ވިޔަފާރި / ރިޕޯޓް

މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި

މާލެ ސަރަހައްދުގައި އެންމެ އަގުބޮޑުކޮށް އެޕާޓުމަންޓުތައް ދޫކުރަނީ ހުޅުމާލެއިން. ހުޅުމާލެއިން އެންމެ އަގު ހެޔޮކޮށް ވެސް އެއް ކޮޓަރީގެ އެޕާޓްމެންޓް ލިބެނީ 8،750ރ. އަށް. އަދި 22،000ރ. އާ ހިސާބަށް މި އަގު މައްޗަށް ދާ ކަމަށް ދައްކާ.

މާލެ. މާލެ ސަރަހައްދުގެ ކުލިތައް އަންނަނީ ބޮޑުވަމުން -- ފޮޓޯ: މިހާރު

މުޅި ރާއްޖެ ޖަމާވެފައިވާ މާލެ ސަރަހައްދުގައި އެންމެ ބޮޑު ކަމަކީ ވެސް އަދި އެއްޗަކީ ވެސް ކުއްޔެވެ. ސޯޝަލް ހައުސިން ފްލެޓްތައް ދޭ ދުވަސްވަރެއް ނަމަ ކުލިތައް ކުޑަކޮށް ދަށަށް ޖެހިލިޔަސް މިއީ މާލެ ސަރަހައްދުގައި އަބަދުވެސް ބޮޑުވަމުންދާ ބުރަ އެވެ. ސަބަބަކީ މާލޭގައި ކުއްޔަށް އުޅޭ މީހުންގެ އާބާދީ ކޮންމެ އަހަރަކު ވެސް އިތުރުވަމުން ދިއުމެވެ.

މިކަމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހެދި ދިރާސާއެއްގެ ނަތީޖާ އާންމުކޮށްފައި ވާއިރު މާލޭގެ އެކި އަވަށްތަކުގައި އަހަރުގެ އެކި ދުވަސްވަރު ކުއްޔަށް އަންނަ ބަދަލު ހާމަވެ އެވެ. މިއީ ފެބްރުއަރީ 2023 އިން ޖެނުއަރީ 2024 އާ ހަމައަށް، އެއް އަހަރު ތެރޭގައި މާލެ ސަރަހައްދުގެ އެކި ތަންތަނުގެ ކުލިތަކަށް އައި ބަދަލުގެ މައްޗަށް ހެދި ދިރާސާއެކެވެ.

އެކި އަވަށުގައި އެކި ދުވަސްވަރު އެކި ކުލި

އެމްއެމްއޭއިން ވަނީ މާލެ ސަރަހައްދުގެ ވަކިވަކި އަވަށްތަކުގެ ކުލިތައް ރެކޯޑުކޮށްފަ އެވެ. އެއީ މާފަންނު، މައްޗަންގޮޅި، ގަލޮޅު އަދި ހެންވޭރުގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެ ވެސް ހިމަނައިގެންނެވެ. ހިސާބުތަކުން ފެންނަ ގޮތުން މާލެ ސަރަހައްދުގެ އެންމެ ކުލި ކުޑައީ ވިލިމާލޭގަ އެވެ. ވިލިގިނލީގައި އެއް ކޮޓަރީގެ އެޕާޓްމަންޓެއް 7،500ރ. އިން ފެށޭއިރު 13،500ރ. އާ ދޭ ތަންތަން ވެސް އެބަހުއްޓެވެ.

ވަކި ވަކި އަވަށުތަކުގެ ކުލިތައް

ގަލޮޅުގެ އެޕާޓްމެންޓްތަކުގެ މަހު ކުލި އެވްރެޖުކޮށް ހުރީ 8،000ރ. އިން 14،000ރ. އާ ދެމެދުގަ އެވެ.

