ވީއައިއޭގެ އާ ޓާމިނަލްގައި ހުންނަ ބީއެމްއެލްގެ ކައުންޓަރު: ފޭރުނު އެންމެ ޑޮލަރެއް ވެސް މިހާތަނަށް ފެނިފައި ނުވޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ނޮވެމްބަރ 2025 - 13:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފޭރުނު ސްޓޫ ކޭހުގައި ހުރި އެންމެ ޑޮލަރެއް ވެސް މިހާތަނަށް ފެނިފައި ނުވާކަން އެނގިއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، މިދިޔަ މަހު 27 ގައި ހިންގި ފޭރުމާ ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އައި ނަމަވެސް ވަގަށް ގެންދިޔަ އެއްވެސް ފައިސާއެއް މިހާތަނަށް ނުފެންނަ ކަމަށެވެ.
ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައި އަތުލައިގަތް ފައިސާ ހުރި ސޫޓް ކޭހުގައި 130،000 ޑޮލަރު ހުއްޓެވެ.
އެ ސޫޓް ކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ޖެހޭ ޑޮލަރެވެ. އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓްކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.
އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުން އެއާޕޯޓުން ފުރައިގެން ދިޔަ ލޯންޗު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ އެންމެން ވެސް އިއްޔެ އިން ފެށިގެން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ހަތަރު މީހުން ވެސް ހައްޔަރުކުރީ ކ. ހުރާއިންނެވެ.
ނަމަވެސް އެ މީހުން ހުރައަށް އެރި ވަގުތު އެ މީހުންގެ އަތުން ސުޓްކޭހެއް ނުފެންނަ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވެ އެވެ. ފޭރުނު މީހުން އެ ދުވަހުގެ ހެނދުނު 8:45 ހާއިރު ކަމަށް ވާއިރު އޭގެ ކުރިން އެ މީހުންގެ ހަރަކާތްތަކުގެ އެއްވެސް ތަފުސީލެއް މިހާތަނަކަށް ނޭނގެ އެވެ.
އެ މީހުން ފޭރުނު ކަމަށް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށެވެ.
1. މާޒިން މޫސާ، 25، / ރޭޝަމް، ލ. މާވަށް
2. އަހުމަދު ރައިހާން ނައީމް، 20، / މ. ކޯރަސް، މާލެ
3. އިބްރާހިމް އަނޫފް، 24، / އަޅިވިލާގޭ، ކ. ގުރައިދޫ
4. ހުސައިން ޝަހުދު، 30، / އަޅިވިލާގޭ، ކ. ގުރައިދޫ
ޑޮލަރުގެ ފޭރުމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން.-- ފޮޓޯ: ޕޮލިސް
މޫނު ނިވާކޮށްގެން ތިބެ، ވަޅިން ބިރު ދައްކައި ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ފޭރިގަތް އެމީހުން ދަތުރުކުރި 12 މީހުންގެ ޖާގައިގެ ލޯންޗު ހުރައަށް ދިޔައީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ޑޮލަރު ފޭރިގަތް ވަގުން ޓާމިނަލަށް ފޭބީ ކާރަކުން ކަމަށްވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައިވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ކުރިން ކިޔައިދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕާޓޭބޮސް
04 November 2025
ތިޔަޑޮލަރތައް މިހާރުހުންނާނީ ދޫކޮށްލީމަގޮސް ނަގަން ވަޅުލާފަ. އަވަހަށް ޑޮލަރތަކަށް ޣައިބަށް ކަށުނަމާދުކޮށްފަ ތިޔަމީހުން އަވަހަށް ދޫކޮށްލާ. 50 50 .
ޑރ ވާންޗޯ
04 November 2025
ކޮންމެ ޑޮލަރެއްގެ ފަހަތުގަ ޕޮލިހަކު ނުބެހެއްޓީމަ އެއޮތީ 20 އަރާފަ. މިހާރު ދެން ކޮންމެ ޕޮލިހެއްގެ ފަހަތުގަ ޑޮލަރެއް ހުރިތޯބަލާބަލަ.
