މަސް ބޯޓުގައި ޑްރަގު ބަރުކޮށްގެން ދަނިކޮށް ވަނީ އަތުލައިގެންފައި.
04 ނޮވެމްބަރ 2025 - 11:42
ގިނަ އަދަދެއްގެ ޑްރަގު ބަރުކޮށްގެން ދަނިކޮށް ސްރީ ލަންކާ އިން އަތުލައިގަތް މަސް ބޯޓަށް ޑްރަގް އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނޫން ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ ރާއްޖޭގެ ފުލުހުން މިއަދު ބުނެފި އެވެ.
"ސީދޭވީ" ގެ ނަން ދީފައިވާ އެ ބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް އެ ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް ދިވެހި ފުލުހުން ބުނީ 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އެ ބޯޓަކީ ރާއްޖޭގެ ސަރަަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައި،" ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުންޏެެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ކަމަށް މައުލޫމާތު ލިބުނީ ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ޑްރަގާ އެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެއް ނަމަވެސް އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށްވެ އެވެ.
އެ ބޯޓުގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޯޓު އަތުލައިގަނެ ފާސްކުރި އިރު 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ލަންކާ ފުލުހުން އަންދާޒާކުރާ ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެ އެވެ.
މަސްވެރިކަން ކުރުމަށް، އުޅަނދުގެ ވެރިފަރާތުން އެެ ބޯޓު ހަވާލުކޮށްފައި އޮތީ އޭނާގެ ޅިޔަނަކަށް ނަމަވެސް މަސްވެރިކަމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން ނޭނގޭ ކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަމަ
04 November 2025
ހަމަ ސީދާ ރާއްޖޭގެ ސަރަހައްދުން ހިފަިގެން ގެންދިޔަ ޑްރަގްތަކެއް
ރޯރޯ
04 November 2025
ދެން މީހަކު ނުބުންޔަސް އެގޭ ރާއްޖެ ސަރަހައްދުގައި ފަރުތަކާ ފަޅުތަކުގައި ޑުރަގު އެއީ އާލާވާ އެއްޗެއްކަން. މުރަކަ އެއްޗިސްގައި އަޅަނީ ތޯއްޗެ ލޮލް
ޗާށއއ
04 November 2025
ގޯނިތަކުގައި ހުރީ ސިންގަޅަ ބަހުން ލިޔެފައި
އަފްރާސިޔާބު
04 November 2025
ރާއްޖެއަށް އެތެރެކުރެވެނީ ސިންގަޅަ ބަހުން ލިޔެފައި ހުންނަ ތަކެއްޗަށްވާތީ ރާއްޖޭގައި ރައްކާތެރިކަމާއެކު ގުދަންކުރުމަށް ސިންގަޅަ ބަހުން ލިޔުނީ. ދެން ޑްރޯން ގެނައީ އެތަކެތި ނަގައިގެން ގެންދާ ބަޔަކު ބެލުމަށް ކަމަށްވެފައި އެ އެމީހުން ސިއްރުން ނަގައިގެންދިޔައީމާ އެކަން އެންގީ ލަންކާ ސަރުކާރަށް. 40 ފޫޓުގެ ދެކޮންޓެއިނަރ ވަގަށްނެގިމީހުންވެސް ފަޅާއެރީ ދޯނީ ގައި އެކަންކުރީމާ. ޑްރަގް ޝިޕްމަންޓް ނެގިމީހުންނަށް ނޭގުނީ މަތީގައި ޑްރޯން އެއް ފާރަލަމުންދިޔަކަމެއް.
ފެފަދސ
04 November 2025
ރާއްޖޭގައި އާލާވާ އެއްޗެއް ނަމަ ތިވާހަކަ ދައްކަން ރަނގަޅު
ޑިފެންސަށް ކުޅެން ފެށީ!
04 November 2025
ޒަކިއްޔާ އަދި ޔުމްނު ކޭސް މަތިން ހަދާން ނުވޭތޯ؟
ކޮރަލް
04 November 2025
ސުވާލަކީ އެބޯޓް ރާއްޖޭގެ ސަރަހައްދަށް ވަތް ތޯ އެވެ.؟ ނޫނީ ނުވަދެ ހެއްޔެވެ؟
އެ ޑޮލަރުކޮޅު
04 November 2025
ތިވެސް އަހާލަން ޖެހޭނީ ބޯޓުކައިރީ، އެޖަވާބު ދީފިއްޔާ ލިބޭނީ.