ދެވަނައަށް އެންމެ ކުލި ކުޑަ، މާފަންނުގެ އެންމެ ދަށް ކުލި ރެކޯޑު ކުރެވިފައިވަނީ ވެސް 8،000ރ. ގަ އެވެ. އެންމެ ބޮޑު ކުލި ރެކޯޑު ކުރެވިފައިވަނީ 14،500ރ. ގަ އެވެ. މައްޗަންގޮޅީގައި ވެސް އެންމެ ކުޑަ ކުއްޔަކީ 8،000ރ. އެވެ. އެކަމަކު މި އަހަރުގެ ގިނަ މަސްތަކުގައި 10،000ރ. އާއި 12،000ރ. އާ ދެމެދުގައި ކުލި ރެކޯޑްކުރެވިފައިވެ އެވެ.

ހެންވޭރުން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ ބޮޑު ކުލި 15،000ރ. ގައި ވެސް ރެކޯޑުކުރެވިފައިވެ އެވެ.

މާލެ ސަރަހައްދުގައި އެންމެ ބޮޑު ކުއްޔެއް ހުރީ ހުޅުމާލޭގަ އެވެ. ހުޅުމާލެއިން އެންމެ އަގު ހެޔޮކޮށް ވެސް އެއް ކޮޓަރީގެ އެޕާޓްމެންޓް ލިބެނީ 8،750ރ. އަށެވެ. އަދި 22،000ރ. އާ ހިސާބަށް މި އަގު މައްޗަށް ދެ އެެވެ.

އެކި ސައިޒުތަކުގެ އެޕާޓްމެންޓްތަކުގެ އަގުތައް ހުރި ގޮތް

ކުލިތައް އެވްރެޖުކޮށް ރެކޯޑުކުރެވިފައިވާ ގޮތަށް ބަލާ އިރު އެކި މަސްތަކުގައި އަގު ބޮޑު އެޕާޓްމެންޓްތައް ފެންނަން ހުރީ އެ ސަރަހައްދުތަކުންނެވެ. މިސާލަކަށް، ޑިސެމްބަރު 2023 ގައި އެންމެ އަގުހެޔޮކޮށް އެޕާޓްމެންޓުތައް ފެންނަން ހުރީ ގަލޮޅުގަ އެވެ. އެއީ 8،500ރ. ގަ އެވެ. ސަބަބެއް ކަމަށް ބެލެވެނީ، ގަލޮޅުން އެ މަހު އެއް ކޮޓަރީގެ ގިނަ އެޕާޓްމެންޓްތަކެއް ކުއްޔަށް ދިނުމަށް ލިސްޓު ކޮށްފައި ވުމެވެ. އެ މަހު އެންމެ އަގު ބޮޑުކޮށް ލިސްޓުކޮށްފައިވަނީ 18،000ރ. އަށް ހުޅުމާލެއިންނެވެ.

އެއީ ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ކަމަށް ބެލެވެ އެވެ. އައިބޭ އާއި ފޭސްބުކްގައި ލިސްޓުކޮށްފައިވާ އެޕާޓްމެންޓްތަކަށް ބަލާއިރު، އެކި މަސް މަހު އެކި އަވަށްތަކުން ލިސްޓުކޮށްފައި ހުންނަނީ އެކި ސައިޒުތަކުގެ އެކި ފެންވަރުގެ ތަންތަނެވެ. ކުލި އެންމެ ބޮޑަށް ބަދަލުވަނީ ތަނުގެ ސައިޒާއި އެތަނުގެ އާ ކަމުގެ މައްޗަށެވެ.

އެޕާޓްމެންޓްގެ ސައިޒުން ކުއްޔަށް އައިސްފައިވާ ބަދަލު:

1 ކޮޓަރި: 8،000ރ.

2 ކޮޓަރި: 16،000ރ.

