމެ ތަންތަނުގައި ހުޅުޖެހުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ.
ބިރުމީހާ
03 October 2025
އެ ޑްރޯނެއް ރާއްޖެ ގެނައީ އަތުވެދާނެ އަސްކަރީ ހަމަލާއަކަށް ޤައުމުގެ ދިފާޢުގަ ޔޯ.... ބަލާބަލަ ނިކަން. ހަވީރު މާފަރުން ފުރައިގެން ބުރު އަޅާއަޅާ އެ އޮތީ މާލެ މަތީގައޭ.... ބިރުން ތެޅުނަސް ބޮޑުވަރު. ރައްޔިތުންގެ ޓެކްސް ފައިސާ އެ ގަނެ އެ ބޭނުން ކުރަނީ ރައްޔިތުން އިނދަޖައްސަން.
ކޮރަލް
03 October 2025
އާޓިފިޝަލް ބީޗް ކަހަލަ ސަރަހައްދެއްގަ މަޑު މަޑުން ހުރެ ޝުއޫރު ފާޅު ކުރާނަމަ މައްސަލަ އެއް ނެތެވެ. ހަމަ ނުޖެހުމަކަށް ފުރުސަތު ދޭނެ ކަމެއްނެތެވެ. އިގްތިސާދު އަށް އޭގެ މނުރަނގަޅު އަސަރު ކުރާނެ އެެވެ.
ބޮރަލް
03 October 2025
ހިޔާލު ފާޅުކުރުމަކީ ދީނާއި ގާނޫނު އަސާސީންވެސް ރައްޔިތުންނަށް ލިބިދީފައިއޮތް ހައްގެއް. އެކަން ކުރަންވާގޮތް، ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިބޭ ވެރިންނަކަށް، އެކަން ކުރަންވާގޮތެއް ކަނޑަނޭޅޭނެ.
އަންމި
03 October 2025
ހަމަ ތިއުސޫލުން މީހުންނަށް އުދަގޫނުވާ ހެން ކަންކަން ކުރުންވެސް އެއީ އޮންނަ ކަމެއް. ވެރިން ހޮވާފަ ތިބެނީ އެކަންކަން ހަމަޔަކަށް އަޅުވަން
ބުރުހާނުދީނުހަސަންމަނިކު
03 October 2025
އެމްޑީޕީ އުފެދިގެން އައީ ރައްޔިތުން ތަމުސީލުކުރާ، ހައްގަށް މަސައްކަތްކުރާ ސިޔާސީޕާޓިއެއްގެ ގޮތުގައި މަސަކަތްކުރަމުން. ޒަމާން ބަދަލުވެ ޕާޓީހިންގި ވެރިން ބަދަލުވެ މަގުސަދު އޮޅުވާލާ ނުބައި ގުރޫޕެއްގެ އަތްދަށަށް ޕާޓީހައިޖެކުރެވި މިހާރު ޕާޓީއަކީ ގައުމު ލޫޓުވަން ބައިތުލްމާލުގެ ފޮށި ތަޅު ހަލާކުކުރާ ހަތިޔާރަކަށް ވެއްޖެ.ކަރަފުސަނުގައި ޖެހިފައިހުރި މީހަކު ނޫނީ ހުޅުމާލެއިން ބިންދިން ގުރޫޕު މީހަކުނޫނީ އެއްވުމަކަށް ނުދާނެ.
ރުންކުރު
03 October 2025
މީން ދުވަހަކު މުޒާހަރާއެއް ނުވެސް ކުރޭ. މިހާރު ބަލާ އެކަމު މި ސަރުކާރުން ތެޅިގަތްވަރު. ހާދަ ފިނޑިއޭ ދޯ!!! މިވަރުގެ ބަޔަކު ކިހިނެތް ވެރިކަން ކުރާނީ؟؟؟
މަ ބުނީ
03 October 2025
މަ ބުނީ މިހާރު ޤަބޫލު ކުރެވޭ ލޫޓުވާލައިފިކަމަށް މީގެކުރިން ހީކުރެވެނީ އެކަމަކު މިހާރު ޔަޤީންވެއްޖެ އެހެންވެ ގަދަބާރުން ހަންމުށިން ހިފަހަންޓަށް ތިމަރުފަލިޖަހަނީ !
ހުދާ
03 October 2025
ހާދަ ބިރެކޭ މިސަރުކާރުން މިއުޅެނީ, މިޔަދު ބަންގާޅީންނަށް ވުރެ ފުލުހުންނާއި ސިފައިން ގިނަ. ހަހާ. މިވެސް ވަރަށް ބޮޑު ކުރި އެރުމެއް,ބާ އިނދިކޮޅަށް ލިބުން.
އެންމެން ހެޕީ
03 October 2025
ހަދަ ބިރެއް ތިޔަ ގަންނަނީ
މޫކޭ
03 October 2025
120 ބލޔނނ ދަރުވާލާފަ ފެނަކަ ސައީދާ އަދީބުގެ ހިމާޔަތުގަ މުޒާހަރާޔައް ހީހީ ހަލާކު
ސީމު
03 October 2025
އިބޫ ވެރިކަމުގަ މާލޭގެ އެއްވެސް ތަނެއްގަ މުޒާހަރާކުރާކައް އެލޯ ނުކުރި މިއަދު މިމީހުން ލަދެއްނުނަގޭ މުޒާހަރާ ނުކުރެވެިގެން މިއުޅެނީ
ވާވު
03 October 2025
މުޅި މާލޭގައި އައުޓޭ ކިޔަމުން އެނބުރުނީ އެހެންވެތަ؟