އަފްރާސިޔާބު
04 November 2025
އެއްބަޔަކު ބުނަނީ ރާއްޖެއިން ލަންކާއަށް އެކްސްޕޯޓް ކުރިމުދަލެކޭ އެއީ. އަނެއްބަޔަކު ބުނަނީ ރާއްޖެއަކުން ނޫނޭ އެކަމެއްކުރީ. އެއީ ރާއްޖޭގައި ބަންކަރިން ކުރަން ގެނައި މުދަލެކޭ. ބަންކަރިން ހިދުމަތަކީ އިންޓަރނޭޝަލް ކަމަކަށްވާތީ ރާއްޖެއިން އެކްސްޕޯޓް ކުރިއެއްޗެއްނޫނޭ. ރާއްޖޭން ބަންކަރިން ޚިދުމަތަކީ ފެންޓައްޕެއްވިޔަސް ރެކޯޑު ހުންނަ އެއްޗަކަށްވާތީ އެދުވަހު އެފަދަ އެއްވެސް ޚިދުމަތެއް ބޭރުގެ ބޯޓަކަށް ދިންކަމެއް ރެކޯޑް ކުރެވިފައެއްނެތޭ.
ތިވާގޮތަކީ
04 November 2025
ތިވާގޮތަކީ އަހަރެމެންގެ ކަނޑުގެ ސަރަހައްދު އަހަރެމެންނައް ނޭނގެނީ. އަހަރެމެން މިހީކުރާވަރައްވުރެ މާބޮޑު ސަރަހައްދެއް އަހަރެމެންނައް ލިބިގެންވޭ އަހަރެމެންނައް އެކަން ނޭގުނަސް އެހެން މީހުންނައް އެކަން އެނގޭ.
ޑެބީ
04 November 2025
އެބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ސަރަހައްދުންނޫންކަން ދިވެހި ފުލުހުންނަށް ކަށަވަރުކޮށްދޭން މިޖެހުނީ ލަންކާގެ އިދާރާތަކުން؟؟ ސާބަހޭ ބުނެވޭނީ ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ފުލުހުންނަށާއި ސިފައިންނަށް ހޭދަކުރާއިރު ތިވަރުވެސްވީތީ. އިއްޔެ ކުޅެލި ފިލުމާ ހަގީގަތާ ދިމަލެއްނުވިއެއްނު
ދުންބައްތެލި
04 November 2025
24 ގަޑި އިރު ރާއްޖޭގެ ކަނޑުގެ ސަރަހއްދު ބެލެހެއްޓޭ ނަމަ އެހެން މީހުން ބުނާ އެއްޗެކޭ ކިޔާކަށް ނުޖެހޭނެ. އެތައް ޑްރޯނެއް ގަނެފަ ހަވާ ރައްކާ ކުރާހެން ގުދަންކޮށްގެން ތިއްބަކަަސް އެއިންކުރާނެ ފައިދާއެއް ނޯންނާނެ.
އ.ނ.ތ
04 November 2025
ކަލޯމެން އަދިވެސް ގޮވާތި، އަސްކަރީ ބަޖެޓް ބޮޑޭ.
ސަރގް
04 November 2025
ކަށަވަރު ކުރާނީ ކިހިނެއް ނުފެންނަކަންކަން، މިއުޅެނީ ކަސްޓަމްސަރަހައްދުގަ ފުލް ސެކިުރިޓީގަ ހުރި ކޮންޓޭނަރެއް ކަޓުވާލައިގެން، އެއަރޕޯރޓް ފުލްސެކިއުރިޓީ ޓަމިނަލަކުން ޑޮލަރުތަކެއްޖަހައިގަނެގެން އެއަށްވީގޮތެއް ނޭންގިގެން، ދެންތިދައްކަނީ މިގައުމުގެ އިގުތިސާދީސަރަހައްދުގެ ވާހަކަ ވަށައިގެން 200 މޭލަށް ދެމިގެންވާ ސެކިއުރިޓީނެތް ސަރަހައްދެއްގެވާހަކަ، ކާކުކަބޫލުކުރާނީ ނުވާނެކަމެއްކަމަށް، ވެރިންގެ ސޯޓްބޭލިދާނެތީ ތޯ މާއަވަހަށް ނޫސްބަޔާން ނެރެލީ
ބަރަކޫޑާ
04 November 2025
ތިހަބަރު ލިބުމާއެކު މިރަށު ހަރުމީހުން ކިޔާފި ތިޔައީ ރަނގަޅު ވާހަކައެއްނޫނޭ، ރާއްޖޭގައި ވައިގެ ބޭސް އެބަހަދައޭ ތިވަރުކަމެއް ހިނގަންޏާ ތުރުކީ ޑުރޯނަށް ނުފެނި ނުދާނެއޭ.