3 ކޮޓަރި: 23،000ރ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނާ ކުލިތަކާއި އަސްލު ކުލީގައި ބޮޑު ފަރަގުތަކެއް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިންޕްލޭޝަނަށް ބޭނުންވާ ހިސާބުތައް ހެދުމަށް، ކޮންމެ މަހަކު ވެސް ކުއްޔާއި އަދިވެސް އެހެން ހިދުމަތްތަކުގެ އަގުތައް ރެކޯޑު ކުރެ އެވެ. އެމްއެމްއޭ އިން ވަނީ އެމްބީއެސްގެ ހިސާބުތަކުން، އެ އިދާރާއިން ހޯދި ހިސާބުތަކާ އަޅާ ކިޔައިފަ އެވެ. އެގޮތުން ފާހަގަވި އެއް ކަމަކީ، އަހަރުގެ ބޮޑުބައިގައި އެމްބީއެސްއިން ހޯދާ ހިސާބުތައް އެއްވަރެއްގައި ހުރުމެވެ.

ހުޅުމާލެ: ހުޅުމާލެ އަކީ ކުލި އެންމެ ބޮޑު އަވަށް -- ފޮޓޯ: މިހާރު

އެހެން ދިމާވާ އެއް ސަބަބަކީ، އާންމުގޮތެއްގައި ކުއްޔަށް ނަގާ ތަންތަނުގެ އަގުތައް ބަދަލު އަންނަނީ ތަނުގެ އެގްރީމެންޓް ހަމަވުމުން ކަމަށް ވާއިރު އެމްބީއެސްގެ ރެކޯޑުތައް ބަލަހައްޓަމުން އަންނަނީ އެގްރީމެންޓުގެ މުއްދަތަށް ބަލައިގެންނެވެ. އެހެންވެ، އަހަރުގެ ގިނަ މަސްތަކެއްގައި ކުއްޔަށް މާ ބޮޑު ބަދަލެއް އަންނަކަން ރެކޯޑުތަކުން ނުދައްކަނީ އެވެ.

މާލޭގައި ކުއްޔަށް ދޫކުރާ ތަންތަނަށް އާންމުގޮތެއްގައި އެއް އަހަރާއި ދެ އަހަރުގެ މުއްދަތަކަށް އެގްރީމެންޓް ހަދަ އެވެ. އަދި އެ މުއްދަތުގައި ކުއްޔަށް ބަދަލުތަކެއް ނާދެ އެވެ. ނަމަވެސް، އައިބޭ އާއި އޮންލައިން އެހެން ފްލެޓްފޯމުތަކުގައި ލިސްޓުކޮށްފައި ހުންނަ ތަންތަނުގެ ކުއްޔަށް ބަލާއިރު، ކުއްޔަށް އަހަރުގެ ތެރޭގައި ބަދަލުތައް އަންނަކަން ފާހަގަކުރެވޭ ކަމަށް އެމްއެމްއޭގެ ރިސާޗުގައި ފާހަގަކޮށްފައިވެ އެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ސޯޝަލް ހައުސިން ރޭޓުތައް ވެސް ކަނޑައަޅަނީ އެތަންތަން އެގްރީމެންޓަށް ދޫކޮށްފައި ހުންނަ އަގުތަކުގަ އެވެ. އެކަމަކު އާންމުކޮށް ސޯޝަލް ހައުސިންއަށް ދީފައިވާ ތަންތަނުގެ ކުލިވެސް އުޅެނީ ސަރުކާރުން ދީފައިވާ އަގުތަކަށް ވުރެ ދެގުނަ އިތުރަށެވެ. އެހެންވެ، އަގުތައް ބެލުމުގައި ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ގެންގުޅެނީ އެންމެ ރަނގަޅަށް ކުލިތައް ބެލޭ ނިޒާމު ނޫން ކަން އެމްއެމްއޭގެ ސާވޭއިން ހާމަވެ އެވެ.

އެމްއެމްއޭއިން ވަނީ ކުލިތައް ދެނެގަނެ، ކުލިތަކަށް އަންނަ ބަދަލުތައް މިހާރަށް ވުރެ ރަނގަޅު ނިޒާމެއްގެ ތެރެއިން ހޯދޭނެ ގޮތްތައް ބަލައި، އެ އުސޫލުން އަމަލުކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ.

