ޓިޗަރުންގެ ދުވަސް ފާހަގަ ކުރަން އަމީއްޔާ ސްކޫލުން މީގެ ކުރިން ބޭއްވި ހާއްސަ އެސެމްބްލީ އަކަށްފަހު، އެ ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓިޗަރުންތަކެއް ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު
18 ނޮވެމްބަރ 2025 - 13:41
ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އެ މީހުންގެ ގައުމަށް ޑޮލަރު ފޮނުވޭ ލިމިޓް މަތިކޮށްފި އެވެ.
އެސްބީއައި މެދުވެރިކޮށް މީގެ ކުރިން 700 ޑޮލަރު އިންޑިއާއަށް ފޮނުވެ އެވެ. އަދި ފަހުން އެ އަދަދު 500 ޑޮލަރަށް އަދި އޭގެ ފަހުން 400 ޑޮލަރަށް ދަށްކުރި އެވެ. ނަމަވެސް، ޑޮލަރު ލިބުން ދަތިވާ ކަމަށް ބުނެ އެސްބީއައި އިން ފަހުން އެ ލިމިޓް ވަނީ 150 ޑޮލަރަށް ދަށްކޮށްފަ އެވެ.
އެގޮތަށް ބަދަލު ގެނައުމުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އެކަމަށް ހައްލުތަކެއް ހޯދައިދިނުމަށް އެ މީހުން ވަނީ، އެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި އެދިފަ އެވެ. އަދި އެ ތަންތަނުން އެ މައްސަލަ ކަމާގުޅޭ އިދާރާތަކާ ހިއްސާކުރި އެވެ.
އެސްބީއައިން މިދިޔަ އާދިއްތަ ދުވަހު އެ ތަނުގެ ކަސްޓަމަރުންނަށް ފޮނުވި މެސެޖުގައި ބުނީ ސިއްހީ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޑޮލަރު ފޮނުވޭ ރޭޓް 300 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ ބަދަލަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ބުންޏެވެ.
ނަމަވެސް، އެހެން ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ޑޮލަރު ފޮނުވޭ އަދަދަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު ބުނީ އެ މީހުން ބޭނުންވަނީ މުސާރަ އެއްކޮށް ގައުމަށް ފޮނުވާށެވެ. އެހެންވެ، 300 ޑޮލަރު ފޮނުވޭ ގޮތަށް ގެނައި ބަދަލަކީ ވެސް ހައްލެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"ބޭނުންވަނީ ހުއްދަ އޮތް ގޮތުގައި ފައިސާ ފޮނުވަން. އަމިއްލައަށް ޑޮލަރު ގަނެގެން، ލައިސެންސް އޮތް އަމިއްލަ ފަރާތެއް މެދުވެރިކޮށް ފޮނުވާ ނަމަ ވަރަށް ބޮޑު އެއްޗެއް ގެއްލޭ ރޭޓު މަތިވީމާ. އަދި ބްލެކް މާކެޓަށް ޑިޕެންޑުވީ ކަމަށް ބަލާފައި އެކައުންޓުތައް ބްލޮކްކުރާނީ،" އޭނާ ބުންޏެވެ.
"މިކަމަށް ބޭނުންވަނީ ދާއިމީ ހައްލެއް."
މި ބަދަލާއެކު، އެސްބީއައިން ވަނީ އެ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ، އެ ބޭންކަށް ޖަމާކުރާ ގޮތް ހަދަން އެދިފަ އެވެ. އެހެން ނޫން ނަމަ، އެ ރޭޓު އިތުރުވާއިރު އެ ބަދަލު ގެނެސްދިނުމަށް ދަތިވާނެ ކަމަށް ބުންޏެވެ.
