ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ނަގުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
20 ނޮވެމްބަރ 2025 - 09:35
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،319 ގޯތީގެ ރަޖިސްްޓަރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސި އެވެ. އެހެންވެ، ކުރީގެ ރަޖިސްޓަރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅައި ގޯތީގެ ރަޖިސްޓަރީ ދޫކުރަން ފެށި މިދިޔަ ޖުލައި މަހުގަ އެވެ.
ގޯތި ދިނުމުގެ އުސޫލަށް ފުށުއަރާ ކަންތައްތަކެއް އާ އެއްބަސްވުމުގައި ހުރި ކަމަށް ބުނެ، ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ބައެއް މީހުން ދެކޮޅު ހަދަމުންދަނިކޮށް، މިނިސްޓްރީން ވަނީ އާ ރަޖިސްޓަރީ އާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު މުއްދަތު ދީފަ އެވެ.
ގުޅިފަޅުން ގޯތި ލިބުނު މީހުން ކިއުއެއްގައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ މުއްދަތު މި މަހުގެ ހަ ވަނަ ދުވަހަށް ހަމަވެފައިވާއިރު، ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް 2،319 މީހަކަށް ރަޖިސްޓަރީ ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 25 މީހަކަށް ޕްލޮޓް ހަވާލުކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެހެންކަމުން، މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރެވި އޮތީ 119 މީހަކާ އެކަންޏެވެ.
ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ގޯތީގެ މައްސަލާގައި ހައުސިން މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައި ވިޔަސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު، އެ ތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ. އެ މީހުންނަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅީ އަލުން ގުރުނަގައިގެން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން އެ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުއްޓެވެ. އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކައި ކަމަށް ބުންޏެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޯތިތައް ކޮބައިހޭ؟؟؟
21 November 2025
އައު ރަޖިސްޓްރީ ޙަވާލު ކުރުމަކުން ނުފުދެ އެވެ. ގޯތިތައް ވެސް ޙަވާލު ކުރާށެވެ!
ދެވަނަ ކެޓަގަރީ
20 November 2025
މާލެއަށް ރާއްޖެތެރޭމީހުން ހިޖުރަކުރީ މާލެ ރީތިވެގެންނެއްނޫން. ހުރިހާކަމެއް ސެންޓްރަލައިޒްކޮށްގެން މާލެނޫން އެހެން ރަށެއް ގަސްތުގަ ތަރައްގީނުކޮށް އޮތީ. މިގޮތަށް ރާއްޖެތެރޭމީހުން މާލެއަށް ނޫނީ ބަރޯސާނުވެވޭނެގޮތް ހެދުމުން މާލެއަށް ހިޖުރަކޮށް މާލެއަށް ހިދުމަތްކުރުމުގަ މާލޭމީހެކޭ ތަފާތެއްނެތި މާލޭ މީހުންނަށް ޖިޒީ ދައްކާ. އެކަމަކު ބޯހިޔާވަހިކަމާ ޖެހޭއިރު އަދިވެސް އޮތީ ދެވަަނަ ކެޓަގަރީ.
މާލެ ވީމަ ވެސް ހަމަ އެގޮތްދޯ؟
21 November 2025
އަބަދުވެސް އޮޕްޝަން އޮވޭ ބޮޑުމީހާ ފަހަތުން ނުދުވެ، އަމިއްލައަށް ބުރަކޮށް މަސައްކަތް ކޮށްގެން ކުރިޔަށް ދާންވެސް. ބޮޑުމީހާ ކައިރީ އެނބުރުނީމަ ހިތްވަރެއް ނުކޮށްވެސް އެލިބުން ވަރަށް ގާތް.
ގުފިނާމު ކަން
20 November 2025
"މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރެވި އޮތީ 119 މީހަކާ އެކަންޏެވެ." ހަވާލު ވާން ދިޔާމަ ނުދިނީމަވެސް ހަވާލު ނުވިކަމަށް ބަލަނީތަ؟
ގޯތި ލިބުނު ފަރާތެއް
20 November 2025
އާ އެގްރީމެންޓެއްގައި ސޮއި ނުކުރުވާ. އެއީ ބަޔަކު ހަދާ ބުހުތާނުދޮގު. ހަމައެކަނި ބިނއމް ބަދަލުވިކަމުގެ ލިޔުމެއްގައި ސޮއިކުރުވަނީ.
ހަަމަހާލަތު
20 November 2025
ގިރާވަރު ފަޅުގެމީހުން މަތީން ހަނދާންނެތިއްޖެ
އަފްރާސިޔާބު
20 November 2025
ބަލަ ރައީސް ވިދާޅުވި ދުވަހެއް އަދި ނާދެޔޭ. މިމަހުގެ 23 އަންނަށް މާގިނަދުވަހެއްނެތޭ. މިއަދަކީ 20 އޭ. ދެން އޮތީ 3 ދުވަސްކަން ހަނދާންނެތީތަ؟ ގިރާވަރު ފަޅާއި ދެންވެސް އެސަރުކާރުން ކަނޑުން ދޭންބުނި ގޯތިތައް އޮތްތަން ހިއްކައިދީ އެ ގޯތިތަކުގައި ގޭއެޅޭނެ ގޮތް ހަމަޖައްސައިނުދެވިފައެއް ނެތެއްނުން. ބާކީ 3 އަހަރު އެބައޮތޭ.