މި ހުރިހާ ކަމަކާ އެކު ވެސް ދިރާސާއިން އެނގުނީ އެކި ސަބަބުތަކާ ހެދި، އެއް އަހަރުތެރޭ ވެސް ކުލި ބޮޑުވެފައިވާ ކަމެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން އެނގޭ ގޮތުގައި ރާއްޖޭގެ އާބާދީގެ 41 ޕަސެންޓު އުޅެނީ މާލެ ސަރަހައްދު އެވެ. އަދި 2019 ވަނަ އަހަރުގެ ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭއިން ދައްކާ ގޮތުން މާލޭގައި ދިރިއުޅޭ އާބާދީގެ 74 ޕަސެންޓް އުޅެނީ ކުއްޔަށެވެ. އަދި ކުއްޔަށް އުޅޭ މީހުންގެ ހަރަދުތަކުގެ 37 ޕަސެންޓު ހޭދަކުރަނީ ދިރިއުޅޭ ތަނުގެ ކުއްޔަށް ކަމަށް ވެސް އެ ސާވޭއިން ދައްކާއިރު ކުލީގެ ބުރަ އާންމުންނަށް އޮތް ވަރު ފެނެ އެވެ.

83 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިރާ

25 October 2025

ނުވާނެ، އެއް ކޮޓަރި، ސިޓިންގ ރޫމް، ބަދިގެ ވަކިން ދީފަ ހުންނާނީ 8000 ރުފިޔާ އަށް، 2021 ގައި ދިން ގޮތަށް ކުއްޔަށް ބަދަލެއް ނުގެންނަން

The name is already taken The name is available. Register?

ކަކުނިބޯ

10 October 2025

ކުލި ލިފްޓްނެތި 3 ކޮޓަރި 25000 އަށް ކުލިހުއްޓާ އެއީ 2014 ހިސާބުގގއި ކުލި ތިރިވީ ތިންކޮޓަރި ލިފްޓްނެތި 15000ރ އަށް ސޯޝަލް ހައުުސިން ސްކީމުން ކުލި ކުޑަނުވޭތޯ އެއީ 2019 އިން އަދި އެގޭތޯ އިމާރާތްކުރާތަކެތީގެ އަގަށާ ދިވެހިން ބޭނުންވާފ3ންވަރަށް އައިބަދަލު ކުރީގައި 2.5 އަހަރުން އިންވެސްޓްމަންޓް ކަވަރ ވާއިރު މިހާރު 15އަހަރުން އިންވެސްޓްމަންޓްކަވަރ ވާނީ އަދި ބުނަން މިހާރު ބޭންކްލޯނުނަގައިގެން އިމާރާތުގެ 25% އަމިއްލަބޭނުންކޮށް 75% ލޯނުދެއކިޔަސް ސޭފްނޫން

The name is already taken The name is available. Register?

ސާދާ

09 October 2025

ސާދާ ދިރިއުޅުމެއް އުޅެން ދަސްކުރޭ. އޭރުން މާލެ އަންނާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

08 October 2025

ކުލީގެ ވާހަކަދައްކާއިރުކުލިނުދީ 6 މަސްދުވަސްވަންދެން އެބައުޅޭ! ނެރޭވޭނެ ގޮތެއްވެސް ނޯވޭ! އަސާސީ ހައްގަކައްވާތީ ކަރަންޓާ ފެންވެސް ކަނޑާލެވޭނެ ގޮތެއްނޯވޭ! ހަމަ ބޭނުން ދުވަހަކުކުލިނުދީ ތިބެންވީ! ކުއްޔަށް ދޭފަރާތައްވެސް އެޕާރޓްމަންޓް 6 މީހުންނަށް އެއްފަހާ ކުއްޔަށްދީ ފައިސާ ނަގާފަ އެބަހުރި! ދެން ދާންޖެހޭނީ ކޯޓައް މީހަކުނެރެން 1އަަހަރު އެބަނަގާ!6މީހުންނަށް އެއް އެޕާރޓްމަންޓް ކުއްޔަށް ދިނީމަ އެފައިސާ ހޯދަން1އަހަރު އެބަނަގާ!މިވަރުގެކަމެއްވެސްހައްލެއްނެތް

The name is already taken The name is available. Register?

