ފެން ހޯދުމަށް ފުވައްމުލަކުގައި ބަޔަކު ކިއުގައި ޖެހިފައި: އެރަށަށް މިއަދު ހަވީރު ފެން ފޯރުކޮށްދޭން ފެށޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނޭ --- ފޮޓޯ/ބާބަ ގާޑިއާ/ ފޭސްބުކް ޕޭޖް
12 ނޮވެމްބަރ 2025 - 12:09
ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރަން ކުރިން ބުނި ވަގުތު ލަސްވެ، އެ މައްސަލަ ހައްލުވާނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ބޭނުން ނުކުރެވޭ މިންވަރަށް ތަޣައްޔަރު ވެފައިވާތީ އެރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް ކަނޑާލުމާއެކު، އެ ރަށް އެއްކޮށް ވަނީ ފެނަށް ޖެހިފަ އެވެ.
އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ މެންދުރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް ފެން ދޫކުރަން ފަށާނެ ކަމަށެވެ. ނަމަވެސް، އެ ވަގުތު ހަމަވިއިރު ވެސް ފެން ދޫކުރާކަށް ނުފެށެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނަޖާހު "މިހާރު" އަށް ވިދާޅުވީ ފެނުގެ މައްސަލަ ދިމާވީ ގޭގެއަށް ފެން ހޮޅި ގުޅާފައި ހުރިގޮތުން ކަމަށެވެ. އަދި ބައެއް ތަންތަނަށް ހުރީ ރީތި ފެނާއި ވަޅު ފެން އެއް ހޮޅިއަކަށް ގުޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގޭގެއަށް ގުޅާފައި ހުރި ހޮޅިތައް ފަހުން ރަނގަޅު ކުރާނެ ކަމަށެވެ. ނަމަވެސް މައި ނެޓްވޯކަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އަދި ފެނުގެ ޓެސްޓްގެ ހެދުމަށްފަހު މިއަދު ނަތީޖާ ލިބުމުން ރަށަށް ފެން ދޫކުރަން ފަށާނެ ކަމަށް ނަޖާހު ވިދާޅުވި އެވެ.
"މިއަދު ހަވީރު 4-5 ހާއިރު އަލުން ފެން ދޫކުރެވޭ ކަމަށް ލަފާ ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ އެ މައްސަލަ ކުރިމަތިވުމާ އެކު، ވަގުތީ ގޮތުން ފުވައްމުލަކަށް ބޭނުންވާ ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކަނޑާއި ވައިގެމަގުން 1،200 ކޭސް ފެން ފޮނުވާފައި ވާއިރު، އިތުރަށް ވެސް ފެން ކޭސްތައް ފޮނުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
12 November 2025
ހައުސިން ޖަރީމާ ނުވަތަ "ސަރުކާރުގެ ވެރިން، މަޖިލިސް މެންބަރުން އަދި ކ.މާލޭމީހުންގެ ކަށީގަައިހިފާފައިވާ ބިމާއިފުލެޓް ވައްކަންހުއްޓުވަން" ތަރިކަ ބިމާއިފުލެޓްވެސް ހިމަނައިގެން ފުރަތަމަ ބިމާއިފުލެޓް ޓެކްސްފްރީކޮށް އޭނާ މިލްކުކުރާ. ދެވަނަ ބިމާއިފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއިބިމުން %100 ޓެކްސް ނަގާންކަޑައަޅާ "ސޯޝަލްހައުސިންގ ސްކީމަށް ދޮގު މައުލޫމާތުދިނުމާއި އެފަދަކަމަކަށް އެހީތެރިވުމަކީ ޖިނާޢީ ކުށެއްކަމަށް" ޤާނޫނުގައި ކަޑައަޅާ.
އޮނަރަބްލް އަފީފު ދީދީ
12 November 2025
ކ.މާލޭގައިހުންނަ ހެޑް އޮފީހުގައި މަސައްކަތެއްނުކޮށް ބޮޑު މުސާރަ ނަގައިގެންތިބޭ ބައެއްމީހުނަކީ މަހަކު އެއްދުވަހުވެސް އޮފީސް ފެންނަ ހިސާބަށްވެސް ނުދާބައެއް. ފެނަކައަށް އެންމެބޮޑު އާމްދަނީލިބޭ އައްޑޫސިޓީގައި ކޮންމެދުވަހަކު ނޯޓިސްދިނުމެއްނެތި ކަރަންޓްކަޑާތީ އައްޑޫ މީހުންގެ ޓީވީ، ފުރިޖް، ދޮންނަމެޝިނާއި އެއަރކޮންޑިޝަނަރ އަދި ބަދިގޭގައި ގެންގުޅޭސާމާނާއި އިލެކްޓިރިކް އާލާތައް ހަލާކުވިޔަސް ކ.މާލޭ ހެޑު އޮފީހުގެ ވެރިންނަކަށް އެކަމުން ލިބޭނެ ގެއްލުމެއްނެތް.
