ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު ބައްދަލުުވުމެއްގައި---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
24 ނޮވެމްބަރ 2025 - 01:17
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ މަސައްކަތްތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.
މޭ 2022 ގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރި ފައްޔާޒުގެ އިސްތިއުފާ އިއުލާން ކުރެއްވީ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގަ އެވެ.
ފައްޔާޒުގެ ކުއްލި އިސްތިއުފާއާ ގުޅިގެން ނަޝީދު އެކްސްގައި ވިދާޅުވީ، އެމްޑީޕީ އުފެދުނީއްސުރެ ފައްޔާޒު ވަނީ ފަހަތަށް ޖެހިވަޑައިނުގެން އެ ޕާޓީ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.
"ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު ޖެހިލުމެއް ނެތި ޖަލަށް ވެސް ވަޑައިގެންނެވި،" އެމްޑީޕީއާ އެކު ފައްޔާޒަށް އިތުރު ކާމިޔާބީ އަށް އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި އެމްޑީޕީ ދޫކުރައްވައި ނަޝީދު އާ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު، އެ ކޯޅުމުގައި އެމްޑީޕީ އަށް ވެސް ލިބުނު ބޮޑެތި "ގެއްލުންތަކަށް" ފަހު ނަޝީދު ވަނީ މި އަހަރުގެ ޖޫން މަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން އަލުން އެމްޑީޕީ އަށް ގެންނެވުމުގައި އިސް ދައުރެއް އަދާކުރެއްވީ ފައްޔާޒެވެ.
އެކަމަކު، ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމާ އެކު، ވެސް އެ ޕާޓީގެ ބައެއް އިސްވެރިންނާއި އާންމު މެމްބަރުންނާ ދެމެދު އޮތް ގުޅުން ރަނގަޅުވި ތަން ނުފެންނަ ކަން ފައްޔާޒު ރޭ އިސްތިއުފާ ދެއްވުމުގެ ކުރިން ދެއްކެވި ވާހަކައިގައި ވެސް ނުސީދާކޮށް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި އިސްތިއުފާ އިއުލާން ކުރެއްވުމުގެ ކުރިން ފައްޔާޒު ދެއްކެވި ވާހަކައިގައި ވިދާޅުވީ، މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ބޮޑަށް ބެއްލެވީ އެ ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް "އެއްވެގެން" މަސައްކަތް ކުރެވޭތޯ ކަމަށާއި މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ކުރިއެރުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ކުރިއަށް ހުރި އިންތިހާބުތައް ވެސް އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެ ބައިބައިވުންތައް ނައްތާލައިގެން "އެއްވެގެން" ނެވެ.
"އަޅުގަނޑުމެންނަށް ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަކަށެއް ކުރިއެރުމެއް ލިބޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ލީޑަރުންނަކީ އެ ކަހަލަ އިހުސާސްތަކުގެ މައްޗަށް އެރެން ޖެހޭނެ ބައެއް. އެ އިހުސާސްތަކުގެ މައްޗަށް އަރައި ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަން ޖެހޭނެ ބައެއް. އެ ލީޑަރުންނަކީ ތިޔަބޭފުޅުން،" ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމަށް ހާޒިރުވި ފަސްދޮޅަހަކަށް މެމްބަރުންނަށް އިޝާރާތް ކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
މީޑިއާ ނުވައްދައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ޗެއާޕާސަންގެ މަގާމުގެ އިސްތިއުފާ އިއުލާން ކުރެއްވުމުގެ ކުރިން ފައްޔާޒު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ކޯޅުން ހައްލު ކުރައްވަން ކުރެއްވި މަސައްކަތްތައް ހާމަކޮށްދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެބައިހަމަވުން
24 November 2025
އަބޫޖަހުލު ބުނިގޮތަށް ބުނެވެން އޮތީ. ކުދިންނޭ! ހަމަޔަށް ދެބައިވީއެވެ.
ކެނެރީ ނަޝީދަކަށް ކާމިޔާބެއް ނެތް!
24 November 2025
އެކަމާ ކިތަންމެ އުފާވިޔަސް ދެނެއް ކެނެރީ ނަޝީދަކަށް ކާމިޔާބެއް ނެތެވެ! ޙަސަދައިން ތިވަނީ ފޯވެފަ އެވެ! އެހެން ތަންތަން ބައިބައި ކުރާ ގޮތަށް ގިނަދުވަސްވީ ކައިވެނި ރޫޅި ޒުވާންކަން އޮއްސި، ތިމާގެ ޒާތީ ދިރިއުޅުން ވެސް ތިވަނީ ވިއްސިވިހާލި ވެފައެވެ. އެކަމަކު ރ. ޞޯލިޙާއި ފައްޔާޒަށް އެބޭފުޅުންގެ އަނބިދަރިނާއިއެކު އުޅުމުގެ ރިވެތި އާދަ އާއި އުފާވެރިކަން ލިބިވަޑައިގަންނަވާނެ އެވެ.
ބާބޫ
24 November 2025
އަންނިއަކީ އެމް.ޑީ.ޕީގެ ހަލާކު. އަމިއްލަ އެދުމުން ފޯވެ، ތަތްތެޅިފައިހުރި މީހެއް. ދެން ފަހެ ދަންނަ ހުއްޓެވެ. ދަތީގައި ޖެހޭ މީދާ، ސަލާމަތްވެގެން ގޮއްސިނަމަ އޭގެ އުނދަގުލާއި ދުއްތުރާ މެކުހަށް ޖަހާ ހުއްޓެވެ....
މަފޫ
24 November 2025
އަންނި އެމްޑީޕީ ޗެއާޕާސަން ކަމަށް ކުރިމަތިލާން ބޭނުންވެފަ ހުރިހެން ހާދަ ހީވެޔޭ. މީނައަށް ވެރިކަން ނުލިބިއްޖެޔަ އެމްޑީޕީގެ ބޭރުގަ ހުރެގެން ވިޔަސް އެތެރެއިންވިޔަސް ފުނޑާލާފަ ފޫވައް ހިފައިގެން ދާން ރެޑީގަ އެހުރީ.
ޓޯޕޭ
24 November 2025
ފެއިލްވެފަ ތިބި މީހުން އެއްފްރޭމަކުން ފެންނަ މިތިބީ. އެކަކު އަނެކަކަށް ތަޢުރީފް ކޮއްލާ. ދިވެހިންނެއް ތީން އެކަކަށް ވެސް ތަޢުރީފެއް ނުކުރާނެ މިހާރު
ސަސި
24 November 2025
ނަސީދުގެ ވިސްނުމަކީ މަށަށް ނުލިބުނީއްޔާ އެހެން މީހަކަށްވެސް ލިބިގެން ނުވާނެއޭ، ސިޔާސީ ކުޅިވަރުގަ ނަސީދު މާ ބޮޑަށްވެސް ކުޅަދާނައީ.
މުލޭ
24 November 2025
ނަޝީދަކީ ވެސް ހާދަހާ ބޮޑު ދެފުށްކެހެރިއެކޭ ދޯ!. ތިމާއާ ނުރުހުނުއިރު ބޮޑު ޚިޔާނާތްތެރިއެއް. ރުހުނީމަ ފަސްމީރު ކުރިރުކެއް. ކީކޭދޯ ދެން ބުނާނީ ވެސް.
އެމްސް
24 November 2025
ޚިޔާނާތްތެރިން ޕާޓީގެ އިސްސަފުގަ ތިބީމަ ޤައުމުގެ އިސް ސަފަށްވެސް އަންނާނީ އެބައިމީހުނެވެ!