ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ފުނަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
16 އޮކްޓޯބަރ 2025 - 00:07
އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުނަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ތައުލީމަށާއި ސިއްހީ ދާއިރާއަށް އެންމެ ބޭނުންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
އަންނަ އަހަރު ތައުލީމީ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާކަން ވެސް ރައީސް މިރޭ އިއުލާންކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރެެއްވުން.-- ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫއުގައި އެ ކުދިންނަށް ތައުލީމް ހާސިލްކުރެވޭނެ ގޮތާއި ހާއްސަ ކްލާސްރޫމްތައް ވެސް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތުގައި، ރާއްޖެއިން ނުހެދޭ ޓެސްޓުތައް ހެދުމަށާއި އޮޕަރޭޝަންތަކާއި ޑޮކްޓަރަށް ދައްކަން ބޭރަށް ދިއުން މަދުކުރަން ރާއްޖޭގައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެެއްވުން.-- ފޮޓޯ: ރައީސް އޮފީސް
"އެހެންވީމާ އަޅުގަނޑުމެން ގާތްގަނޑަކަށް ތިން ބިލިއަން، 3000 މިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަޅުގަނޑުމެން އަލަށް ފަށާ މިދެންނެވި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަންނަ އަހަރުގެ ބަޖެޓް ހާއްސަ ކޮށްފައި ވަނީ ބޯހިޔާވަހިކަމުގެ އާ، އިތުރު މަޝްރޫއުތައް ހިންގާނެ އަހަރަކަށާއި އަދި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ދުވަހަކު ވެސް ނުދޭހާ އިސްކަމެއް ލިބިގެންދާނެ އަހަރަކަށް."
ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަަރަށް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. މިހާ ކުރިއާލައި ބަޖެޓުގައި ހިމަނާނެ ކަންކަމުގެ ވާހަކަ ދައްކަވަނީ ރައްޔިތުންނަށް އެ ކަންކަން ދާ ގޮތް ސާފުކޮށްދެއްވަން ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ނިހާމް
16 October 2025
ތަރައްގީ މެކުހަށް. ރައްޔިތުން އެއްމެ ބޭނުންވާ ކަންކަމަށް އިސްކަން ދީގެން މިގެންދަނީ ކުރިޔަށް. މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް މައްޗަށް ދާނެ
ނާޑުވާ
16 October 2025
ބޯހިޔާވަހިކަމުގެ ބަޖެޓް ހުސްވިއިރު ކުރެވުނު ކަމެއް ފެންނާކަށް ނެތް.
އަންދަލޫސިޔާ
16 October 2025
މިއަހަރު ވެސް ބަޖެޓްކުރި 4 ބިލިޔަން. މިއަންނަ އަހަރު 3 ބިލިޔަން؟ 4 ބިލިޔަން ބަޖެޓްގައި ޖަހާފަައި ވެސް ހިންގީ 1 ބިލިޔަންގެ ޕްރޮޖެކްޓް. ވެރިކަމަށް 2 އަހަރު ވަނީ އަޅާ ނިންމާފައި ހުރި ފްލެޓްތަކެއްގެ ލިސްޓަށް 390 މީހުން އިތުރުކޮށް ވަގަށް ބަހާލުން ނޫން ކަމެއް ނުވޭ!
1828
16 October 2025
2026ގެ ވާހަކަ 2025ގައި ކީއްކުރަތަ ތި ދައްކަނީ؟
އަސަރަފަ
16 October 2025
2025 ވަނަ އހަރު މީ ބޯހިޔާ ވަހިކަމުގެ އަހަރޭ ކިޔާ މަޖްލިސް ހުޅުވި ދުވަހު ވަރަށް ފޮނު އެރުވި
ތަމެންދޯ
16 October 2025
މަޖީދިއްޔާ ސްކޫލް ބާވެ ބޮލަށް ވެއްަޓެނީ އެކަމަކު 100 އަހަރު ފުރެނީ އެ ސްކޫލް ނޫންތޭ ފުރަތަމަ 150 ބުރި އަށް ނަގާ ކޮލެޖް ހިމެނޭ ގޮތަށް ހަދަންވީ އެ ސްކޫލްގެ ބިމެއް ނަގާ ޕަާރކިންގް އަށް ދިނުން އެއީ ތައްލީމަށް އެއްވެސް ލޯތްބެއް އެމްޑީޕީ ސަރުކާރުގައި ނެތް ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ ޒަކާތް ފެށެން ޖެހޭނީ ގޭތެރެއިންނޭ ތަމެން ތިޔާ ކުރާ ކަންކަމުން ގައުމު ދަރާވިކި ބަނގުރޫޓު ވާނީ އެނޫން އެއްކަމެއް ވެސް ނުވާނެ..
1828
16 October 2025
މާލެ ނޫން ގޮތެއް
ސަސި
16 October 2025
އަދިވެސް އެބަހުރިތަ ކުރަން ނުބުނެވޭ ކަންކަން؟ މަ ހީކުރީ މިހާރު ނިމިދާނެ ކަމަށް.
ބަނޑަހަގެ
16 October 2025
ކޮބައިތަ މިއަހަރުގެ ގެދޮރުވެރިކަމުގެ މަސްރޫޢުތައް، އަދި ހަމަ ސޮއިކުރުން އެކަނި މިދަނީ ކުރިއަށް، މިސަރުކާރުގެ އެއްވެސް ރޯހައިސްއެއް ފްލެޓެއް ބިމުން މައްޗަށް އަރާބާ އެބަ؟
ހަމްދާ
16 October 2025
އަންނަ އަހަރު އަންނާނެ ދުވަހެއްނެއް.
ޢަރުތަ
16 October 2025
2024 އަދި 2025 ގަ ހިންގަން ވައުދުވި މަޝްރޫޢުތަކަށް ކަނޑައެޅި ބޮޑު ބަޖެޓުން ކުރެވުނު، ނިންމުނު މަޝްރޫޢުއަކީ ކޮބައިބާ!؟
1828
16 October 2025
ވަޢުދުވުން