ވަގަށް ނެގި 20،000 ޑޮލަރު: ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ އެ ތަކެތި ފުލުހުން ވަނީ ހޯދާފައި --- ފޮޓޯ/ޕޮލިސް
26 އޮކްޓޯބަރ 2025 - 15:54
ހުޅުމާލޭގައި ބިދޭސީންތަކެއްގެ އަތުން ވަގަށް ނެގި 20،000 ޑޮލަރު (300،000 އަށް ވުރެ ގިނަ ރުފިޔާ) ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 2:40 ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ދިރިއުޅޭ ސައިޓެއްގައި އޮތް ދަބަހަކުން 20،000 ޑޮލަރާއި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓްކުރި ކަމަށެވެ.
އެ ތަކެތި ހޯދުމަށް ފުލުހުން އެ ސަރަހައްދު ފާސްކުރަމުން ދިޔައިރު، ގެއްލުނު 20،000 ޑޮލަރާއި ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށާއި އަދި ފެނުނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ނަމަވެސް، މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ 33
27 October 2025
ތިއޮތީ ކަމެއް ކުރެވިފަ. އަދިވެސް ވާހާ ދުރު ދުރުގަ އަތުރާލިނަމަ ފޮޓޯގަނޑު ސަޅިވާނެ. މިސާލަކަށް ޕްލައިވޫޑްތަކެއް އަތުރާފަ ކޮންމެ ޕްލައިވޫޑަކު 100 ޑޮލަރުގެ ނޫޓެއް. އޭރުން ދެން ބުނާނެކަމެއް ނެތް. ވާއޯ. އެހެންނާ ދެން އެއީ އާދައިގެ 2 ބޮނޑި 100 ނޫޓުގެ 100 ގަނޑުގެ. ކޮބާ ޒުވާނަކު ގެނައި ވޭޕްތައް. އެވާހަކަ އެ ނިމުނީ.
ވެންގަބޯ
27 October 2025
ތިދަބަސް ހޯދި ހެން އެމީހުން ވެސް ހޯދޭންވާނެ ކުޑަކުދިންގެ ކައިރީގައި ދައްކާކަހަލަ ވާހަކަތައް ތިދައްކަނީ !
ކެނެޑީ
27 October 2025
ދެން ތިޔަޑޮލަރުތައްވެސް ތިލަފުށީގަ އަލިފާންޖަހާ ނައްތާލަނީތަ؟ އެހެންޏާ ވަގު ކިޔައިފިޔާ ވަރަށް ފޯރިހުންނާނެ ކޮންމެ މުދަލެއްވެސް ނައްތާލަން
ޑޮލަރު
27 October 2025
20،000 ޑޮލަރު މިހާރު ރޭޓުން 400،000 ރުފިޔާ
ކަންސަ
27 October 2025
ފުލުހުން ވަރަށް އެކްޓިވް ވެއްޖެ. ރަނގަޅު މީހަކާ ތަން ހަވާލުވީމާ ކަމަށް ބެލެވެނީ. ރަނގަޅިއްޔާ ރަނގަޅުކަން ފާހަގަ ކުރަންވާނެ. މުޖުތަމައު މިއޮތީ ވ ބޮޑަށް އިސްލާހަށް އެދިއެދި
ކޮރަލް
26 October 2025
ވ ގިނަ ތަކެތި ހޯދާ ދުވަސް ކޮޅެކެވެ. ނަގާ ބަޔަކު ނޭނގެނީ އެވެ.
އަފްރާސިޔާބު
26 October 2025
ވަރަށް ސިއްރުވެރިފަރާތެއްދޯ އެއީ. އާނ ފޮރުވާންވާނެ.
ހަމަދު ސަލީމް
26 October 2025
ބިދޭސީ މީހާ އެ ވިހިހާސް ޑޮލަރު ހޯދިގޮތުގެ ތަހުގީގެއް ނުކުރަންތަ؟
އަލީމްބެގެ ކޮއްކޮ
27 October 2025
ދުނިޔޭގައި ލެއްވި ހުރިހާ ކަމަކާ ނުބެހިބަލަ
ޢަރުތަ
26 October 2025
ދިވެހި ފުލުހުންނަކީ ޤާބިލު ބައެއް، ހަމަ ސެލިއުޓް ކުރަން.
މުލުވަގު
26 October 2025
ވައްކަމުގެ ޚަބަރެއ ނެތް ދުވަހެއް ނުދޭ. މަސްތުވާތަކެތީގެ ޚަބަރެއް ނެތް ދުވަހެއް ނުދޭ. އެކަމަކު އެންމެންނީ ވަރަށް ތެދުވެރި އިސްލާމުން! ކޮންމެ މީހަކު ވަރަށް އަޑުގަދަކޮށްފައި އަޑަށް ބާރުލާފައި އަނެކާއަށް ވަގަށް ގޮވާފައި ތިމަންނާ މިއީ ހުދުފޮތިކޮޅެއްހައި ސާފު މީހެކޭ ބުނާނެ. ދުވަސްކޮޅެއް ނުވާނެ ދެން ފެންނާނީ އެ މީހާގެ މި ޒާތުގެ ޚަބަރެއް.
އަދުވެ
26 October 2025
މުލުވަގު ތިދައްކަނީ ހަމަ މުލުވަގު ދައްކާ ކަހަލަ ވާހަކަ
ދެދެދ
27 October 2025
ވަރަށް ތެދުވެރި އިސްލާމުން އުޅެނީ ފޭސްބުކްގަ، އަމަލުން ހަމަ 0