ނާޑުވާ
20 November 2025
ކޮންމެ ރައްޔޮތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްޤު ހަމަހަމަކޮށް އޮންނަން ޖެހޭ. ރާއްޖޭގަ ހުރިހަރިހާ ރަށަކުން ވެސް ބިން ކަނޑާފަ ދޭ އުސޫލުން މާލޭގެ ރަށްވެހިންނަށްވެސް ލިބެންހޭ. ރަށް ފުރުނީމަ ފަޅުހިއްކާނީ ފަޅު ފުރުނީމަ ކައިން ފަޅެއް ހިއްކާނީ ނޫނީ ބޮޑުރަށަކަށް ހިޖުރަކުރަން ފުރުޞަތު ދޭނީ. މި އުސޫލް ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް އޮންނަން ޖެހޭ. ވޭތުވެ ދިޔަ ބައި ގަރުނުގަ މާލެއިން ގޯތި ނުދީ މާލެ ފުރާލީ ސަރުކާރުތަކުން. ނަތީޖާއަކީ ބިން ދަތިވެ ބިމުގެ އަގު އިންތިހާއަށް ބޮޑުވުން. ނިމިދިޔަ ސަރުކާރުން މިކަމަށް ޙައްލެއް ހޯދައިދިނުމަށް ފެށި މަސައްކަތަށް ފާޑުކިޔަނީ ވަރަށް އަމިއްލައެދުން ބޮޑު ބައެއް.
ރަޖިސްޓަރީ
20 November 2025
ފެކްޓް ޗެކްކޮށްލައްވަން ފެނޭ. ޕްލޮޓްތައް އަލުން ހަމަޖައްސައި ރަޖިސްޓަރީ ދޫކުރިއިރު އައު އެގްރީމެންޓެއް ނުހަދާ. ހަމަ ކުރީގެވެސް އެގްރީމަންޓް އޮތީ. ބަދަލުގެނައީ ރަޖިސްޓަރީއަށް އެކަނި.
ހެޔު ނިޔަތަކާއެކު މަސައްކަތް ފައްޓަވާ.
20 November 2025
އަދުގެ ރައީސް މިމަސައްކަތް އަވަސްކޮށް، މިކަން އަމަލީ މަސައްކަތް ފަށައިދިނުން ވަރަށް ބޮޑަށް އެދެން. މިވަރަށް ތާއީދު. ރައީސް ކޮޅަށް މިއަނބުރާލެވިއްޖެއްޔާ ވަރަށް ފައިދާކުރާނެ.
ނަފީސާ
20 November 2025
ފުރަތަމަ ރަޖިސްޓްރީ ހަވާލު ކުރިފަހުން މިހާރު 2 އަހަރު މިވީ ބިން ހަވާލުކުރީއަކީނޫން، ރަޖިސްޓްރީ ކޮށްފަ މާލޭ ސަރަހައްދުގަ ބިމެއް އޮތީތީ ، ފްލެޓް އަށް ސަރުތު ހަމަނުވޭ. ހުރިހާ ކޮޅަކުން މާލޭ މީހުންނަށް ދޯކާ މިލިބެނީ.
ބަޑިތަކުރު
20 November 2025
ގޯއްޗާއި ފުލެޓާ އޮތަސް މަތިމައްޗަށްވެސް މާލޭވިއްޔާ ލިބެންޖެހޭބާ؟
މާނުު
20 November 2025
ގޯތި ނުހޯދާ ފުލެޓު ލިބުން ނަމަ ބުނާނެ މާލެ މީހަކަށް ވީތީ ފުލެޓު ލިބުނީތީ ގޯއްޗަށް ށަރުތު ހަމަނުވެޔޭ. އިންސާނެއްގެ ހިތް ފުރޭނެތަ ދުވަހަކުވެސް.
ޖީން
20 November 2025
އެބުނަނީ ގޯތީގެ ރަޖިސްޓްރީ އަޮތަސް 2 އަހަރުވީއިރުވެސް ބިން ހަވާލު ނުކުރާވާހަކަ، އެއްޗެއްފެންންއިރަށް ނުކިޔާ އަދިވެސް ކޮމެންޓް ކުރެވޭތޯ ބަލާތި؟
އަހަނދޭ
20 November 2025
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ. *މާލޭމީހުނަށް ކޮންދޯކާއެއްދިނީ. މިހުރިހާގޯތި މިދެނީ މާލޭ ރައްޔިތުންނަށް. ކަނޑައެޅިގެން ދޮގުހަދާ ފިތުނަ ފަސާދަ އުފައްދަން ނަފީސާ ތިޔައުޅެނީ ކީއްވެ؟