ކެޔޮޅު
04 November 2025
ތީގެ އެކްސްޗޭންޖު ކަނޑު މަތިން ނިންމާފައި ވާނީ.. ކަނޑުމަތިން އެހެން އުޅަނދަކަށް އެ ބްރީފްކޭސް ބަދަލުކުރުމަށް ފަހު އެ މީހުން ހުރައަށް ދިޔަ ކަމަށް ގަބޫލުކުރެވެނީ.. ތިޔަ ތިބީ ޖަރީމާގައި އުޅެ ތިވަރު ވެފަ ތިބި މީހުން.. އެކުދިން އެހާ ޅަކޮށް ނާޅާނެ.. އެ މީހުންނަށް އެނގޭނެ އެ ލޯޗުގަ ގާތްކުރާ ރަށުން ހައްޔަރުކޮށް ފާސްކުރާނެކަން.. އެއްޗެއް ނެތީމަ ދޫކޮށްލަންވެސް ޖެހޭނެކަން.. އަނެއް ލޯންޗު މާލެ އައިސް މާރުކޮށް އަޅަންޖެހޭ ބައިތަކަށް އަޅާ ނިންމާފައި ވާނީ..
ރާވެރިބެ
04 November 2025
ޑޮލަރުތަށް ފޭރިގަތް މީހުން އެތިބީ ފުލުހުންގެ ބަންދުގަ. ވީއިރު އެމީހުން ތިފައިސާ ފޮރުވި ތަނެއް ނުބުނެ އެހެން ފަރުޖެހިގެން ނުވާނެ. އެތިބެނީ ހިތުން ދުވަސް ކޮޅަކުން ސަލާމަތް ވެގެން ފައިސާތަށް ބޭނުން ކުރަން. އެެހެން އަގަ ބަންދުކޮށްގެން ތިބިޔަ ދީގެން ނުވާނެ. ވަގުން ޖެހޭނީ ފައިސާ ފޮރުވިތަނެއް ބުނަން!. އޭގެ ކުރިން ކޯޓުން ތިމީހުން ދޫވިޔަ ދީގެން ނުވާނެ. ކޯޓުން ދޫކުރަން އެންގިޔަސް އަދި ތަހުގީގު ނުނިމޭތީ ޖެހޭނީ ބަންދުގަ ބައިތިއްބަން.
ހައްޖަ.
04 November 2025
ތިއެއްޗިހި ތި ޣައިބުވީ ގާދޫ ކޮޅުން އޮބާލީ.
ަދަސދ
04 November 2025
ދެން ޑޮލަރު ޗާޕުކުރަން ވީނުންތޯ؟
މުލޭ
04 November 2025
ތިކަން ވެސް ސައިބޯނި ބޮތްކަކަަށްވެ ނިމިގެން ދަނީތާ!
އަލިހުއްތު ހިޔަޅު
04 November 2025
ތި ފައިސާ ދެން ފެންނާނީ މާރުވެގެންގޮސް ކައުންސިލް އިންތިހާބަށް ޙަރަދު ކުރާތަން. މާޝާ ﷲ
ައަޅާނުލާ
04 November 2025
ކޮންމެ މީހަކުވެސް އެމީހެއް ދަންނަ މީހުންކައިރީ އަހާލަބަލަ އެއްވެސް މީހަކު ކަމެއް ދިމާވެގެން ފުލުސްއޮފީސްއަށް ގޮސް އެމީހެއްގެ ކަން ހައްލުވެފަ ހުރިތޯ. 100 އިން އެކަކު ހުރެދާނެ. ދިވެހި ފުލުހުނަނަށް ކުރާހަރަދު އަންބުރާ ނުލިބޭ ބޭކާރު ތަނަކަށް ވަނީ. ވެރިންގެ ވެރިކަން ހިމާޔަތް ކުރާ ބަޔަކަށް ވަނީ.
ޑަކު
04 November 2025
މަނެތިން އެއްޗެކޭ ބުނާކަށް.
އަފްރާސިޔާބު
04 November 2025
އެތަން އުވާލަންޖެހޭ ތަނަކަށް މިއަދު ވެފައިވަނީ. އެނޫންގޮތަކަށް އެރަނެއް ދެން ރަނގަޅެއް ނުވާނެ.
އަބްދުﷲ
04 November 2025
ތިޔަ ފައިސާ ދަބަސް ފޭރުނު މީހުން ޓައި އަޅުއްވައިގެން ކޯޓު ފަޓުލޫނު ތުރުކުރައްވައިގެން ތިބަ ނަމަ ހައްޔަރު ނުކުރީސް، ކޯޓު ފަޓުލޫނު ތުރުކުރައްވައިގެން ރޮލެކްސް ގަޑިކޮޅު އަޅުއްވައިގެން އެމް.އެމް.ޕީ.އާރު.ސީ އިން އެތަކެއް ބިލިއަން ރުފިޔާގެ ވައްކަން ކުރި މީހުން، އެޗްޑީސީއިން ވައްކަން ކުރި މީހުން ހައްޔަރެއް ވެސް ނުކުރޭ އެތިބީ މިނިވަން ކަންމަތީ އެވަގު ފައިސާއިން މުއްސަަނދިކަން ހޯދައިގެން.