ސިއްހީ އަދި ތައުލީމީ ދާއިރާގެ ބޭރުގެ ހުރިހާ މުވައްޒަފުންނަށް މި ވަގުތު މުސާރަ ދެނީ ބީއެމްއެލް މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔޫކޭ
19 November 2025
އިންޑިޔާ އައުޓް ކުރެވުންތަ، އިންޑިޔާ ރުއްސަން އެމީހުން ބުނިހާ ކަމެއް ދެންޖެހޭނީ ކުރަން
ރޭޓޮ
19 November 2025
ކޮން ރޭޓެއްގެވާހަކައެއްތަ މިދައްކަނީ! ފޮނުވޭ އަދަދުތަ މަތިވީ
ކޮރަލް
18 November 2025
އިންޑިޔާގަ ބޭނުން ކުރަނީ އިންޑިޔާ ރުޕީސް އެވެ. އިންޑީއަން ރުޕީސް ލިބޭނެ ގޮތް ހަދާ ދޭން ވީ އެވެ. ޑޮލަރަކީ އިންޑިޔާ އަދި ރާއްޖޭ ގަ ވެސް އެއްޗެހިގަންނަން ބޭނުން ކުރާ ފައިސާ އެއް ނޫނެވެ.
ކައްޒާބުދޮންތުއްތު
18 November 2025
ބަލަ ކަލޭމެން އެކަނިތަ މިގައުމުގާ ބުލެކްމާކެޓުން ޑޮލަރުގަންނަނީ. ބަލަ ދިވެހިންވެސް ބަންގާޅީންވެސް ނޭޕާލީންވެސް ޑޮލަރު ގަންނަނީ ހަމަ ކަޅުބާޒާރުން. ކަލޭމެންނަށް މޮޅެތި ޑިމާންޑުތަކެއް ވަކި ކުރެވިގެންނުވާނެ. ކަލޭމެން 1 ދުވަހަށް މިތަނަށް އަޔަސް ސިމްނެގޭ. ދިވެހިންނަށް ސިމެއްނުނެގޭ 1 މަސްވިޔަސް 2 މަސްވިޔަސް ވިސާނެތިއްޔާ.
އަފްރާސިޔާބު
18 November 2025
ބަލަ އެމީހުން މަސައްކަތްކުރަނީ ސަރުކާރުގެ ވަޒީފާގައި. އެހެންވީމާ ބޭރު މީހުންނަށް ބޭރުގެ ކަރަންސީން ރަސްމީރޭޓުގައި އެ މުސާރަ ފޮނުވަން ބޭނުމިއްޔާ ސަރުކާރުން އެ ފުރުސަތު އެމީހުންނަށް ދޭންވާނެ. ވާޒީފާ ދޭއިރުވެސް ބަލަނީ މުސާރަ ކަނޑައެޅުމުގައި ރަސްމީ ރޭޓަށް. ވަގަށް ބޭރު ފައިސާ ވިއްކާ ބޮޑު އަގެއްގައެއްނޫން. އިގްތިސާދުގައި އެބުންވަރު ނެތިއްޔާ ބޭރުމީހުން ނުގެންނާނީ. މީ ޕްރައިވެޓް ކޮށް އައިބައެއްނޫނޭ.
ދީދާތް
18 November 2025
ޓިޔުޝަންދިނުން ހުއްޓާލަނިކޮށް ހައްލު ތަންކޮޅެއް އަވަސްވާނެކަމަށް ބެލެވެނީ.
ކިއުރިސް
18 November 2025
ޑޮލަރު ފޮނުވުމުގެ ބަދަލުގައި، އެސް.ބީ.އައި އިން ޑޮލަރު ގަންނެފައި، ރުޕީސް ފޮނުވާ ގޮތަށް ނަހަދަނީ ކީއްވެ ؟ ޓެކްސް ފްރީކޮށް އެސް.ބީ.އައި އިން ޑޮލަރު މާރުކޮށް އިންޑިއާ ގައި ތިބި ޢާއިލާތަަކަށް ރުޕީސް ލިބޭ ގޮތަށް ހެދީމަ، މައްސަލަ ހައްލުވާނެ. ކޮންމެހެން ހަމަ ޑޮލަރު ފޮނުވަންޖެހޭތަ ؟
އަފްރާސިޔާބު
18 November 2025
މިހާރުވެސް ޑޮލަރެއްނޫނޭ އެސް.ބީ.އައި އިން ފޮނުވަނީ. މަގުމަތީ އަގުން އެމީހުންގެ މުސާރައަށް ލިބޭ ޑޮލަރޭ ކޮންވާޓް ކުރަނީ އިންޑިއަން ރުޕީސް އަށް. އެހެންވީމާ ސަރުކާރުގެ ޑޮލަރު މާރުކުރާ ރޭޓުން އެމީހުންމަށް ޑޮލަރެއް ގަންނާކަށް ނުލިބެޔޭ.