ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: މެމްބަރުންގެ ގޮނޑި ގެއްލޭއިރު ވޯޓަށް ނުދާން ވަނީ ފާސްކޮށްފައި --- ފޮޓޯ/މަޖިލިސް
24 ނޮވެމްބަރ 2025 - 15:34
ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު އަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަން ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ކަމަށް ކަނޑައެޅުމަށެވެ.
މުޅި މަޖިލީހުގެ ކޮމެޓީން އެ ބިލް ދިރާސާ ކުރުމަށްފަހު ވޯޓަށް އެހިއިރު، ފުނަދޫ ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު މަމްދޫހު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އޮތް މާއްދާ އުނިކުރަން ހުށަހަޅުއްވައިފަ އެވެ.
އެހެންވެ، އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ މާއްދާ އުނިކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ދެ މެމްބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މަޖިލީހުގެ ކޮމެޓީން ފާސް ކުރިއިރު، ޕާޓީ ބަދަލުކުރާ ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ކުރިން އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ.
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިިން ކުރިއަށް ގެންދިޔަ ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަދަލުވުމަށްފަހު އެ މައްސަލާގެ އަޑުއެހުންތައް މިހާތަނަށް ކުރިއަށް ނުގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢާނަ
25 November 2025
ރައްޔިތުން ގާތަށް ވޯޓު ހޯދަންވެސް އަންނާނެ ކަމެއްނެތް ވޯޓެއް ނޫދޭނަން އޯކޭނު
ހުމާ
25 November 2025
ތިހެން ބުނި ކުރިން ވެސް. ވޯޓު ދިން މީހުންނާ އެއްކޮށް ހޮވިފަ.
އ އަހްމަދު
24 November 2025
ރައްޔިތުން ވިސްނަންވީ މިހާރުމިތިއްބެވި އަމިއްލައެދުމުންފޯވެފައިވާއެއްވެސް މެމްބަރަކަށް ދެވަނަދައުރަކަށްވޯޓްނުދެއްވަން
ކަކުނިބޯ
25 November 2025
ބަލަ ވަކިކުރީމާވެސް ރައްޔިތުން ހަމަ އަލުން ހޮވަންވީނު ފެންނަ ނުފެންނަ ވޯޓަކާ އަދި މެންބަރުންހޮވާވޯޓަކާ މިހުރިހާފއިސާއެއް އިސްރާފުނުކޮށް
ގޮނޱިކޮށްކް
24 November 2025
ގޮނޱި ލިބެނީ ރައްޔިތުންގެ ވޯޓްން ގޮނޱި ގެލެއްނީ ހަސަދަވެރިން ބޭނުންގޮތަކަށް މިއީ ކަނޱު ރަސްގެފާނުގެ ޤާނޫނުތޯ ؟
މުންސީ
24 November 2025
ރައްޔިތުންގެ މެންބަރުން ނުކިޔާ ސިޔާސީ ޕާޓީ މެންބަރުންނޭ ކިޔާބަލަ
ސިޔާސީކުލަ
24 November 2025
އިންޑިޕެންޑެންޓް މެންބަރުން ތިކަހަލަ ގުއިރޮއްޖަކުނުޖެހެނެތާ!
ޢާނަ
25 November 2025
ޖެހޭނެ ހަމަ ފައިސާ ފޮތީގަ ބާރު ހުރީ .
ގޮޑި ދޯ
24 November 2025
އެދުވަހުގެ ޑިއުޓީނިމުނީމަ ކޮންމެ މީހަކު އެމީހެއްގެ ގޮޑި ކޮނޑަށްލައިގެން ގެއަށްދާންވީނުން.
ބަނާނާ
24 November 2025
މިހާރު އެންމެ ފަސޭހައިން ގޮޑިގެއްލޭނީ ވިލިފުލުގައި ބެހެއްޓީމަ.
ޢިބޫ
24 November 2025
މިވެސް ކުޅުނު ބޮޑު ޑްރާމާއެއް، ރައްޔިތުންގެ ވޯޓަކަށް ގޮސްފިއްޔާ ވާނެގޮތް އެގޭނެތީ.
1828
24 November 2025
ރައްޔިތުންގެ ވޯޓަކުން މެމްބަރުން ހޮވަނީ. އެކަމަކު ވަކިކުރުމުގެ ބާރު ޕާޓީއަށް. މިއީ ޑިމޮކުރަސީގެ އިންތިހާ.
ތެފައާސާ.
24 November 2025
ޕާޓީއަކަށްވެސް ނޫން. ޕާޓީގައި އޮންނަ ކުޑަ ކޮމިޓީއަކަށް