ބަނގުރާފުޅިތަކާ އެކު ހުޅުމާލެ 1 އިން ހައްޔަރުކުރި ބިދޭސީން.-- ފޮޓޯ: ޕޮލިސް
26 އޮކްޓޯބަރ 2025 - 12:23
ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ 1 އިން ރޭ ދަންވަރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ރަށުތެރެ ޕެޓްރޯލްކުރަން ނުކުމެ އުޅުނު ފުލުހުން ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގުލަދޭޝްގެ ދެ މީހުން ކަމަށްވާ އެމްޑީ ރިޔާސުއްދީން، 19، އާއި އެމްޑީ އަޝްރަފުލް އަލަމް، 27، އަދި ޕާކިސްތާނު މީހެއް ކަމަށްވާ ޔާސިރް ހަމީދު، 24، އެވެ.
ބިދޭސީންގެ އަތުން އަތުލައިގަތް ބަނގުރާފުޅިތައް.-- ފޮޓޯ: ޕޮލިސް
ފުލުހުން ބުނި ގޮތުގައި، ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވެ އެވެ.
އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
26 October 2025
ތިޔަ ފުޅިތައް އަތުލާފަ ތިމީހުން އަވަހަށް ގަވާއިދަށް ފައްތާ. ހީވަނީ މިގައުމުގެ ސަރުކާރަކީ ބަންގާޅީންގެ ބަލަދުއަރާފަ.
ޢަލީ ކުރުސީ
26 October 2025
ހަމަ ދިވެއްސަކު އަޑިގައި ނުހުރެ ބިދޭސީން އެކަނި ކޮށްލާ ކަމެއްގޮތަށް މި ދައްކަނީ! މިވެރިން ޑިޕޯޓްކޮށްލާ އިރަށް އެހެން ބަޔަކުލައްވާ މިކަން ކުރުވާނެ!
އެމްޑީ މިއާ
26 October 2025
ނަމުގެ ކުރިއަށް އެމްޑީ ލީމަ ހުރިހާ ކަމެއް ހަމަވީ
ސިންތި
26 October 2025
ގަވައިދުގެ ތެރެއަށް ނުވައްދަ ޑީޕޯޓް ކުރަންވީ.
ކޮރަލް
26 October 2025
ހަށި ވިއްކާ ތަންތަން ވ ގިނަ އެވެ. އުޅެނީ ބިދޭސީންނެވެ. ބައެއް މީހުން މުސާރަ އާ ކުއްޔަށް ދީގެން ލިބޭ ހުރިހާ ފައިސާ އެއް އެބަ ހުސް ކުރެ އެވެ. މިކަން ވެސް ބަލާލަ ބަލާށެވެ.
ދެ ނަމުގައި ކޯކު
26 October 2025
މި ބުރޭންޑުގެ ފުޅި މި ވެރިން މި ގެންގުޅެނީ ކިޔެއްވެހޭ؟ އެބަ ޖެހޭނު މިވާގޮތެއް ބަލަން! ފުޅިޔަށް އަޅަންޏާ ހުންނަނީ މި ބުރޭންޑު ފުޅިޔަށް އަޅާފަ