ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެމްޕީއެލްގެ ބަނދަރުގެ ހާލަތު އޮޅުންފިލުއްވަނީ. --ފޮޓޯ: އެމްޕީއެލް
18 ނޮވެމްބަރ 2025 - 10:24
މާލޭ ބަނދަރުގައި އޮތް ބޯޓަކުން ކޮޅުވެއްޓިއަކަށް އެކްސްކަވޭޓަރުތަކެއް އެރުވި ފަހުން އެޖަސްޓް ކުރަން އުޅުމުގެ ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު މަރުވި ހާދިސާ ހިނގީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހާލަތު ދަށްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އެމްޕީއެލްގެ މައްސަލައެއް ހިމެނޭ ކަމަށާއި އެ މައްސަލައިގެ ތެރެއިން ފެނުނީ ކުންފުންޏެއް މެނޭޖްކުރަންވާ ގޮތް ނޫން ގޮތްގޮތަށް މެނޭޖްކުރުމުގެ މިސާލެއް ކަމަށެވެ. ނަމަވެސް އެއީ މަޖިލީހުގެ ކޮން ކޮމިޓީއަކުން ބަލަމުން އަންނަ، އެމްޕީއެލްގެ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެެ.
"[އެމްޕީއެލްގައި] މިއަދު އެކައްޗެއް ވެސް ނެތް، އެތަނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ވެސް ނެތް. އެންމެ ފަހުން ވެސް އިހަށް ދުވަހު ހިނގި ހިތާމަވެރި ހާދިސާ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާ ދިމާވީ ވެސް އެ ބޯޓުން ބޭލި މުދާ ހިފަހައްޓާވަރުގެ ސްޓްރެންތު، މިހާރު އޮތް ކީވޯލްގައި ނެތިގެން، ބޯޓު ކައިރިކުރާ މަގަތުފާލަމުގައި ނެތް އެ މުދާ ބޭލޭހާ، ބަރުދަން ހިފެހެއްޓޭހާ މިންވަރެއް،" ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި ހަދާފައިވާ އެމްޕީއެލް ފްލެޓްތައް. -- މިހާރު ފައިލް ފޮޓޯ
ކޮޅުވެއްޓީ ބަންޑުން ޖަހާލި ހާދިސާ ހިނގުމުގެ އެއް ސަބަބަކީ ބޯޓުން ސީދާ ކޮޅުވެއްޓިއަަށް އެކްސްކަވޭޓަރުތައް އެރުވުން ކަމަށް ވާތީ، އޭނާ އެ ވިދާޅުވީ އެގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބުކަމަށް ބެލެވެ އެވެ.
ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރަން އެކުލަވައިލި ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެމްޕީއެލްއާ ބެހޭ ގޮތުން މަޖިލީހުން ހޯދި ހޯދުންތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެެމްޕީއެލް އަކީ 2015 އިން 2018، 2019 އާ ހިސާބަށް ވަރަށް ރަނގަޅު ބޭންކް ބެލެންސެއް ހުރި ކުންފުންޏެއް ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ހާލަތު ގޯސްވީ އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބޭންކް ބެލެންސްގެ ގޮތުގައި ހުރި ފައިސާ އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ދޭން ހުޅުމާލެ 2 ގައި ޓަވަރުތައް ހެދުމުންނެވެ.
"އެމްޕީއެލްގެ މުވައްޒަފުންގެ ޓަވަރުތައް ހެދުމަށް އެ ލާރި ހުސްކޮށްލީ އިނގޭތޯ. އެ މަޝްރޫއު ފެށީ އެއީ ކޮންޓްރެކްޓާ ފައިނޭންސާ މަޝްރޫއެއް ގޮތަށް ކިޔައިގެން. އެހެން ނަމަވެސް ވަކި ހިސާބަކުން ކޮންޓްރެކްޓަރަކަށް ފައިނޭންސެއް ނުގެނެވުނު،" ނާޒިމް ވިދާޅުވި އެވެ.
ކޮންޓްރެކްޓަރަށް ފައިސާ ނުޙޯދުމުން ދެން ނިންމީ ފްލެޓް ލިބޭ މީހުންގެ ނަމުގައި ލޯނު ނަގައިގެން އިމާރާތް ނިންމަން ކަމަށާއި ނަމަވެސް އެ ނިންމުން ސަރުކާރުން ބަދަލުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭގެ ކުރިން އެމްޕީއެލްއަކީ ވަރަށް މުއްސަނދި ކުންފުންޏެއް ކަމަށާއި ތިލަފުށީގައި ބިންހިއްކަން އެޗްޑީސީއަށް ވެސް އެ ކުންފުނިން ފައިސާ ދިން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
19 November 2025
އެކަމަކުވެސް މުސާރަ ބޮޑުކުރަންޖެހޭދޯ؟ ސިޔާސީ މީހުންތަކާ ކުންފުނިތަކަށް ބޭކާރު މީހުންތަށް ލައިގެން ފައިސާތަށް އިސްރާފުކުރަންޖެހޭ؟
ޢެޑްމުންޑޯ
19 November 2025
ބަނދަރުގެ ހާލަތު ދައްވެގެން ހިގިހާދިސާއެއްކަމަށް ވާނަމަ މަރުވި ދެމީހުންނަށް އިންސާފް ލިބެންޖެހޭނެ ، މިބުނީ އެމަރުގެ ޒިންމާ ނަގަންޖެގޭ ފަރާތްތަށްކަށް އަދަބު ލިބި މަރުވި މީހުންގެ އާއިލާއަށް ބަދަލު ދޭންޖެހޭނެ
އަލީ ފ
19 November 2025
އެއާރޕޯޓްސް ކޮމްޕެއީ އަކީވެސް ވަރަށް އެކައުންޓް ބެލެންސް ރަނގަޅުކޮށް މިހާތަނަށް ދިޔަކުންފުންޏެއ
ދިދަދަނޑި
18 November 2025
ޢެންމެފަހުންވެސްހުރި ސީއީއޯ ތަންދިރުވާލައިގެން ދިޔައިރުވެސް އެޅުނު ފިޔަވަޅެއްނެތް. ދެންކޮންހާލަތެކޭ ކިޔާކަށް.
