ޝުއައިބް އަލީ.
08 އޮކްޓޯބަރ 2025 - 15:04
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑި ޖަހަން ޖެހޭ ކަމަށް ބުނެ އިންޒާރު ދިން ޝުއައިބް އަލީ އަށް ފިޔަވަޅު ނާޅައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓި މައްސަލާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޒާޔާގެ ފޯނު ރޭ ހިފެހެއްޓީ ފުލުހުން ޓެގްކޮށް، އެ އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." ލިޔެ ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގަ އެވެ.
އޭނާ އިޝާރާތް ކުރީ އަންނަ މަހުގެ 17 ގައި އެމްޑީޕީން ބާއްވަން އިއުލާނު ކޮށްފައިވާ ބޮޑު އެއްވުމަކަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޒާޔާގެ ފޯނު ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:08 ހާއިރު އޭނާގެ ފޭސްބުކްގައި ފުލުހުންނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.
އެ މުޒާހަރާ އަށް އިޝާރާތްކޮށް ފޭސްބުކް ޕޭޖެއް ހިންގާ ޝުއައިބު ލިޔެފައި ވަނީ "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާ ނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ." ކަމަށެވެ.
އެ މައްސަލާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އެންމެން ވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަވާން ޖެހޭނެ ކަމަށް ބުނެ އެވެ. އަދި ޝުއައިބުގެ ޕޯސްޓުގެ ސްކްރީންޝޮޓެއް އާންމުކޮށް ފުލުހުން ޓެގްކޮށް، އޭނާ އެހެން ބުނެފައިވާކަން ފުލުހުންނާ ހިއްސާކުރީ ކަމަށް ބުނެފައިވެ އެވެ.
ބައެއް މީހުން ވަނީ ޝުއައިބް އެގޮތަށް ބުނުމަކީ ޓެރަރިޒަމްގެ އަމަލެއް ނޫންތޯ އާއި އޭނާއަށް ފިޔަވަޅު އަޅަނީ ކޮންއިރަކުތޯ ސުވާލުކޮށް ވަނީ ފާޑުކިޔައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައިވާތީ މީޑިއާ އިން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބުނެވެ. އެހެންވެ، ޝުއައިބަށް ގާނޫނީ ފިޔަވަޅު ނޭޅި ސަބަބެއް މިހާތަނަކަށް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝުއައިބު
10 October 2025
ކޮމެންޓްތަށް ކަލޭމެން މުޅިން ކޮށްފަ ހުރީ މަށާ ދެކޮޅަށް. ވީމާ ކަލޭމެނާ ދެކޮޅަށް އަހަރެން ދައުވާ ކުރަން ނިންމައިފިން
ވިކާޝް
09 October 2025
އަދުލް އިންސާފެއް ނެތް
ސިލްމާ ޒާހިރު
09 October 2025
މަރަން، ކަރުބުރިކުރަން، އަންދާލަން ވަކި ބަޔަކު ގޮވީމާ ފުލުހުން އެބަޔަކު ހައްޔަރު ނުކުރަންޏާ އެ ބުނެވެނީ ވަކިބަޔަކަށް ޤާނޫނު ނުހިނގައޭ!
ކަނބުލޮ22
09 October 2025
ޝުއައިބު ތިޔަހެން ބުނެގެން ފިޔަވަޅުއަޅަންޏާ މިރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ފިޔަވަޅު އަޅަންޖެހޭނެ. ތިޔަ ކަމުގަ އޮތް ތަފާތަކީ އެމްޑީޕީ ގޮއްޔެ ބުނެފާއޮތީ ފުލުހުންގެ ލޮލަށް މިރުސްޖަހާ ވާހަކަ. ވީމަ އޭނަގެ ފޯނު އަތުލަންޖެހުނީ. އެމްޑީޕީއެއް އަދި އެހެން ބަޔަކަށްވެސް ފުލުހުން ލޮލަށް މިރުސްޖަހަން ގޮވަންޏާ ފިޔަވަޅުއަޅަންޖެހޭނެ. ޝުއައިބު ގޮވި އެެއްޗަކަށް ފިޔަވަޅުއަޅަންޏާ ރައީސް ނަޝީދު ބަޔަކު ތަޅަން ނެރޭ ވާހަކައަށްވެސް ފިޔަވަޅުއަޅަންޖެހޭނެ.
