މަސްދޯންޏަކުން މަސްކިރުމުގެ މަސައްކަތް ކުރަނީ: މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް މިހާރު ވަނީ އައްޔަންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 އޮކްޓޯބަރ 2025 - 19:19
މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ މެމްބަރަކު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީވެ، އެ މަގާމަށް ބޭފުޅަކު މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ.
މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރީ ގދ.ތިނަދޫ، ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފެވެ. އޭނާއަކީ ތިނަދޫގެ މަސްވެރިއެކެވެ.
މީގެ ކުރިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯ އަކީ ސީދާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރީ މި ސަރުކާރު އައި ފަހުން ޑިސެމްބަރު 2023 ގަ އެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިފްކޯ ތަރައްގީ ކުރުމުގަ އާއި ކުންފުނީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި ކުންފުނީގެ ޕްރޮގްރާމުތައް ހިންގުމުގައި ވެސް މަސްވެރިން ސީދާ ބަސް ކިޔައި، މަސްވެރިންގެ ހައްގުތައް ހޯދުމުގައި އެ މީހުން ބާރުވެރި ކުރެވޭނެ އެވެ.
އެގޮތުގެ މަތިން މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ މެމްބަރަކު އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލީ ޑިސެމްބަރު 28، 2023 ގަ އެވެ. އެ މަގާމަށް ކުރިމަތިލާނެ މީހަކު ނުވެގެން އޭގެ ފަހުން އެކި ފަހަރު މަތިން އިއުލާން ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެދެއްތަ؟
10 October 2025
ތިޔަ މީހެއްގެ ފޮޓޯ ހާމަ ނުކުރަނީ ކީއްވެތޯ.؟ އަޑުއިވެނީ އުމުރުގެ ބޮޑުބައި މަސްތުވާތަކެތި ވިއްކުމުގައި ހޭދަކުރި މީހެއް ކަމަށް...
ދެހެލަވީ
10 October 2025
ސައްޚަ ނޫން މަޢުލޫމާތު!
އަސް
10 October 2025
ބޯޑްގެ މާބޮޑު ރޯލެއް ނޯންނާނެ ރާއްޖޭގެ ކުންފުނިތަކުގަ، އެތަންތަން ހިންގާނީ ވެރިންނާ މަޖިލިސް މެމްބަރުން ބޭނުން ގޮތަކަށް. މީ ވަރަށް ބޮޑު މައްސަލައެއް ކޯޕްރޭޓް ލެވެލްގަ
މިސްލިހާން
09 October 2025
ކުންފުނީގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ ޑިރެކްޓަރަކު އައްޔަންކުރި ގޮތަށް އާއްމު ރައްޔިތުން ތަމްސީލުކުރާނެ ޑިރެކްޓަރެއްވެސް ބޭނުންވޭ، މިފްކޯއިން ކަނޑައަޅާ މަހުގެ އަގަކީ އޭގެ ސަބަބުން އާއްމު ރައްޔިތުންނަށް ސީދާ އަސަރުކުރާނެ ކަންކަން،