އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާއެއްގައި އެޕާޓީގެ ބައެއް ،މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްޑީޕީ
10 ނޮވެމްބަރ 2025 - 17:38
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 206 މަޝްރޫއެއް ހިންގަން ސަރުކާރުން މިދިޔަ ހަފުތާގައި 53 ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް، އިދިކޮޅު އެމްޑީޕީން އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ބާސެލޯ ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ސަރުކާރުން ސޮއިކުރި 206 މަޝްރޫއުގެ އަގަށް ޖުމްލަ 2.7 ބިލިޔަން ރުފިޔާ އަރަ އެވެ.
އެ މަޝްރޫއުތައް ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހިންގާ ގޮތަށް، ބީލަމަށް ނުލައި، އެކި ފަރާތްތަކާ ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ.
ހޮނިހިރުދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ޖަލްސާއެއްގައި އެކަމާ ދެކޮޅަށް ގަރާރެއް ފާސްކުރި އެވެ. އެ މަޝްރޫއުތަކަށް ބޭންކުން ފައިސާ ދޫކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދޭން އެދި ކޯޓަށް ހުށހެޅުމަށާއި އެ މައްސަލަ އޭސީސީއަށް ހުށަހަޅަން ވެސް އެ ގަރާރުގައި ގޮވާލައިފައި ވެއެވެ. އެމްޑީޕީން އެ މައްސަލަ އޭސީސީއަށް މިއަދު ހުށަހެޅީ އެ ގަރާރާ އެއްގޮތަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރުގައި ބުނީ، ސަރުކާރުން 200 އަށް ވުރެ ގިނަ މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރީ "އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއް ނެތި" ކަމަށެވެ.
ވާދަވެރި ބިޑަކަށް ހުޅުވާނުލައި، އެހާ ގިނަ މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ބީލަމަށް ނުލާ އެ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދު ބަދަލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށެވެ. އެ ޕްރޮޖެކްޓްތައް ކުރިން އިއުލާނުކޮށްފައި ނުވުމަކީ ވެސް އެ މުއާމަލާތް ގާނޫނާ ހިލާފު ވާނެ ކަމެއް ކަމަށް ވެސް ގަރާރުގައި ސަލީމް ވިދާޅުވި އެވެ.
އެއްބަސްވުންތަކާ ގުޅޭ ގޮތުން ހުށަހެޅުއްވި ގަރާރުގައި ސަލީމް ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރާ ގުޅުން ހުރި ކުންފުނިތައް ފިޔަވައި އެހެން އެއްވެސް ބަޔަަކަށް ބީލަންތަކުގައި ބައިވެރިވެވިފައެއް ނުވެ އެވެ.
ގަރާރުގައި ސަރުކާރަށް ގޮވާލީ އެ އެއްބަސްވުންތައް ވަގުތުން ބާތިލުކުރުމަށެވެ. އަދި އެ މައްސަލަ ބަލަން ކަމާ ބެހޭ އިދާރާތަކަށް ގޮވާލުމާ އެކު އެ މައްސަލަ ނުބަލައިފި ނަމަ އެމްޑީޕީގެ ވެރިކަމެއްގައި އެ މުއައްސަސާތަކުގެ މެންބަރުން ވަކިކޮށް ފިޔަވަޅު އަޅަން ވެސް ގަރާރުގައި ހިމެނި އެވެ. އަދި އެ ޕާޓީގެ ވެރިކަމެއްގައި އެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅަން ވެސް ގަރާރުގައި ވެ އެވެ. އެ ގަރާރު ފާސްކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަތަންގެ ދަރި
11 November 2025
ބަޔަކު ހެެބަލިވާނީ މިވަރަށް . މަސްރޫއު ތައް ފެށުނީމަ ބިރުގަތީ. ކަމެއްކުރެވޭނީވެސް ހީވާގި ކުރަން ދަންނަ ވެރިއަކަށް. ތިތިބީ ބޮޑުތަނުން ފެއިލް ވެފަ. އިންޝާﷲ ވެރިކަމުގެ ފުޅޮއި ފަށަށްވެސް ނާދެވޭނެ. ރައްޔިތުން ވަރަށް ނަނާ ހުވަފެން ދައްކާ ހޫނު ބުޗާ ކާންދީފި.
ޒަންޒިބާރު މަހުރަޖަބީން ބޮޑުތިލަދުންމަތި
11 November 2025
ކުރާނެ ކަމެއް ނެތިއްޔާ ގުއިތަފާލުގަ ދަނޑިން ތަޅާބަލަ. ތިޔަހެން ފއަތޮޅު ޕުރޮޖެކުޓުވެސް ޔާމީން ކަންނެއްކަމުން ހުއްޓުވި. މިފަހަރު ތިޔަކަމެއް ނުވާނެ. މުއިޒު އަކީ މުރާލި ކެރޭ އިހުލާސްތެރި ވެރިއެއް. ވަރައް ސަލާމް
އަފުން
10 November 2025
މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފެށީމަ އެމްޑީޕީން މޭކަރަނީ ދޯ.
ދޮން
10 November 2025
ކުރިން ބުނީ ކުދިމެދުފަންތީ ކުންފުނިތައް ބާކީ ކޮށް ސަރުކާރު ކުންފުނިތަކަށް މަސައްކަތް ދެނީ އޭ ، މިހާރު 50 ކުންފުނި ގޯސްމިވީ،، ޤައުމުފުޑެއްބޭނުންވާ ބަޔެއް ރީދޫ ކުދިން
ޝޮކްތެރަޕީ
10 November 2025
މިކަމުގަ ގިނައީ އެމްޑީޕީޔަށް ނިސްބައްވާ މީހުންގެ ކުންފުނިތަ.
އެމެރިކާ
10 November 2025
އެމްޑީޕީ ސަރުކާރުގަ އިންޑިޔާއަަ އެކީ ސިއްރު އެއްބަސްވުންތަ ހަދާފަ ހާމަ ކުރަން ބުނީމަ ހާމަ ނުކުރި.
ބަދަލުގެ
10 November 2025
ކޮބާ ކަލޭމެންގެ ވެރިކަމުގަ ހަވާލުކުރި ހުރިހާ ޕްރޮޖެކްޓުތައްވަނީ އެމްޑީޕީ ކުދިންގެ ހިއްސާޔާ ގާތް ކުންފުނިތަކައްދީ އަދި ބޮޑު ބަދަލެއްދީ ވެސްފަ އެކަން ބަލާކައް ނުވޭތޯ.