ރފރއެައ

08 October 2025

މިއީ މިކަން ވާން ސަރުކާރުތަކުންވެސް ބޭނުންވާގޮތް.

The name is already taken The name is available. Register?

ޑރ ވާންޗޯ

08 October 2025

މާލޭގެ ކުލިކުޑަނުވެގެން އިމާރާތުގެ ވެރިފަރާތައް އެތިވަރުގޮވުމުގެ ބަދަލުގަ ސަރުކާރުތަކުން ލޯނުދޭގޮތައް ހަޅޭއްލެވުން ބުއްދިވެރި. 2000 އަކަފޫޓުގެ ބިމެއް 4 ބުރިއަށް ހެދުމައްޓަކާ މަދުވެގެން 10 މިލިއަންގެ ލޯނެއް ބޭނުންވޭ. ލޯނުލިބެނީ މަދުވެގެން %11 އިންޓަރެސްޓުގަ 20 އަހަރުން ދައްކާގޮތައް. އޭރުން މަހަކު 1 ލައްކަ ރުފިޔާ ލޯނައް ދައްކަންޖެހޭ.

The name is already taken The name is available. Register?

އަޅެ

08 October 2025

އަޖައިބެއް ފަހެ ނުވާނެތަ. ކުލި ދައްކުރެވޭނީ ހައުސިންގ ލޯން ތަކަށް އެނަގާ ބޮޑެތި ބިޔަ އަދަދުތައް ކުޑަކުރެވިގެން. ލޯނެއް ނަގައިގެން ގެ އިމާރާތްކޮށްގެން 20 އަހަރު ވަންދެން އެބަނަގާ މަހަކަށް 2 ލައްކަ ރުފިޔާ ބެންކަށް ދައްކަން ޖެެހޭ. ދެން ކުލި ކުޑަކޮށްގެން ކޯޗެއް ހެދޭނީ. ބޭކާރު ވާހަކަ ނުދައްކާ. އިމާރާތް ކުރުމުގެ ހަރަދު ކުޑަވާނެ ގޮތެއް ހޯދަބޭ

The name is already taken The name is available. Register?

ވޭންޑް

08 October 2025

5000 ރުފިޔާ އަށް ދޭ ތަން ތަން ބައިވަރު.

The name is already taken The name is available. Register?

ބަނޑުހަނޑޫ

08 October 2025

ހުޅުމާލޭން ބިން ދީފަ ތިބި މާލޭ މީހުންގެ އާއިލާއަށް ފުލެޓުވެސް ދޭން ނިންމި ހަބަރު އޮތް، ކޮންސްޓުރަކްޝަން މިނިސްޓަރު. ސަބަބަކަށް އޮތީ އެމީހުންނަށް އަދިވެސް އެ ބިންތަކުގައި އިމާރާތް ނުކުރެވޭތީޔޯ! އެހެންވީމާ ފުލެޓު ދީގެން ބޮޑު ކުލި ނަގަން އެ ހަވާލުކުރަނީ ފުލެޓުތައްވެސް ބިމަށް ކުފޫ ހަމަވި މާލޭ މީހުނަށް! އަހަރުން މައިންބަފައިން މުސްކުޅި އެވީ ކިޔަވަން އައިއްސުރެ މާލޭގައި އޮފީސްތަކުގައި އުޅެ. ރައްކާކުރެވުނު އެއްޗެއް ނެތް. ވަންނާނެ ތަނެއް ނެތް.

The name is already taken The name is available. Register?

ދިރާސީ އަހަރު

08 October 2025

މި ގޭގައި ދޫކޮށްފައި މިހިރަ ކުޓަރިތަކުގެ ކުލި ބޮޑު ކުރާނެ ދޯ މިވީގޮތުން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454