މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ނޮވެމްބަރ 2025 - 12:18
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅަން އެ ސަރަހައްދުގެ މަގުތައް ޓްރެފިކަށް އިއްޔެ ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ރޭ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކޮށްފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން މާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީސް ކައިރީގައި އޮންނަ ޕާކިން ޒޯނާ ހަމައަށް ވެހިކަލަށް ނުވަދެވޭނެ އެވެ. އަދި އެ ސަރަހައްދު ކައިރި މަގުތަކުގައި ޕާކް ކުރުން ވެސް މިވަގުތަށް ވަނީ މަނާކޮށްފަ އެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު މިރޭގެ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަން. pic.twitter.com/EZuTBt4NyX
— Maldives Police (@PoliceMv) November 3, 2025
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހު އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ މަގު ތަރައްގީކުރާނީ މަގު ފުޅާކޮށް ހަތަރު ލޭނަށެވެ. އެ މަގު ފުޅާކުރުމަށް އެއްގަމު ތޮށި ބޭރަށް ޖެއްސުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެ ސަރަހައްދުގެ ފަޅު ވެސް އޮތީ ބަންދުކޮށްފަ އެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކި ބައިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން މާރުކޭޓު ސަރަހައްދުން ފެށިގެން އެމްޓީސީސީގެ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އެ މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ. އަދި އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ މުޅި މަޝްރޫއު އެއް އަހަރާއި ތިން މަސްދުވަހުގެ ތެރޭގައި ނިންމާށެވެ.
އެ މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމާއި ދުވާރައި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިސް
04 November 2025
ތާރުއަޅަނީ އިއްޒަށްދީން ފާލަމު ކުރިމަތީގައި ސަތޭކަ ފޫޓްގެކުޑަ ތަންކޮޅެއްގައި. މި ޚަބަރުން ހީވަނީ މުޅި ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާހެން.
އެހެންތަ
04 November 2025
އެއް އަހަރާ ތިން މަހޭ.. މަ މޮޔަވެސް ވާނެ ތިމުއްދަތުގައި ތިމަގު ނިމިއްޖެއްޔާ..
ޢަލްޓިކޯ
04 November 2025
ބުނާނެ ވާހަކައެއްނެއް ކާނުލާތި ފެންހަރުލާގޮތަށް އެވަރިހަމަ ތޮށި މަތިން މޫދަށް ފެންފައިބާ ގޮތަށް އޮއިމަގެއް ވިޔަސް
އިސްމާލު
04 November 2025
މަސްމާރުކޭޓު އާކުރާކަށްނުވޭތަ.
އަބޫ
04 November 2025
އަހަރެން މިހާ ލޯބިވާރަށެއް ރާއްޖެއަކުނެތް
ހާސަރު
04 November 2025
މަގެއް ފުޅާވެގެން އެއިން ފަސޭހައެއް ނުލިބޭ. ފުޅާވުމާއި އެކު އެތަން ބަދަލުވެގެންދަނީ ޕާކިންގެ ބޭނުމަށް!
ކޮރަލް
04 November 2025
ކުޑަ މާލެ އެކެވެ . ރަށްރަށު އެންމެން ލަފާ ދިމާލެވެ. ދެން އެހިސާބަށް ކައިެރި ކުރެވޭނެ ހެނެއް ހިއެއް ނުވެ އެވެ. ބޮޑު ފާލަމާ އެސަރައްދު ބޭނުން ވެގެން އުޅޭ ތާ ވ ދުވަސް ވެއްޖެ އެވެ.
އައިމިނާ
04 November 2025
މި މާލެ ނޫނީ އުމުރު ހުސްވަންދެން އުޅެވި ކުލުނު ލޯބި ނުޖެހުނު ރަށެއް ނުފެނުނު. ފޫހިބޮޑު ރަށެއް. އުޅޭހިތް ނުވެ އުޅެން ޖެހޭ ރަށެއް.
މޫސަބޭ
04 November 2025
އައިމިންދައިތަ ތިހާ އުޅެ ހިއްނުވާ ތާކު އުޅެންހެޔޮ ނުވާނެ. ޑައިތަގެ ސިއްހަތަށް ވެސް ތީގެ އަސަރު ކުރާނެ. އަވަހަށް ދައިތަގެ ރަށަށް ބަދަލުވޭ. އޭރުން އުމުރުގެ ބާކީ އޮތް ބައިގަ ފޫހިވުމެއް ނެތި އަރާމާ އުފާވެރި ކަމާއި އެކު ގާތްތިމާގެ މީހުންގެ ލޯބި ލިބިގެން އުޅޭ ހިތުން އުޅެވޭނެ. އާމިން ދައިތަ އަށް ބާއްޖަވެރި ދުވަސް ތަކަކަށް އެދެން.
އަނބުރާ
04 November 2025
ރަށަށް ދަމާ ބަހީ