ފުވައްމުލަކު އެއާޕޯޓް: އެތަނުގެ މުވައްޒަފަކަށް ހަމަލާދިން ބަޔަކު ވަނީ ހައްޔަރު ކޮށްފައި --- ފޮޓޯ/މިހާރު
05 އޮކްޓޯބަރ 2025 - 20:13
ޏ. ފުވައްމުލަކު އެއާޕޯޓުގެ ފެންސްމަތިން ބަޔަކު އަރަން އުޅުމުން އެކަން ހުއްޓުވި މުވައްޒަފަށް ހަމަލާދިން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުވައްމުލަކު އެއާޕޯޓްގެ ފެންސްމަތިން ބަޔަކު އަަރަން އުޅެނިކޮށް އެ މީހުން ހުއްޓުވި ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އެއީ އެރަށު ހޯދަޑު އަވަށު ގުލްކޯޒުގޭ ހަސަން ހުމާމް މުހައްމަދާއި ހަމަ އެ އަވަށު ޒަމްހަރީރުގޭ އިބްރާހީމް ސިމަން އަހުމަދާއި ފުނާޑު އަވަށު ޝުހާނާ، ބައްސާމް އަހުމަދެވެ.
އެ ހާދިސާގައި ފުވައްމުލަކު އެއާޕޯޓްގެ މުވައްޒަފަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހު 28 ވަނަ ދުވަހުގެ ރޭ ފަތިހު 4:05 އެހާކަން ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން
06 October 2025
އެންމެ ހަރުކަށި އަދަބުދޭންޖެހޭ ވަރަށް ނުރައްތެރިކަމެއް
އިނާޝާ
06 October 2025
ސިފައިންގެ ބޭކަލުން ކަމެއް ނެތިފަ ތިބޭއިރު އެމީހުންނާ ސެކިއުރިޓީ ކަންކަން ހަވާލުކުރަން މާ އައުލާކަން ބޮޑު. ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރާ އެއްބަޔަކީ ސިފައިން. މިރާއްޖެއަކީ އަދި ހަނގުރާމަކުރާ ތަނެއް ނޫން. އެހެންވީމަ އެއާޕޯޓް އާއި ސީ ޕޯޓްތަކުގެ ސެކިއުރިޓީ ކަންކަން ސިފައިންނާ ހަވާލުކުރުން މާ ރަނގަޅުވާނެ
ފިނދަނަ ޑިފެންސް ފޯސް
07 October 2025
އަސްލުވެސް ވަރަށް ރަނގަޅު ކަމެއް، އޭރުން ހަމަ ގައިމުވެސް މުސާރަ ހަލާލުވާނެ މަސައްކަތެއް ކޮށްގެން އަނބިދަރިންނަށް ކާންބޯން ދިނުމުގެ ފުރުޞަތު މިހާރު އެމް.އެން.ޑީ.އެފް ގައި މަސައްކަތްކުރާ މީހުންނަށް އޮންނާނެ.
ބަޑިދީފަ ސިފައިން ބައިތިއްބާ
06 October 2025
ތީ ވަރަށް ނުރައްކާ ކަމެއް. އެއަރޕޯރޓް ސެކިއުރިޓީގައި ތިބެންވާނީ ބަޑި ހިފައިގެންތިބޭ ސިފައިން. ބޯޓެއް ހައިޖެކް ކުރުން ނުވަތަ ގޮއްވާލުންފަދަ ބޮޑު ޓެރަރިސްޓް ޢަމަލެއް ހިންގުމުގެ ފުރުޞަތު އެބައޮތް މިރާއްޖޭގެ ކަންކަން މިހާރު ގޮސް އޮތް ހިސާބުން. އެަރޕޯރޓްގެ ސެކިއުރިޓީ ފެންސުން އަރަން އުޅެންޏާ ގަޔަށް ބަޑިޖެހުމުގެ ބާރު އޮންނަންވާނެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވާނެ