ހުޅުމާލޭގައި ހުންނަ އެމްޕީއެލްގެ ޕޯޓް ސަރަހައްދު: ގެއްލުނު ސިނގިރޭޓުގެ މައްސަލަ ފުލުހުން ތަހުގީގުކުރާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 އޮކްޓޯބަރ 2025 - 18:10
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެމްޕީއެލް އިން ވެސް އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޕީއެލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެ ކުންފުނީގެ ހުޅުމާލެ ޓާމިނަލް އިން ގެއްލިފައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައަކީ ފުލުހުންގެ ތަހުގީގުގެ މަރުހަލާގައިވާ މައްސަލައަކަށް ވުމާ އެކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް އެމްޕީއެލުން ބުންޏެވެ.
"އަދި، މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ވެސް އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދާކަން މީޑިއާގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެ ކުންފުނިން ފޮނުވި މެސެޖުގައި ބުންޏެވެ.
އެމްޕީއެލުން ބުނީ މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާ އެއްގޮތަށް އެ ކުންފުނިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ތަންފީޒު ކުރާނެ ކަމަށެވެ.
ގެއްލިފައި ވަނީ ސައުދީގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެ އަށް ވަގަށް އެތެރެކުރި ދެ ކޮންޓެއިނަރުގައި ރައްކާ ކޮށްފައިވާ ސިނގިރޭޓްތަކެކެވެ.
އެއީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ކަމަށް ވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ އެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު، އެ ދެ ކޮންޓެއިނަރު ހުޅުމާލެ ބަނދަރުގައި ބެހެއްޓީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ހަވާލުގަ އެވެ. އެމްޕީއެލްއާ އެ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން، ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރެޓްތައް ނައްތާނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ތަހުގީގު އަދިވެސް ކުރިއަށް ދަނީ. އޭގެ ތެެރެއިން ބައެއް ކަންކަން މިހާރު ވާނީ ޕީޖީއާ ހަމައިގައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިނގިރެޓް ކޮންޓެއިނަރުތައް ނެތް ކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. އެ ހިސާބުން މައްސަލައިގެ ތަހުގީގު ފުލުހުންނާ ގުޅިގެން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
12 October 2025
މިވަރުގެ ކަމެއްް ހިންގޭނީ ވަރަ ށްބޮޑު ބާރަކާ ނުފޫޒު އޮތް ބަޔަކަށް. އެކަން ޔަގީން. ކިހިނެތް 40 ފޫޓު ކޮންޓެއިނަރުގެ މުދާ ހަމަ ހުރެފަ ގެއްލޭނީ. ދިވެހި ފިލްމެއް ކުޅެން ރަގަޅު ސްޓޯރީ އެއް.
ޑރ ވާންޗޯ
10 October 2025
މީމިކަމުގެ ހަބަރެއް ނޫސްތަކައްއަރާނެ ފަހުފަހަރު، މިހިސާބުން ދެން މިވާހަކަވެސް ހިނދުނީ. އެޗްޑީސީގެ ހަބަރެއް މިހާރުވޭތަ؟. ކޮންމެރެޔަކު އެއިންނަވަނީ ހަރުގޭގަ އަތްޖަހަން.
ކިހާ
10 October 2025
ޑިއުޓީ ނުދައްކާ ވިއްކާނަމަ މި ކިޔަނީ ސާތޭކަ މިލިއަން ރުފިޔާގެ ފައިދާ ވާނެ މުދަލެއްގެ ވާހަމަ.
ލަކުޑިބޯ
10 October 2025
ދެންއަންނަ ސަރުކާރެއް ހިފަހެއްޓުމަށް އުފަންވި ރަނގަޅު ސްޓޯރީޢެއް!
އާލަމާގެ
10 October 2025
ކަސްޓަމްސް ވެރިންގެ ނާގާބިލް ކަން ތިފެންނަނީ، ކަސްޓަމްސް ގާނޫނުގަ ބަޔާން ކޮއްފަ އޮވޭ ކަސްޓަމްސްގެ ޒިންމާތައް. ނަމަވެސް ކަސްޓަމްސްގެ ޒިންމާތައް ދޫކޮއްލީމަ ބަންދު ގަޑީގަ މުޅިންވެސް ވވ ކުރުން އޮންނަނީ. މާލެ ، އެއާރޕޯޓް ، ތިލަފުށި،
ީސިސި
10 October 2025
ވވ ކުރުމަކީ ކޮބާ؟ ކަލޭމެންގެ ކޯޑު ބަހުރުވަ އެންމެނަށް އިނގޭނެތަ؟؟
ކުރީ ސަރުކާރު އަހުމަދު
10 October 2025
ތީ ކުރީ ސަރުކާރު އޮތީމަ ވީ ގޮތެއް ވައްކަމާ ކޮރަޕްޝަން ނޫން ކަމެއް މިގައުމުގެ ސަރުކާރުތެރޭގައި އެބައޮތްތޯ؟ ޥަކި މިވަނި ސަރުކާރެކޭ ބުނާނެ ބައެއްނެތް ރަނގަޅު ކުރަން އަންނަ މީހުންގެ ހާލަތުވަނީ އިހުނަށްވުރެ ގޯސް!!!
ޢަތޫ
10 October 2025
ރަތްޔިތުން ދޯ ތީގެއިން ކޮންމެ ސަރުކާރެއް ވެސް ބޮލައް ލައިގެން އެވަރުގެ ބައެއް ނެތިގެން ތެޅި ބާލަނީ.
ނަނަމަ
10 October 2025
އެމްޕީއެލް އިންވެސް ތަހުގީގެއް ހިންގަނީއޭ.. ބޯ ހަލާކު.. އެތެރެއިން ކުނިޥެފަ އޮތް ކުންފުންޏަކުން ކޮން ތަހުގީގެއް ހިންގޭނީ..
ދައުރު
10 October 2025
ސިޔާސީ ގޮތުން ބާރުގަދަ އަޑުގަދަ ބައެއްގެ ދައުރެއް ނެތި ހިނގައިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
އެތަން މިތަނުން
10 October 2025
މުޅހޮންވެސް ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަން، ދަދެއް ފަހެ ގަންނަ މީހަކު އެބަ ހުރި ހެއްޔެވެ؟
ރައުޔު
10 October 2025
މުވައްސަސާތަކުގައި ތިއްބެވި ވެރިންގެ ޤާބިލުކަން