ފިޔަވަޅު
12 November 2025
މިފަދަ އަސާސީ ހިދުމަތެއް މިހާ ދޯދިޔާކޮށް ދޭއިރުވެސް ފިޔަވަޅެއް އަޅާނެ ބަޔަކު ނެތް ދޯ
އޮނަރަބްލް އަފީފު ދީދީ
12 November 2025
މިކަމަށް (އައްޑޫސިޓީ ކަރަންޓާއި، ފުވައްމުލަކުސިޓީ ފެނުގެ މައްސަލަފަދަ ކަންކަމަށް) ހައްލު ހޯދުމަށްޓަކާ މަޖިލީހުގައި ތިއްބެވި ބާރުގަދަ މެންބަރުން (ވެރިކަންކުރާ ޕާޓީ މީހުން) ސަރުކާރަށް 2 ގޮތަކަށް ހުށަހެޅުން ހުށަހަޅަން ޖެހޭ. ފުރަތަމަ ގޮތަކީ ފެނަކަ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތެއްނުކޮށް ބޮޑުމުސާރަދީފައި ތިބިމީހުން ކ.މާލޭ އެހެން ކުންފުންޏެއްގެ މަޤާމްތަކަށް ބަދަލުކޮށް FENAKA Head Office ތިނަދޫ، ފުވައްމުލައް ނޫންނަމަ އައްޑޫސިޓީއަށް ބަދަލު ކުރުން.
ހުސް ހޮޅިވާހަކަ
12 November 2025
މިހާރު ކުރަންވީކަމަކީ ގޭބިސީތަކަށް ފެންފޯރުކޮށްދޭ ލައިން ޱިސްކަނެޓްކޮށްފަ ސާފުފެން ތާންގީތަކަށް އަޅަންވީ އަދިހަމަ އެފެން ގޭބިސީތަކަށް ދޫރަމުންދާންވީ މައްސަލަ ހައްލުވަންދެން. ތިވަރުގެ ބޮޱު ލައިނެއް ފުލަޝްކުރުން އެހާފަސޭހަކަމަކަށް މިވަގުތުނުވާނެ.
މަ ބުނީ
12 November 2025
މަ ބުނީ ތީ ކުރީ ސަރުކާރު ގެ ކަމެކޭ ! މައްސަލައިގެ ހައްލަކީ ފުއައްމުލަކުގައި ވަކި ވަކި ރައްތަކެއް އުފެއްދުން !
ކައްޒާބުދޮންތުއްތު
12 November 2025
ތިކަން ހައްލުވާނީ ރައީސް ތިތަނަށް ގޮސްގެން. އެމަނިކުފާނު ބައްލަވައިލައްވައިފިކަމެއް ހިނގައިގަންނާނެ.
އޮނަރަބްލް އަފީފު ދީދީ
12 November 2025
Qރާއްޖޭގެ ބޮޑު ސިޓީއެއްގެ ރައްޔިތުން ބަލިމަޑު ކަމުގެ ނުރައްކަލަށް ހިގައިދާނެ ފަދަ ނުރައްކާތެރި ކާރިސާއަކަށް ދިއުމުގެކުރިން މިމައްސަލަައިގެތެރެއަށް Health Protection Agency ވަންނާންޖެހޭ. ދައުލަތުގެ ކުންގުންޏެއްކަމަށްވާ FENAKA ކުންފުނީގެ ވެރިންގެ އިހްމާލުން ފުވައްމުލަކު ރައްޔިތުނަށް ތަޣައްޔަރު ވެފައިވާ ފެން ދޫކޮށް އެތައްދުވަހެއް ވަންދެން އެސިޓީގެރައްޔިތުން އެފެން ބޭނުންކޮށްފި. މިއީ އަޅާނުލާ ދޫކޮށްލާވަރަށްވުރެން ނުރައްކާތެރިކަމެއް މިކަން ބަލަންޖެހޭ.
ޑިޕެންޑްނުވެވޭ
12 November 2025
ބަލަ ކޮންމެ ގެއަކަށް ވަކި މީޓަރެއް ހުންނައިރު ނުހުރޭތަ ނޮންރިޓާން ވޭލެއް؟ 100% ޑިޕެންޑް ނުވެވޭ ފެނުގެ ސަޕަލައިއެއް އޮތްތަނެއްގައި ދެފެން ބޭނުންކުރެވޭނެ ގޮތްތަކެއް ހުންނަންޖެހޭނެ. ސިސްޓަމް ޑިޒައިންވެފަ ހުންނަންޖެހޭނީ އެއްވެސް ގޭބިސީއެއްގެ ތެރޭގައި ހިގާކަމެއްގެ އަސަރު މެއިން ލައިންތަކާ ހަމައަށް ނުދާގޮތައް؟
އަލި
12 November 2025
ހާދިސާއެއް ދިމާވެދާނެއެވެ. އެހާވަރަށް ތެޅިގަންނާކަށް ނުވާނެ. މިކަހަލަ ހާދިސާތަކަށް ބެކަޕް ޕްލޭނެއް އޮތީމައި އަވަހަށް ހައްލުވާނެއެވެ.