އަފްގާނިސްތާން
09 October 2025
ޢަފްގާނިސްތާން ކުދިން ހަމައިގަތަ. ޝުއޭބު ގޮވީ މީހުން މަރަން.
އަލޮމް މިއާ
09 October 2025
ކަލޭމެން ރަދީފު ހުޅުވައިގެން އުލުބޭންދުން ހޯދިގޮތަށް ބަޑިޖެހުމުގެ މާނަވެެސް ހޯދާލަބަލަ
ވަރަށް ހުތުރު
09 October 2025
ނޫނު ހެބަދޫ ރައްޔިތުން ކައިރި މީނަގެ ހަސީލަތް އަހާލާންދެ
ސދފސ
08 October 2025
މީޑިޔާބިލުގެ ބޭނުމަކީ ސިޔާސީވެރިން ފަހަތުންދުވުންދޯ؟ މިހަލަމީހުންނަށް ބޭނުންއެއްޗެއް ލިޔެވޭ؟؟!
ޯސޮެޮޮެ
08 October 2025
ސުއޭބު ތީ ފޭސްބުކުގަ ލައިކު ހޯދަން ދުވާ ބޮޓެކޯ
ކަމަކުވާ
08 October 2025
"މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާ ނަމަ.... އެހެންވީމަ މީގަ މައްސަލައެއް އެބައޮތްތަ ؟
އާދަނު3
08 October 2025
މުޒާހަރާކުރާކަށް ވަކިގޮތަކަށް ހުއްދައެއްނުދެވޭނެ، ޤާނޫނު އަސާސީގައި އޮންނަ ކޮންމެގޮތަކަށް މުޒާހަރާކުރެވޭނެ. ކޮން ހުއްދައެއް.! ޤަވާއިދާ ހިލާފަށް އުޅޭމިހުންދެން؟
ޙޭބަލި ފުޅު
09 October 2025
ގާނޫނާ،ހިލާފުވެގެން ބަނޑިތަޅާ،މަރާކަށް ނޯންނާނެ!!! ހިލާފުވީމަ އޮންނަ ޕެނަލްޓީ ލިޔެވިފަ އޮންނާނެ ނޭގެންޔާ ކިޔާބަލަ
ޖަމީލް އުސްނާދު
09 October 2025
މައްސަލަ ވިސްނޭ ވަރަށް ވުރެ ވެސް ކޮއްކޮގެ ޙާލު ދެރަ.
ގެދޮރޭ
08 October 2025
ޝުޢައިބަކީ ޢިލްމެއް ނެތް މީހެކޭބުނީ ކާކު? ޢިލްމު ލިބިފަހުއްޓަސް ތިބޭނެ ދެއުޅިއެއްނުވާ މީހުން. ޒަމާނީގޮތަށް ބުނާނަމަ ނަރުކެނޑިފަ ތިބޭމީހުން. ޤާނޫނާ ޚިލާފުކަމެއް ކުރާއިރަށް ބަޑިޖަހަން މީ ޑުޓާޓޭތަ? ނަރު ކެނޑިފަ ނޫނީ ބައެއްނަރު ނުގުޅި އެ ހުރީ. ދެން ސަރުކާރުކޮޅަށް.ބުރަވެ ވާހަކަދައްކަންޏާ އެމީހަކު ކުށްވެރިއެއް ނުވާނެ. ގެޓު ދޯ މިހާރު.
އެޔަހޫދި ކަމާއެވެ
08 October 2025
ހިސާބަށްވުރެ ޖާހިލީ