އަށްކޮ
18 November 2025
ބަނދަރާއި މީގެ ކުރިންވެސް ހަވާލުވެގެން އެތަންހިންގި ސަރުކާރުތައް ޒިންމާވާނެ މީހުން ތިބޭ އެކަމު މިސަރުކާރުން މިހާދުވަސް ވެގެން ދާއިރުވެސް އަދިވެސް ބޮލުންނައްޓާލަން ހެޑްލައިން ހަދަނީ ބޯޓްކެޕްޓަން ކަނޑު ސިޕިންލައިން ނޫނީ ބަދަރު ބަލަގަ އެހެން ގައިމުތަކުގަ ރީސާރޖުތަކައި އެއްޗެހި ހަދާ ބަނދަރުގެ ފެންވަރު ކޮންމެ އަހަރަކު ރިވިއުކުރާނެ. ފެންވަރު ދައްކަން އެގެންވީ ކަމެއް ހިނގީމަނޫން ކޮބާ އެތާވެރިން ހެދި ރީސާޗް ހަދާފަ އޮއްވާ ރައްކާތެރިކަން ނެތްނަމަ ޒިންމާވޭ.
ޑޮކްޓާރ. ބަނާނާ
18 November 2025
ތިޔައެމްޕީ އެލް އާއި ސަރުކާރުގެ ކުންފުނި ތަކަކީ ކޮންމެ ސަރުކާރެއް ގައިވެސް ސިޔާސީ ކަނޑު ކޮހުންނާއި ގޭންގްތަކުގެ އެތައްސަތޭކަ މީހުނެއް ލައިގެން ހިންގާ އައްޑާތައް ކަން މިއޮތީ ފެންނަން !
ރޭމްޕްބޯއި
18 November 2025
ހަމަ ތިގޮތަށް އަދި އެމްއޭސީއެލް އޭ ކިޔައިގެން ވެސް ކިޔާނެ. އެއަރޕޯރޓް ކޮމްޕެނީ އަކީ ކޮންސްޓްރަކްޝަން ކުންފުންޏަކަށް ހަދައިގެން އެގެންދަނީ އެތަނުގައި ހުރި ހުރިހާ ފައިސާއެއް ހުސްކުރަމުން. މާދަމާ އެއަރޕޯރޓަށް ބޭނުންވާ ސާމާނު ގަންނަން ފައިސާ ނެތިގެން ކަމެއްވީމަ ހަމަ ތިޔަ ރައިވަރު ކިޔާނީ.
ސަދޫމް
18 November 2025
ކުށްވެރިވީ ބަދަރު ދެން ބަދަރު ޖަލަށްލާ.
އެމްޕީއެލް
18 November 2025
މިސަރުކާރުން މިކުރާ ކަމަކީ އެމް.ޕީ.އެލްގެ ހާލަތު ގޯސްކުރުން. މިހާތަނަށް 1200 އަށް ވުރެން ގިނަ މމުވައްޒަފުން ވައްދައިފި. ގިނަ މީހުން ކުރާނެ ކަމެއް ނެތް. މަސައްކަތަށް ބޭނުންވާ މީހުން ނުލިބޭ. މުސާރަ ދީފަ އިތުރު ކަމެއް ކުރެވޭ ވަރެއްނޫން
ކީއްކުރާނީ
18 November 2025
ކުދިންވެއްދުން ގޯހެއް ނޫން، މަގާމްގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ މީހުން އަދި މަސައްކަތަށް ފަރުވާކުޑަ މީސްމީހުނަށް ގޮތެއް ހެދިފަ މީހުން ވައްދާނަމަ ބޮޑުތަނުން ރަނގަޅުވާނެ. ދުވަސްވީ ވެރިންނަށް ބޯނުލަނބަން ބުނެހަދާ މީހުނަށް ފިޔަވަޅު އެޅެން ޖެހޭ. ތައުލީމީ، ތަންދެކެ ލޯބިވާ ކުދިން އިސްކުރެވުން މުހިންމު.
އަވަސް ކުރައްވާ
18 November 2025
އެޔޮށް މުހިންމު ތަން އަދިވެސް ބިން ލިބިފަ އޮތްވަ ޒަމާނީކޮށް ރަނގަޅު ބަނދަރެއް އަޅަން ބަޔަކާ ހަވާލުނުކޮށް ތިތިބެނީ ކީއްވެތޯ؟