ސަރުކާރާ އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދު.
09 އޮކްޓޯބަރ 2025 - 10:21
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުކޮށް، ސަރުކާރާ އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ ރޭ ދަންވަރު އެވެ.
ޝިމަން ހުއްޓުވައި ބަލައި ފާސްކުރުމަށް ފުލުހުން ހޯދި އެ އަމުރުގައިވާ ގޮތުގައި، އޭނާގެ ފޯނު ހިފެހެއްޓީ ރައީސް އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.
ފޯނުގައި ހުރި ޑޭޓާ ތަހުލީލުކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސްވުމަށް ބޭނުންވާ ޕާސްވޯޑްތަކާއި ޕެޓާންތައް، އަދި އެކްސެސްވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ޝިމަންއަށް އަމުރުކޮށްފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން މާލޭގައި ޒުވާނުން ކުރި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޝިމަން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެ އެވެ.
އެ މައްސަލާގައި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ދައުވާނުކޮށް ދޫކޮށްލަން ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ވެސް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ވަނީ ޝިމަންއަށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުސަން ފަލީ
10 October 2025
މިކަހަލަ ލޯބި ކަބުލޮއެއް ވިއްޔާމުން ހުންނާނީ އެމްޑީޕީ ފިކުރު! ޔާނު މެން... މެން އެބަޖެހޭ މިކުދިން ޕާޓީ އަށް ޢެޓްރެކްޓް ވާނެ ފޯމިއުލާއެއް އަވަހަށް ހޯދަން 2028 އަށް
ކަނބިލި
10 October 2025
އިދިކޮޅުން ވެރިކަމަށް އައުމުން ސިިޔާސީ ޖޮބެއް ކަށަވަރުވީ. މިއީ ރާއްޖޭގައި ޒުވާނުން ބޭނުންވާ ގޮތް. ތައުލީމެއްނެތި ވަޒީފާ ކަށަވަރުވީ. ހުރިހާ ސަރުކާރެއްގައި ވެސް ތިބި ސިޔާސީ ލީޑަރުންގެ ހާލު އެއްގޮތް.
ޞަލަމް
10 October 2025
ފޯނުދޯ އިންޒާރު ދިނީ. ޓެރަރިޒަމް ކުށުގަ ފޯނު ޖަލަށްލާ 15 އަހަރަށް
އަޅި އަލީ
09 October 2025
ވަރަށް ރީތި ކުއްޖެއް!
ހުތރެ
10 October 2025
އެކަމަކު އަދަބެއް ސަދަބެއް ނެތް؟!
އައިސަން
09 October 2025
ކޮބާތަ ދިން އިންތިޒާރަކީ؟ އިންތިޒާރަކަށް ވީގޮތް ކިޔާބަލަ
އަފުން
09 October 2025
އެމްޑީޕީއަކީ އަބަދުވެސް ޒުވާނުން މަގުފުރައްދާ ޕާޓީއެއް.
ސަނީސައިޑްބޮންޑް
09 October 2025
ބޯހުރިމަންޖެއެއް. ތަޢުލީމީގޮތުން ކުރިޔަށްދިއުމުގެ ބޭނުމެއްނެތްއަސްލު. ޅައުމުރުގަ މިހެންއެއްވުންތަކަށްގޮސް އެކްޓިވިސްޓްކެރިއަރުގަ ކުރިއަށްގޮސް އެންމެ ރަނގަޅުވަގުތުގަ ކޮޅުބަދަލުކޮއްލާއިރަށް އުމުރުން 20-25 އަހަރުގަ ޑެޕިއުޓީ މިނިސްޓަރުކަންޔަޤީންވީ. އެހިސާބުން މާސްޓަރސް އަދި ޕީއެޗްޑީ ހަދައިގެން ދުރުވާބޭފުޅުން ވެލިގަލަށްދާންޖެހޭނީ.
ސާރު
09 October 2025
އެންޑީޕީން މިކަހަލަ ޒުވާން ރީތިކުދިން މަގުފުރެއްދުންނޫންކަމެއް ނުކުރާނެ. މިކުދިންގެ މުސްތަގުބަލުވެސް ހަލާކުކޮށްލާނެ
އައިރާ
09 October 2025
އެމްޑީޕީ އެއް އެހެން ޑީޕީ އެއް ނޫން... ސިޔާސީ ޕާޓީތަކުން ޒުވާނުން ހަލާކު ކުރަނީ
ޖަލާލު
09 October 2025
ޝުއައިބުގެ މައްސަލަ ނުބަލަންތަ. އޭނެ އެހެރީ އެތައްބައެއް މަރަން ގޮވާފަ.
ވާއި
09 October 2025
ވެރިކަމަށް އަންނަން ކިޔަވާނީ. އަދި ކިރިޔާ މީހަކަށް ތިވަނީ، ދެން އަންނަ ސަރުކާރެއްގައި މަގާމެއް ދޭންވާނެ